16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ރިޔާސީ އިންތިޚާބު 2018

ސިިއްރިޔާތުގައި ސަރުކާރު ހިންގުން ނިމުމަކަށް!

  • އޯޕަންޑޭޓާ އަދި އޯޕަން ގަވަރމަންޓް ސިޔާސަތަކީ ކޮރަޕްޝަން މަދު ޤައުމުތަކުން އަމަލުކުރަމުންދާ ސިޔާސަތެއް
މިއުވާން މުހައްމަދު | Miuvaan

| 7 ޖުލައި 2018 | ހޮނިހިރު 17:28 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  6. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  7. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  8. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި


ސަރުކާރުގެ ގިނަ އޮފީސްތައް ހިނގަމުން އަންނަ ވެލާނާގެ: ސަރުކާރުން މައުލޫމާތު ހޯދުމަކީ ދަތިކަމެއް -- ފޮޓޯ : ރާއްޖެ އެމްވީ

މި ސަރުކާރުގެ އެންމެ ބޮޑު މައްސަލައަކީ ސިއްރިޔާތުގައި ސަރުކާރު ހިންގުމެވެ. ކޮރަޕްޝަން ގިނަވެ، އިޤްތިޞާދު ފުނޑުފުނޑުވެ، އިންސާފު ނުލިބޭ ސަބަބަކީ މިއީއެވެ. ކޮންމެ ކަމެއް ކުރަނީ ސިއްރިޔާތުގައެވެ. 

ބޮޑު ލޯނެއް ނެގިޔަސް އެކަން ދެނަހުރި ބަޔަކު ނުތިބެއެވެ. މަޖިލީހުގެ ހުއްދަ ނެތި ބޮޑެތި ލޯނުތައް ނުނެގޭ ގޮތަށް މާލިއްޔަތު ޤާނޫނުގައި ބުނެފައިވަނިކޮށް އެކަން ވެސް ބަދަލުކޮށް، ހިތުހުރި ތަނަކުން، ހިތު ހުރި ވަރަކަށް ލޯނުތައް ނަގަމުންދާއިރު، އެކަން ބެލެހެއްޓޭނެ ޒިންމާދާރު ގޮތެއް ނެތެވެ. ސަރުކާރުގެ ޚަރަދުތައް ކުރަމުންދާ ގޮތް ފިނޭންސް މިނިސްޓްރީ އަށް ވެސް އެނގޭހެނެއް ހިއެއް ނުވެއެވެ. ސަރުކާރުގެ ކުންފުނިތަކަށް ވަންނަ ފައިސާތަކަށް ވަނީ ކިހިނެއް ކަމެއް ނޭނގެއެވެ. މީހަކު ހައްޔަރުކުރަން އިންޓެލިޖެންސް ރިޕޯޓް ނޫން އެއްޗެއް ބޭނުން ނުކުރެވޭ ހިސާބަށް ފުލުހުންގެ ކަންތައް ގޮސްފައިވާއިރު، ކޯޓުތަކުގައި ބޭނުންކުރަނީ މުޅިން ވެސް ސިއްރު ހެއްކާއި ސިއްރު ބަޔާންތަކެވެ. ހައްތަހާ ވެސް ސިއްރެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނެއް ރާއްޖޭގައި އޮތެއް ކަމަކު، އެޤާނޫނަކީ ނަމެއްގައި ހެދުނު ޤާނޫނެކެވެ. ބައެއް ފަހަރު އެއީ ހަމައެކަނި އިންފޮރމޭޝަން ކޮމިޝަނަރގެ އޮފީހުގެ ނަމުގައި އޮފީހެއް އުފައްދައި، ހަމައެކަނި މަޤާމުތަކެއް ދޭން ހެދި ޤާނޫނެކޭ ވެސް ހީވެއެވެ. 

އެމްޑީޕީ އިން 2008 ވަނަ އަހަރު ވެރިކަމަށް އައިސް، ސަރުކާރު ވަރަށް ބޮޑަށް ހުޅުވާލިއެވެ. ސަރުކާރު އޮފީސްތަކުގެ މައުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމް ޤާއިމްކުރިއެވެ. އައިލްސްގެ ނަމުގައި ސީދާ ރައީސް އޮފީހުގެ ބެލުމުގެ ދަށުން ސަރުކާރުގެ މަޝްރޫޢުތަކުގެ މައުލޫމާތުތަކާއި ރަށްރަށުގެ މައުލޫމާތު އާއްމުންނަށް ލިބޭނެ ނިޒާމެއް ޤާއިމްކުރިއެވެ. ސަރުކާރު އޮފީސްތަކުގެ ހާޒިރީ އާއި ޚަރަދުތައް ކޮންމެ ހަފްތާއަކު އާއްމުކުރަން ފެށިއެވެ. ރައީސް އޮފީހުގެ ވެބްސައިޓަކީ ވެސް މައުލޫމާތު މުއްސަނދި ވެބްސައިޓަކަށް ހަދައި، ބޭނުންކުރަން ފަސޭހަ ވެބްސައިޓަކަށް ހެދިއެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެކި ޤައުމުތަކުގެ ވެރިންގެ އޮފީސްތަކުގެ ވެބްސައިޓްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ވެބްސައިޓަކަށް ރައީސް އޮފީހުގެ ވެބްސައިޓް އޭރު ވެެގެން ދިޔައެވެ.

މިހުރިހާ ކަމެއް ބަދަލު ވެގެން ދިޔައީ އެމްޑީޕީގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވައްޓާލުމާ ގުޅިގެންނެވެ. އެހިސާބުން އަނެއްކާ ވެސް ސަރުކާރުގެ މައުލޫމާތު އާއްމުންނަށް ހޯދުމަށް ދަތިތަކެއް ކުރިމަތިވެގެން ދިޔައެވެ. އަދި 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތް ފަހުން މުޅި ދައުލަތް 'ސްޓެލްތު މޯޑް' އަށް ދިޔަކަހަލައެވެ. ވާއެއް ނުވާއެއް ރައްޔިތުންނަށް ނޭނގެއެވެ. މުޅި ދައުލަތާއި ސަރުކާރު ސިއްރިޔާތުގައި ހިންގަން ފެށުނެވެ.

އެހެންނަމަވެސް މިކަން ބަދަލުކުރާނެ ކަމަށް އެމްޑީޕީ އިން އެވަނީ ވައުދުވެފައެވެ. އެމްޑީޕީގެ ޑިޖިޓަލް ޖަޒީރާ - އޯޕަން ޑޭޓާ ސިޔާސަތަކީ އޭގެ ފެށުމެވެ. އޯޕަން ޑޭޓާ ސިޔާސަތަކީ ދުނިޔޭގެ ކޮރަޕްޝަން އެންމެ މަދު ޤައުމުތަކުގައި ބަލައިގެންފައިވާ، އަދި އެއަށް އަމަލުކުރަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ސިޔާސަތެކެވެ. މި ސިޔާސަތުގެ އެންމެ މައިގަނޑު އެއް އަސްލަކީ ވެރިކަމަކީ ރައްޔިތުންގެ އެއްޗެއް ކަން ޤަބޫލުކުރުމެވެ. އެހެންކަމުން ސަރުކާރުގެ އާއްމު މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރެވެއެވެ. މީގެ ސަބަބުން ކޮރަޕްޝަނަށް ފަހިވެފައިވާ މަގުތައް ބަންދުވެގެން ދެއެވެ. އަދި މީގެ އިތުރުން އޮންލައިންކޮށް ގިނަ މައުލޫމާތުތަކެއް ލިބެން ހުރުމަކީ ކަރުދާހާއި އިދާރީ ޚަރަދުތައް ކުޑަވެގެންދާނެ ކަމެކެވެ. 

އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފައި ވަނީ "ސަރުކާރުގެ ތަފާސް ހިސާބާއި ޑޭޓާ އާއްމުންނަށް ފެންނަ ގޮތަށް ހާމަކުރުމުން ރައްޔިތުންނަށް ސަރުކާރަށް އިތުބާރު ކުރުމަށް ފަސޭހަވެ، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ފަސޭހަ ގޮތްތައް ހޯދިގެންދާނެ" ކަމަށެވެ. 

އޯޕަން ގަވަރމެންޓް ސިޔާސަތެއްގައި ސަރުކާރު ހިނގާނީ ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އަކަށް ނޫނެވެ. ސަރުކާރުން ހޯދަން ބޭނުންވާ ޚިދުމަތްތައް 24 ގަޑިއިރު އޮންލައިންކޮށް ލިބެމުންދާނެއެވެ. މީގެ ސަބަބުން ރައްޔިތުންނަށް އެތައް ތަކްލީފަކުން ސަލާމަތްވެވޭނެއެވެ. 

މީގެ އިތުރުން ސަރުކާރުގެ މައުލޫމާތު އާއްމުންނަށް ހުޅުވާލުމަކީ އެމައުލޫމާތުގެ އަލީގައި ދިރާސާތައް ކުރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. ޑޭޓާ އެނަލިޓިކްސްގެ ދާއިރާ ރާއްޖޭގައި ވެސް ތަރައްޤީ ވެގެންދާއިރު، މިއީ އެމައުލޫމާތުގެ އަލީގައި އެތައް ބައިވަރު ފައިދާތަކެއް ޤައުމަށް ލިބިގެންދާނެ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހަކީމްދީދީ

7 މަސް ކުރިން

އެމްޑީޕީގެ ވާހަކަ ނުދައްކާ ، ތިހުރިހާ ކަމެއް ހުޅުވާލި އިރުވެސް އެމްޑީޕީން ކައިފައި ހުރި ފައިސާ ތަށް ބިލއަނަށް އަރާ ، ތަރައްގީ އައްޓަކައި ކުރިކަމެއް ފެންނާކަށްނެތް ، ސިއްޙީދާއިރާ ވެއްޔާއިު މޮޑެވުނީ

0
2