15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ރިޔާސީ އިންތިހާބު 2018

އިބޫ އާންމުންގެ ގެތަކަށް، ފެންނަނީ ރައީސް ޔާމީންގެ ކެމްޕެއިންގެ ބަލިކަށިކަން؟!

  • ރައީސް ޔާމީންގެ ބަދަލުގައި މިހާތަނަށް ގޭގެއަށް ދަނީ އެމަނިކުފާނުގެ ޓީމުތައް
  • އިބޫ މިއަދު އެކަނި ވެސް ދެ ދަންފަޅިއަކަށް ގެތަކަށް ޒިޔާރަތް ކުރައްވައިފި
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 7 ޖުލައި 2018 | ހޮނިހިރު 16:27 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


އިބޫ މިއަދު މާލޭގޭ ގެއަކަށް ވަޑައިގެން:- ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބޫ މިއަދު ވަނީ ޑޯ ޓު ޑޯ ކެމްޕެއިން ފައްޓަވާފައި -- ފޮޓޯ : ރާއްޖެ އެމްވީ

ރައީސް އަބްދުﷲ ޔާމިން 2013 ވަނަ އަހަރު ރާއްޖޭގެ ރައީސުލް ޖުމްޙޫރިއްޔާގެ މަގާމަށް ވަޑައިގެންނެވީއްސުރެ ފާއިތުވި ދުވސްތަކުގައި އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ޕާޓީގެ އިސް ބޭފުޅުން ގެންދެވީ އެމަނިކުފާނު ދެ ވަނަ ދައުރަކަށް ހޮއްވުމަށް ކެމްޕެއިންތައް ކުރަމުންނެވެ. އަދި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމިން އިއުލާން ކުރެއްވުމަށް ފަހު ކެމްޕެއިން ކުރައްވަމުން ގެންދަވާތާ ވެސް ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް މިހާތަނަށް އެމަނިކުފާނު މާލޭގެ ގެއެއްގެ އޮޅިގަނޑު ގިރާކުރައްވާފައެއް ނުވެއެވެ. ބަދަލުގައި ރައްޔިތުންގެ ހާލު ބަލަން ކަމަށް ބުނެ ފޮނުއްވީ ވަޒީރު ބޭފުޅުންނާއި ސަރުކާރުގެ ބައެއް ވުޒާރާތަކުގައި މަސައްކަތްކުރާ ކުދިންކޮޅެކެވެ. 

އިދިކޮޅު ކޯލިޝަނުން އެއް ކެންޑިޑޭޓްކަށް އެއްބަސްވިތާ އަދި މަހެއް ވެސް ނުވެއެވެ. އިދިކޮޅުން ނެރޭ އެއް ކެނޑިޑޭޓްގެ ގޮތުގައި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖެއްސިވިތާ ހަފުތާއެއްގެ ތެރޭގައި މިއަދު މި ވަނީ މާލޭގައި ދޮރުން ދޮރަށް ކެމްޕެއިން ފައްޓަވާފައެވެ. އިބޫގެ މި އިސްނެންގެވުމާ އެކު ދެ ފަރާތުގެ ކެމްޕެއިން އަޅާކިޔާލުމަށް މި ވަނީ ފުރުސަތު ހުޅުވިގެން ގޮސްފައެވެ. ސޯޝަލް މީޑިއާގައި ހުރި ވާހަކަތަކަށް ބަލާއިރު ފެނިގެން ދިޔައީ ރައީސް އަބްދުﷲ ޔާމިން މިހާތަނަށް ކުރައްވަމުން އެ ގެންދެވި ކެމްޕެއިން ހަރަކާތުގެ "ވަނދު" ކަމެވެ. އަދި ރައީސް އަބްދުﷲ ޔާމިންގެ ކެމްޕެއިންގެ "ބަލިކަށިކަން" އިބޫގެ ފުރަތަމަ ޑޯ ޓު ޑޯ އިން ވެސް މާ ސާފުކޮށް ފެނިއްޖެއެވެ.

އިބޫގެ ފުރަތަމަ ކެމްޕެއިން ހަރަކާތެއްގެ ގޮތުން މާލޭގެ ގެތެކަށް ވަޑައިގެންނެވީ ހެނދުނު ހަރުގޭގައި ކެމްޕެއިން ޓީމްތަކާ އެކު ސައިބެއްލެވުށް ފަހުއެވެ. އާދައިގެ ރައްޔިތުގެ މީހާގެ ހާލު ބެއްލެވުމަށް ސީދާ އެމަނިކުފާނު ވަޑައިގެން ދިރިއުޅުމުގެ ހާލަތު އައްސަވައި އޮޅުން ފިލުއްވީއެވެ. އެ ބޭފުޅުންގެ އެ މަސައްކަތާ މެދު ދެކޭ ގޮތް އެގޭގެ އަހުލުވެރިންގެ ކިބައިިން އިިބޫ އެއްސެވިއެވެ. އަދި ދުވަސްވީ މީހުންނާ ހީސަމާސާ ކުރައްވައި ހެއްދެވިއެވެ. ސަރުކާރުގެ ޓީމުތަކާ ހިލާފަށް އިބޫ ގޭގެއަށް ވަޑައިގަންނަވަނީ ފާސް ދައްކަވާފައެއް ނޫނެވެ. ވަންނަވަނީ ވެސް އެގެއެއްގެ އަހުލުވެރިންގެ ކިބައިން ހުއްދަ ހޯއްދަވާފައެވެ. އެހެންކަމުން މީގެ ކުރިން ސަރުކާރުގެ ކެމެޕެއިން ޓީމުތަކަށް މެދުވެރިވި ފަދަ ކަންކަމާ އިބޫ އަށް ކުރިމަތިލައްވާކަން ޖެހިވަޑައެއް ނުގަންނަވައެވެ. ގޭގެ އަހްލުވެރިންނަށް އޮޅޭ ފަދަ ގޮތަކަށް ފާހެއް ދައްކައިގެން ގޭގެއަށް ވަނުމުން ސަރުކާރުގެ ބައެއް ޓީމުތައް ފައްސާލުން ފަދަ ކަންކަން ވަނީ ހިނގާފައެވެ.

ހުއްދަ ދިން ކޮންމެ ގެއަކަށް ވަޑައިގެން އިބޫ އެ އުޅުއްވި ގޮތުން އެމަނިކުފާނަށް ކޮންމެ މީހަކީ ވެސް މުހިންމު މީހެއް ކަން އެނގިގެން ދެއެވެ. ހުދު އެމަނިކުފާނު ވެސް ވިދާޅުވީ ދޮރުން ދޮރަށް ކެމްޕެއިނަކީ އެންމެ މުހިންމު އެއްހަރަކާތް ކަމަށެވެ. ރައްޔިތުންގެ ހާލު އެނގޭނީ ރައްޔިތުންގެ ގާތަށް ގޮސް އޮޅުން ފިލުވައިގެންނެވެ. 

އިބޫ މިއަދު މާލޭގެ ބައެއް ގެތަކަށް ވަޑައިގެން ކުރެއްވި ކެމްޕެއިންގެ ތެރެއިން:- ފޮޓޯ-ރާއްޖެއެމްވީ

ރައީސް ޔާމިން ކެމްޕެއިން އިއުލާން ކުރެއްވީ ޔުނީފޯމް އެޅި އެތައް ސިފައިންނާ އެކު އެމަނިކުފާނުގެ ކެމްޕެއިން އޮފީސް ދޮރުމަތީ ހުންނަވައިގެން އެ ޕާޓީގެ މެމްބަރުން ކުރިމަތީއެވެ. އެ އަށް ފަހު އެމަނިކުފާނު އެ ދުވަހު ކާރުގައި ދެން ވަޑައިގެންނެވީ ގަނޑުވަރަށެވެ. އެހާ ހިސާބުން އެ ނިމުނީއެވެ. އޭގެ ފަހުން މިހާތަނަށް އެމަނިކުފާނު މީހުންގެ ހާލަތު ބައްލަވާލައްވަން ގެއަކަށް ވަޑައިގެން އުޅުއްވިތަން ފެނިފައެއް ނުވެއެވެ. ރަށްރަށަށް ވަޑައިގެންނެވި ނަމަވެސް ރައްޔިތުން ޖެހެނީ އެ މީހުންގެ ޅަ ދަރިން ގޮވައިގެން ރަތް ގަދަ އަވީގައި އެ މަނިކުފާނުގެ އިންތިޒާރުގައި އެތައް އިރެއް ވަންދެން ކޮޅަށް ތިބެންށެވެ. ހަތިޔާރު އެޅި ސިފައިންނާ އެކު ރަށްރަށަށް ވަޑައިގެން ރަށުގެ ބަނދަރު މަތިން ނޫނީ އުނދޯއްޔަކުން ދަތުރުފުޅު ނިންމަވާލައްވަނީއެވެ. 

ރައީސް ޔާމިން ކެމްޕެއިން އިއުލާން ކުރެއްވުމަށް ފަހު ސިފައިންނާ އެކު ވަޑައިގަންނަވަނީ: -ފޮޓޯ ރާއްޖެއެމްވީ

އެހެން ނަމަވެސް ވަޒީރުންތަކެއް ރައީސް ޔާމީނަށް ތާއިދު ހޯދެއްވުމަށް ގެތަކަށް ވަޑައިގެންފިއެވެ. އެ ބޭފުޅުންގެ އަރިހުގައި ކެންޑިޑޭޓް ނެތަސް ކަރުގައި އަޅުއްވާފައި އޮތް "މާސިންގާ ފާހުގައި" ރައީސް ޔާމީންގެ ނަންފުޅު ޖަހާފައި އޮވެއެވެ. ރައީސް ޔާމީންގެ ނަންފުޅު ބޮޑުކޮން ޖަހާފައި އޮތް އެ ފާހަކީ އެގެއަށް ވަދެވޭނެ ކަމުގެ އިންޒާރެއް ކަހަލައެވެ. އެއީ ރައީސް ޔާމީންގެ ކެމްޕެއިން ޓީމުތަކުގެ ދޮރުން ދޮރަށް ކެމްޕެއިން ކުރިގޮތެވެ.

ދެން ރައީސް ޔާމީންގެ ކެމްޕެއިންގައި ފެންނަނީ ދައުލަތުގެ އެކި އިދާރާތަކުގައި ހުރި އާންމު ރައްޔިތު މީހާގެ ޒާތީ މައުލޫމާތު ހޯދައި އެމީހުނަށް ގުޅައި އެމީހުންގެ ތާއިދު ރައީސް ޔާމީނަށް އޮތްތޯ ބެލުމަށް ހިންގާ ހަރަކާތެވެ.

އިބޫ ފެނުމުން އާންމު މީހުން މަގުމަތިންނާއި ގެތަކުން މަރުހަބާ ކިޔެވެ. ބައެއް މީހުނަށްވީ އެތައް ދުވަހެއްގެ ހުވަފެން ހަގީގަތަކަށް ވުން ކަހަލަ ކަމަކަށެވެ. އަނެއް ބަޔަކު އެމަނިކުފާނަށް ހޫނު މަރުހަބާ ދަންނަވައި އެ ބޭފުޅުންގެ މަސައްކަތަށް ތަރުހީބު ދީ ހިތްވަރުދެއެވެ. އިބޫ ފެނި މަގުމަތިން ޒުވާނުން ވެސް އުފަލުން ތިބީ "ފޮޅިފަ"އެވެ. ތަމްރީނު ލިބިގެން ތިބި ކެމްޕެއިން އެޖެންޓުންނާއި ކެމްޕެއިން ޕެޗް އެޖެންޓުން ވެސް ހިމަނައިގެން ރޭވުންތެރިކަމާ އެކު ފެށި މި ކެމްޕެއިންތަކަށް އެތައް ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ.  

 

ރައީސް ޔާމީންގެ ކެމްޕެއިންގެ ތެރެއިން އިކޮނޮމިކް މިނިސްޓަރު ސައީދު މާލޭގެ ގެއަަކަށް ވަޑައިގެންނެވުމުން އެގޭގެ މީހުން ނުރުހުމާ އެކު ކުރިމަތިލަނީ

ރައީސް ޔާމީނަށް ތާއިދު ހޯދާދެއްވުމަށް ބައެއް ވަޒީރުން މާލޭގެ ގެތަކަށް ވަޑައިގެންނެވުމުން ބައެއް މީހުނަށްވީ އުނދަގުލަކަށެވެ. އަމާޒުވީ ރުޅިވެރިކަމުގެ ބަސްތަކެވެ. ބައެއް ގެތަކުން "ރަތްމަހަށް ނުގޮވާ ވަރަށް އެއްޗި ގޮވާ" ރައީސް ޔާމީންގެ ކެމްޕެއިން ޓީމްތައް ގެތަކުން ނެރެ ވެސް ލީއެވެ. ސަރުކާރުން ކަންކުރަމުންދާ ގޮތުން އެއްޗެއް ބުނަން ބޭނުންވެ ނުބުނެވިފައި ތިބި މީހުންގެ ކެތްތެރިކަން ކޮޅުންލައި ސީދާ ކެމްޕެއިން ޓީމްތަކަށް ޝަކުވާތައް އިއްސާލަން ތައްޔާރަށް ތިބި ފަދައެވެ. ރޭވުންތެރިކަމެއް ނެތި ފެށި އެ ކެމްޕެއިންތަކުން ރައީސް ޔާމީންގެ ކެމްޕެއިން ޓީމްތަކަށް ލިބުނީ މަލާމާތެވެ. ކުރިއަށް އޮތްތަނުގައި އަދި މާ ބޮޑަށް މި ތަފާތު ފެނިގެންދާނެ ކަމަށް ބެލެވެ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އީމަން

4 މަސް ކުރިން

އާދައިގެ ރައްޔިތު މީހާއަކައް ވާނީ ހަމަ ކޮންމެމީހެއްވެސް، ގައުމުގެ ފުލުހަކަސް، ސިފައިންގެ މީހަކަސް، ފަނޑިޔާރަކަސް، ގައުމުގެ ރައީސުލް ޖުމްހޫރީޔާ ވިޔަސް ކޮމެމީހަކީވެސް އާދައިގެ ރައްޔިތެކެވެ

1
0
އެމްޑީޕީ.

4 މަސް ކުރިން

މީހުންނާ ދިމާކޮށް ހަޑި ހުތުރު އެއްޗެތިކިޔާތީ އުފާވުމަކީ އެމީހާގެ ނުކުޅެދުންތެރިކަން ހާމަވުން އެފަދަ ޢަމަލުތަކަކީ އިސްލާމް ދީން މަރުޙަބާކިޔާ ކަންކަމެއް ނޫން

0
0