23 ފެބުރުއަރީ 2019 | ހޮނިހިރު | 10 ހިޔަވިހާ
18 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ހޮހަޅައިގައި ތާށިވުން

ހޮހަޅައިގައި ތާށިވެފައިވާ ތިބި ކުދިން ސަލާމަތްކުރުމަށް އީލަން މަސްކް އެހީތެރިވާން ބޭނުންކަން ހާމަކޮށްފި

  • 12 ކުދިންނާއި އެކުދިންގެ ކޯޗު ހޮހަޅައިގައި ތާށިވެފައި ތިބޭތާ ދެ ހަފްތާ އަށް ވުރެ ގިނަ ދުވަސް ވަނީ ވެފައި
  • މަސްކްގެ ކުންފުނިތަކުގެ އޮފިޝަލުން ތައިލެންޑަށް ފޮނުވަން ވަނީ ތައްޔާރުވެފައި
މިއުވާން މުހައްމަދު | Miuvaan

| 7 ޖުލައި 2018 | ހޮނިހިރު 15:50 | |

މަގުބޫލް

  1. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
  2. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
  3. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
  4. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
  5. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
  6. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި
  7. މަންތާ އެއަރއަށް އުދުހުމުގެ ހުއްދަ ދީފި
  8. އިމިގްރޭޝަންގެ އިސް ދެ ބޭފުޅަކު ސަސްޕެންޑް ކޮށްފި


އީލަން މަސްކް -- ގެޓީ އިމޭޖާސް

ތައިލެންޑްގެ ޗިއަންގްރާއީގެ ފަރުބަދައެއްގެ ހޮހަޅައެއްގައި ތާށިވެފައިތިބި 12 ކުދިންނާއި އެކުދިންގެ ފުޓުބޯޅަ ޓީމުގެ ކޯޗު ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިވާން ބޭނުންކަން ބިލިއަނަރު އީލަން މަސްކް ހާމަކޮށްފިއެވެ.

ޓެސްލާ އަދި ސްޕޭސް-އެކްސް ކުންފުނީގެ ވެރިޔާ، މަސްކް ވަނީ ތައިލެންޑްގެ ސެޓެލައިޓް ކުންފުންޏެއްކަމަށްވާ މޫ ސްޕޭސް ކޯޕަރޭޝަން މެދުވެރިކޮށް ތައިލެންޑްގެ ސަރުކާރަށް އެހީ ހުށަހަޅާފައެވެ. އަދި މިވަގުތު ޗިއަންގްރާއީގައި ތިބި ފަރާތްތަކުން ފޯރުކޮށްދޭ މައުލޫމާތުގެ އަލީގައި ތައިލެންޑަށް ފޮނުވަން ޖެހޭ ސްޕޭސް-އެކްސް ނުވަތަ މަސްކްގެ ދަ ބޯރިންގ ކޮމްޕެނީގެ ޓީމެއް އެމެރިކާއިން ޗިއަންގްރާއީއަށް ފޮނުވާނެކަމަށް ދަ ބޯރިންގ ކޮމްޕެނީގެ އޮފިޝަލަކު ވިދާޅުވިއެވެ.

ދަ ބޯރިންގ ކޮމްޕެނީއަކީ ބިމުގެ އަޑުން ދަތުރުކުރުމަށް އައު ޓެކްނޮލޮޖީތައް އީޖާދުކުރާ ކުންފުންޏެއްކަމުން ތަންތަން ކޮނުމުގެ ޤާބިލްކަން އެކުންފުނީގައި ހުންނާނެކަމަށް މަސްކް ފާހަގަކުރިއެވެ. މީގެ އިތުރުންވެސް އެހެން ބައެއް ގޮތުން ހޮހަޅައިގައި ތާށިވެފައިތިބި ކުދިން ސަލާމަތްކުރަން މަސައްކަތްކުރެވިދާނެ ގޮތްތައް މަސްކް ވަނީ ޓްވިޓަރގައި ހާމަކޮށްފައެވެ. 

12 ކުދިންނާއި އެކުދިންގެ ފުޓުބޯޅަ ކޯޗު މިހޮހަޅައިގައި ތާށިވިތާ 2 ހަފްތާވެފައިވާއިރު، އެކުދިން އެތަނުން ނެރޭނެ ގޮތެއް ހޯދުމަށް ތައިލެންޑްގެ ސިފައިންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަޖުރިބާކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އެކުދިން ހޮހަޅައިގައި ތާށިވީ ހޮހަޅަތެރޭގައި ހައިކް ކުރަނިކޮށް ކުއްލިއަކަށް ބޯކޮށް ވާރޭވެހި، ހޮހަޅައިގައި ފެންބޮޑުވުމާއި ގުޅިގެންނެވެ. 

ޑައިވްކޮށްގެން އެކުދިން ނެރެން މަސައްކަތްކުރަން ނޫން ގޮތެއް މިވަގުތަށް ފެންނަން ނެތްއިރު، އެއީ ނުރައްކާތެރި ކަމެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ. ތާށިވެފައިތިބި ކުދިންނަށް އޮކްސިޖަން ފުޅި ފޯރުކޮށްދޭން މަސައްކަތްކުރި ތައިލެންޑްގެ ނޭވީ ސީލް ޑައިވަރަކު މީގެ ދެ ދުވަސްކުރިން މަރުވުމާއި ގުޅިގެން އެކަމުގެ ނުރައްކާތެރިކަން އިތުރަށްވަނީ ހާމަވެފައެވެ. ހޮހަޅައިން ފެން ހިނދެންދެން މަޑުކުރަން ޖެހިއްޖެނަމަ އޮކްޓޯބަރު މަހުގެ ނިޔަލަށް މަޑުކުރަން ޖެހިދާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ. މި ދުވަސްވަރަކީ އުތުރު ތައިލެންޑަށް ވިއްސާރަ މޫސުމުގެ ދުވަސްވަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް