22 ފެބުރުއަރީ 2019 | ހުކުރު | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އުތުރު ކޮރެއާ-އެެމެރިކާ

އުތުރު ކޮރެއާގެ އޮފިޝަލުންނާ ޕޮމްޕެއޯ ހޮނިހިރު ދުވަހު ވެސް މަޝްވަރާތައް ބާއްވަވައިފި

  • ހުކުރު ދުވަހު ވެސް މަޝްވަރާތައް ކުރިއަށް ދިޔަ
އަހުމަދު އަނޫޝު | IamAhmedAnoosh

| 7 ޖުލައި 2018 | ހޮނިހިރު 15:32 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް


އެމެރިކާގެ ޚާރިޖީ ވަޒީރު ޕޮމްޕެއޯ -- ގެޓީ އިމޭޖާސް

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އުތުުރު ކޮރެއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހޮނިހިރު ދުވަހު ވެސް އުތުުރު ކޮރެއާގެ އޮފިޝަލުންނާ މަޝްވަރާތައް ބާއްވަވައިފިއެވެ. 

ރިޕޯޓުތައް ބުނާ ގޮތުން އުތުރު ކޮރެއާގެ ފަރާތުން, އެމެރިކާގެ ޑެލިގޭޝަންއާ އެކު ބާއްވަވާ ބައްދަލުވުމުގައި އިސްކޮށް އުޅުއްވަނީ އުތުރުު ކޮރެއާގެ އޮފިޝަލް، ކިމް ޔޮން-ޗޮލްއެވެ. ކިމް ޔޮން-ޗޮލްއަކީ އެމެރިކާއާ އެކު ކުރީގައި ބޭއްވި އެކި މަޝްވަރާތަކުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. 

ހޮނިހިރު ދުވަހު އެމެރިކާ އާއި އުތުރު ކޮރެއާގެ އޮފިޝަލުން ބޭއްވި މަޝްވަރާތަކުގައި ވަކި ހިސާބަކު ރިޕޯޓަރުން ވަނީ ނެރެފައެވެ. ރިޕޯޓަރުންނާ ހަވާލާދީ މީޑިއާތަކުގައި ބުނެފައި ވަނީ އުތުރު ކޮރެއާގެ ޑެލިގޭޝަނުގައި އިސްކޮށް ހަރަކާތްތެރިވާ ކިމް ޔޮން-ޗޮލް "ސާފު ކުރަން ޖެހޭ ކަންކަން ހުރި ކަމަށް" ވިދާޅުވި ކަަމަށެވެ. ޖަވާބުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވިދާޅުވި ކަމަށް ވަނީ "ހަމަ އެގޮތަށް އަޅުގަނޑު ވެސް ސާފު ކުރަން ޖެހޭ ކަންކަން އެބަހުރި" ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ހެތާ ނައުއާޓް ހޮނިހިރު ދުވަހު ވިދާޅުވެފައި ވަނީ އެމެރިކާގެ ޚާރިޖި ވަޒީރު ހުންނެވީ "ވަރަށް ސާބިތުކަމާ އެކު"، އުތުރު ކޮރެއާ އިން މުޅިން ނިއުކްލިއާ ހަތިޔާރު ގެންގުޅުމުން ދުރުވާން ޖެހޭނެ ކަމަށް ވަކާލާތު ކުރެއްވުމުގައި ކަމަށެވެ. އަދި "ކޮރެއާ ހަނގުރާމައިގައި" މަރުވި އެމެރިކާގެ ސިފައިންގެ ހަށިތައް އަނބުރާ އެެމެރިކާއާ ހަވާލު ކުރުމަށް ގޮވާލުމުގައި ވެސް އެމެރިކާގެ ޚާރިޖީ ވަޒީރު ހުންނެވީ "ވަރަށް ސާބިތުކަމާ އެކު" ކަމަށެވެ. 

އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު، އެމެރިކާ އާއި އަދި ބައިނަލްއަގްވާމީ މުޖުތަމައު އިން އަޅާފައި ވެއެވެ. އެމެރިކާ އިން ތަކުރާރުކޮށް ބުނަމުން ދަނީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާއަށާއި އަދި މުޅި ދުނިޔެ އަށް ވެސް ހުރި ބިރެއް ކަމަށެވެ.

ޖޫން 12 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިން ޖޮން އުން ވަނީ ތާރީހީ ބައްދަލުވުމެއް ބާއްވަވާފައެވެ. ވަރަށް ބޮޑަށް ޑިޕްލޮމަސީ ކުރިއަށް ނެރެ، ގިނަ މަސައްކަތްތަކެއް ކުރުމަށް ފަހު، އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިންގެ ބައްދަލުވުން ބޭއްވީ ސިންގަޕޫރުގެ ކަޕެލާ ހޮޓެލްގައެވެ. އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިން ހާއްސަ ޖޮއިންޓް އެއްބަސްވުމެއްގައި ވެސް ސޮއިކުރެއްވިއެވެ. އެ އެއްބަސްވުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ދެ ގައުމުގެ ވެރިން ސޮއިކުރެއްވި އެއްބަސްވަމަކީ ވަރަށް "ރަނގަޅު އެއްބަސްވުމެއް" ކަމަށެވެ. ދެ ގައުމުގެ ވެރިން ސޮއިކުރެއްވި މި އެއްބަސްވުމުގައި، ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަތިޔާރުން ސަލާމަތް ކުރުމަށް އުތުރު ކޮރެއާގެ ލީޑަރު ވައުދުވެވަޑައިގެންފައި ވެއެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އުތުރު ކޮރެއާގެ ސަލާމަތާއި ރައްކާތެރިކަން އެމެރިކާ އިން ކަށަވަރު ކޮށްދޭނެއެވެ. އަދި އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރުގެ ހުރިހާ މަސައްކަތެއް ހުއްޓާލައި، މިހާރު ތައްޔާރުކޮށްފައި ހުރި ތަކެތި ނައްތާލުމަށް ވެސް އެއްބަސްވެފައިވެއެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް