11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

ބޮލީވުޑް

ރައީސްގައި ހިމެނޭ ލަވަތައް ލަވަ ޗާޓުތަކުގެ ކުރީގައި

  • ރައީސްގައި ހިމެނޭ ލަވަތައް އުޅެނީ ބޮލީވުޑް ޗާޓުތަކުގެ އެންމެ ކުރީގައި
  • "ރައީސް" އާ އެއްދުވަހެއްގައި "ކާބިލް" ވެސް ރިލީޒްކުރާނެ
އާލާ އިބުރާހިމް | aalu_aala

| 20 ޖެނުއަރީ 2017 | ހުކުރު 05:00 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


ޝާހު ރުކްޚާންގެ ފިލްމު "ރައީސް" މިމަހު 25 ގައި ރިލީޒްކުރާނެ -- ގޫގުލް

ރާހުލް ދޮލާކިއާ ޑައިރެކްޓްކޮށް ރިތޭޝް ސިދްވާނީ، ފަރްހާން އަޚްތަރު އަދި ގޯރީ ޚާން ޕްރޮޑިއުސްކުރާ ފިލްމު "ރައީސް" ގެ މަސައްކަތްތައް އެއްކޮށް ނިމި ސެންސަރ ސެޓްފިކޭޝަންއަށް ފޮނުވައިފިއެވެ. ފިލްމު "ކާބިލް" އާ އެއްދުވަހެއްގައި ރިލީޒްކުރާ "ރައީސް" ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓްފިކޭޝަންއަށް ފޮނުވާފައިވާއިރު، މިހަފްތާގައި ސެންސަރު ބޯޑަށް ފިލްމު ސްކްރީން ކުރެވޭނެ ކަމަށް ޚަބަރުތައް ބުނެއެވެ.

ޝާހުރުކް ޚާނާއެކު ޕާކިސްތާނު އެކްޓްރެސް މާހިރާ ޚާން ލީޑް ރޯލުން ފެނިގެންދާ މިފިލްމާ، ރިތިކް ރޯޝަންގެ "ކާބިލް" އާ ވަރަށް ވާދަވެރިވާނެ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ބޮލީވުޑްގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ދެ ތަރިން ކަމަށްވާ ޝާހުރުކް ޚާނާއި ރިތިކް ރޯޝަންގެ ދެ ފިލްމު އެއް ތާރީޚެއްގައި ރިލީޒްކުރުން ވެގެންދާނީ ބޮލީވުޑްގައި މިއަހަރު އުފެދޭ އެންމެ ފުރަތަމަ ކޯޅުމަށެވެ.

ދެ ގަޑިއިރާއި ބާވީސް މިނެޓުގެ ފިލްމު "ރައީސް" އަކީ އެކްޝަން ތްރިލާރ ފިލްމެކެވެ. އިންޑިޔާގެ ކްރިމިނަލެއް ކަމަށްވާ އަބްދުލް ލަޠީފްގެ ދިރިއުޅުމާއި ގުޅޭ ގޮތަށް ތައްޔާރުކޮށްފައިވާ މިފިލްމަކީ އޭނާގެ ބަޔޮގްރަފީ ފިލްމެއް ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް، ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މިކަން ދޮގުކުރެއެވެ. ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނީ، މިއީ އެއްވެސް މީހެއްގެ ދިރިއުޅުމުގެ މައްޗަށް ތައްޔާރުކުރާ ފިލްމެއް ނޫންކަމަށާއި މިއީ ފިކްޝަނަލް ފިލްމެއް ކަމަށެވެ. އެގޮތުން، މިފިލްމުގައި ފެނިގެންދާނީ ޤާނޫނާ ޚިލާފް ވިޔަފާރިއެއް ކުރާ ވިޔަފާރިވެރިއެއްގެ ދިރިއުޅުމެވެ. ފިލްމުގައި ފުލުސް އޮފިސަރެއްގެ ރޯލުން ނަވާޒުއްދީން ޞިއްދީޤީ ވެސް ފެނިގެންދާނެއެވެ.

މި ޖެނުއަރީ މަހުގެ 25 ގައި ރިލީޒްކުރާ މިފިލްމުގެ ލަވަތައް މިހާރުއްސުރެ ޗާޓުތަކުގެ ކުރީގައި ވިދަމުން އަންނައިރު، "ކާބިލް" ވެސް ހަމަ އެދުވަހު ޕްރިމިއާރ ކުރާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް