24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

ބޮލީވުޑް

ސޮނާލީ އަށް ހެޔޮ ދުޢާކުރި ބޮލީވުޑްގެ ތަރިންނަށް ޝުކުރު އަދާކޮށްފި

  • ސޮނާލީ ވަނީ އެފަރާތްތަކަށް ޓްވިޓާގައި ވަކިވަކިން ޝުކުރު އަދާކޮށްފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 7 ޖުލައި 2018 | ހޮނިހިރު 14:50 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  3. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  4. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  8. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ


ސޮނާލީ ބެންޑްރޭ -- ގޫގުލް

ބޮލީވުޑްގެ ތަރި ސޮނާލީ ބެންޑްރޭ އަށް ކެންސަރު ޖެހިގެން އެމެރިކާގައި ފަރުވާ ހޯދަމުންދާ ކަން ހާމަކުރުމުން އޭނާ އަށް ހެޔޮ ދުޢާކުރި ބޮލީވުޑްގެ ފަރާތްތަކަށް އޭނާ ޝުކުރު އަދާކޮށްފިއެވެ.

އެގޮތުން ސޮނާލީ ވަނީ އެފަރާތްތަކަށް ޓްވިޓާގައި ވަކިވަކިން ޝުކުރު އަދާކޮށްފައެވެ.

ސޮނާލީ ޝުކުރު އަދާކުރި ބޮލީވުޑްގެ ފަންނާނުންގެ ތެރޭގައި ފަރްޚާން އަޚްތަރު، ޖެނީލިއާ ދޭޝްމުކް، ދިއާ މިރުޒާ، މަނީޝާ ކޮއިރާލާ، ޑިނޯ މޯރިއޯ، އަނިލް ކަޕޫރު، ރިތިކް ރޯޝަން، އަބީޝެކް ބައްޗަން، ރާޖް ކުމާރު ރާއޯ، އަރުޖުން ކަޕޫރު، ނެހާ ދޫޕިއާ، ވިވެކް އޯބްރޯއި، ކަރަން ޖޯހަރު، ރިޝީ ކަޕޫރު އަދި މާދުރީ ޑިކްސިޓް ހިމެނެއެވެ.

ސޮނާލީއަށް ކެންސަރު ޖެހިފައިވާކަން ހާމަކޮށް މިހިނގާ ޖުލައި މަހުގެ 4 ވަނަ ދުވަހު ނެރެފައިވާ ސްޓޭޓްމަންޓްގައި ބުނެފައި ވަނީ އޭނާއަށް ޖެހިފައި ވަނީ "ހައި ގްރޭޑް ކެންސަރ" ކަމަށެވެ. ކެންސަރުގެ ޝިކާރައަކަށްވީކަން އެނގުނީ ކުއްލިއަކަށް ކަމަށާއި އެފަދަ ބައްޔެއްގެ އަލާމާތެއް ކުރިން ތަޖުރިބާ ކުރަން ވެސް ޖެހިފައި ނުވާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި މުޅި އާއިލާ އާއި ރައްޓެހިންގެ ފަރާތުން އަޅާލުމާއި ލޯތްބާއި އެހީތެރިކަން އޭނާއަށް ލިބެމުން އަންނަ ކަމަށާއި އެކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށް ބުނެފައި ވެއެވެ.

ޕްރޮޑިއުސަރ ގޯލްޑީ ބޭލްއާ ކައިވެނިކޮށްގެން އުޅޭ ސޮނާލީގެ 13 އަހަރުގެ ފިރިހެން ދަރިއަކު ހުރެއެވެ. މި ދެ މީހުން 2002 ވަނަ އަހަރު ކައިވެނިކުރުމަށް ފަހު ފިލްމް ކުޅުން ހުއްޓާލި ނަމަވެސް، ފަހަކަށް އައިސް ސޮނާލީ ވަނީ ބައެއް ފިލްމްތަކާއި ޓީވީ ސިލްސިލާތަކުގައި ހަރަކާތްތެރިވުމުގެ އިތުރުން ބައެއް ރިއަލިޓީ ޝޯތަކުގެ ޖަޖްކަން ވެސް ކޮށްފައެވެ.

ފިލްމް "އާގް" އިން 1994 ވަނަ އަހަރު ބޮލީވުޑަށް ނިކުތް ސޮނާލީ ފިލްމަކުން އެންމެ ފަހުން ފެނިފައި ވަނީ 2013 ވަނަ އަހަރު ރިލީޒް ކުރި އަކްޝޭ ކުމާރުގެ "ވަންސް އަޕް އޮން އަ ޓައިމް އިން މުމްބާއީ އަގެއިން" އިންނެވެ. މި ފިލްމްގައި އޭނާ ފެނިގެންދަނީ ކެމިއޯ ރޯލަކުންނެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް