17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ހައްޔަރު ކުރުން

އީރާނުގައި ދެ ޓަނުގެ ރަނާ އެކު މީހަކު ހައްޔަރު ކޮށްފި

  • ދެ ޓަނުގެ ރަން އެއްކުރީ ރަނުގެ ވަކި ލާރި ބޭނުން ކޮށްގެން
  • ގާތްގަޑަކަށް 250،000 ރަނުގެ ވަކި ލާރި އެއްކުރި
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 7 ޖުލައި 2018 | ހޮނިހިރު 14:18 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. ރައީސްގެ ނިންމެވުމަށް ތައުރީފު
  8. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި


އީރާނުގެ ރަނުގެ ފައިސާ ފޮއްޗެއް -- އޭއެފްޕީ

ދެ ޓަނުގެ ރަނާއެކު އީރާނުގެ ރައްޔިތަކު ހައްޔަރު ކޮށްފިއެވެ.

ބުދަ ދުވަހު އޭނާ ހައްޔަރު ކުރީ، އޭނާ އެއްކޮށްފައި ހުރި ދެ ޓަނުގެ ރަނުގެ ވަކި ލާރި ބޭނުން ކޮށްގެން އީރާނުގެ އިގްތިސާދު ހަލާކު ކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައެވެ.

އީރާންގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ރަސްމީ މީޑިއާއިން ބުނީ 53 އަހަރުގެ މީހާގެ ބެލުމުގެ ދަށުގައި ގާތްގަނޑަކަށް 250،000 ރަން ފައިސާ ފޮތި ހުރި ކަމަށެވެ. ބެލެވޭ ގޮތުގައި އޭނާ އެ ވަކި ލާރި އެއްކޮށްފައި ވަނީ ދިހަ މަސް ދުވަހުގެ ތެރޭގައެވެ. އަދި ވަކި ލާރި އެއްކުރަން އޭނައަށް އެކި ފަރާތްތަކުގެ އެހީ ލިބިފައިވާ ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.

އީރާނުގެ މީޑިއާތަކުން އޭނާ ސިފަކޮށްފައި ވަނީ ރަނުގެ ސުލްތާނުގެ ގޮތުގައެވެ. އޭނާއާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އަދި އެހާ ގިނަ އަދަދެއްގެ ރަން އޭނާ ހޯދީ ކިހިނެއް ކަމާއި އެ ރަންތައް އެއްކޮށްގެން އޭނާ ކުރަން އުޅުނީ ކީއްކަން ހާމަކޮށްފައެއް ނުވެއެވެ. 

އީރާނާއެކު ވެފައިވާ ނިއުކިލިއާ އެއްބަސްވުމުން މޭ މަހު އެމެރިކާ ވަކިވުމާ ގުޅިގެން އެ ގައުމުގެ ފައިސާގެ އަގު ވެއްޓިފައިވާ އިރު އީރާނުން ވަނީ ވިޔަފާރީގެ މުއާމަލާތްތަކުގައި ރަން ފޮތި ބޭނުންކުރަން ފަށާފައެވެ. އެމެރިކާ އިން ނިއުކިލިއަރ އެއްބަސްވުމުން ވަކިވެ، ދަތި ކުރުމުގެ ފިޔަވަޅުތައް އީރާނަށް އެޅުމުގެ ސަބަބުން އީރާނުގެ ފައިސާގެ އަގު ވަނީ ވަރަށް ދަށްވެފައެވެ. 2017ގައި ޑޮލަރަކަށް 43،000 އީރާނުގެ ރިޔާލް ލިބުނު އިރު މިއަހަރު ލިބެނީ 81،000 ރިޔާލެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް