22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ދިރާގުގެ ޕެކޭޖްތައް

ކަސްޓަމަރުންގެ ޝަކުވާއާ ގުޅިގެން ދިރާގުން ޕެކޭޖްތަކުގެ ސްޕީޑް މަތިކޮށްފި

 • ޕެކޭޖްތަކުގެ ސްޕީޑް ދަށް ކުރީ ޖުލައި މަހު
 • އެއާއެކު ކަސްޓަމަރުން ވަނީ މައްސަލަ ޖައްސާފައި
 • ދިރާގުން ވަނީ ސްޕީޑް އަވަސް ކުރުމާ އެކު އެހެނިހެން ޚިދުމަތްތަކެއް ތައާރަފްކޮށްފައި
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 7 ޖުލައި 2018 | ހޮނިހިރު 13:11 | |

މަގުބޫލް

 1. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
 2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
 3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
 4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
 5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
 6. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
 7. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
 8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ދިރާގުގެ ހެޑްކުއާޓާސް -- ގޫގުލް

ދިރާގުގެ އިންޓަނެޓްގެ ބައެއް ޕެކޭޖްތަކަށް މަހަކު ދޭ ފެއާ ޔޫޒޭޖް އެލަވަންސް ހަމަވުމުން ލިބޭ އިންޓަނެޓް ސްޕީޑް ޖުލައި 1 އިން ފެށިގެން ދަށް ކުރުމާ ގުޅިގެން، ކަސްޓަމަރުން ޝަކުވާ ކުރާތީ އަނެއްކާ ވެސް ކުރިން ހުރި ވަރަށް ސްޕީޑް އިތުރުކޮށްފިއެވެ.

ދިރާގުން ވަނީ ޖުލައި 1 އިން ފެށިގެން އެ ކުންފުނީގެ އެންމެ އަގުހެޔޮ ދެ ޕޭޖްގެ ފެއާ ޔޫޒޭޖް އެލަވަންސް ހަމަވުމުން ސްޕީޑް 256 ކޭޕީބީއެސް އަށް ދަށްވާ ގޮތަށް ހަދާފައެވެ. އެއާ އެކު 1،090ރ. ދައްކައިގެން ލިބޭ ފައިބާ 10 އެމް ޕްރިމިއަމުން ފެށިގެން ފައިބާ 5 އެމް ޕްލަސް ޕެކޭޖްތަކުގެ ފެއާ ޔޫސޭޖް އެލަވަންސް ހަމަވުމުން 512 ކޭޕީބީއެސްއަށް ދަށްވާ ގޮތަށް ވަނީ ހަދާފައެވެ.

ޖުލައި މަހުގެ ކުރިން އެ ޕެކޭޖުތަކުގެ ފެއާ ޔޫޒޭޖް އެލަވަންސް ހަމަވުމުން ދިރާގުން ސްޕީޑް ދަށްކުރަނީ 1 އެމްބީޕީއެސްއަށެވެ.

އެ ކުންފުނިން ދޭ އިންޓަނެޓް ޕެކޭޖްތަކުގެ އެލަވަންސް ހަމަވުމާ ގުޅިގެން ސްޕީޑް ދަށްކުރުމުން ގިނަ ބަޔަކު ވަނީ މީސް މީޑިއާގަ އާއި އެހެނެިހެން ޕްލެޓްފޯމަތަކުގައި ދިރާގަށް ފާޑު ކިޔައި، ޝަކުވާ ކޮށްފައެވެ.

ކަސްޓަމަރުން ފާޑުކިއުންތަކާ ގުޅިގެން ދިރާގުން ހުކުރު ދުވަހު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކަސްޓަމަރުންގެ އެދުމުގެ މަތިން ފިކްސްޑް ބްރޯޑް ޕެކޭޖްތަކަށް ބަދަލު ގެނެސްފައިވާނެ ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން ބުނީ ޕެކޭޖްތަކަށް ގެނައި ބަދަލާ ގުޅިގެން ކަސްޓަމަރުންގެ ހެޔޮ ބަސް ލިބުނު ކަމަށާއި އަދި ކަސްޓަމަރުން އެދުނު ކަންތައްތަ ފުއްދައި ދިނުމުގެ ގޮތުން ޑޭޓާ އެލަވަންސް އިތުރުކޮށް، އަގު ހެޔޮ ޑޭޓާ ބޫސްޓާތައް ތައާރަފްކުރި ކަމަށެވެ.

ދިރާގުން ބުނީ އިންޓަނެޓް ޕެކޭޖްތަކުގެ ފެއާ ޔޫޒޭޖް އެލަވަންސް ހަމަވުމާ ގުޅިގެން ކުރިއެކޭ ވެސް އެއްގޮތަށް އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް، 1 އެމްބީޕީއެސްގައި އިންޓަނެޓް ލިބޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ސޮލް

10 މަސް ކުރިން

You need to inform customers before you change the terms of service delivery agreed with customers your. ?

0
0