22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ބޮލީވުޑް

އާލިއާގެ ގެއަށް ރަންބީރު ކެއުމަކަށް ގެންގޮސްފި

  • މި ކެއުމުގައި އާލިއާގެ ބައްޕަ ވެސް ވަނީ ބައިވެރި ވެފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 7 ޖުލައި 2018 | ހޮނިހިރު 11:08 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  3. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  8. އަޅުގަނޑަކީ ކެރޭ މީހެއް، ލާހިކެއް ނޫން އެއްވެސް ކަމެއްގައި އަޅުގަނޑު ހާޒިރުކުރަން: ހިޔަލީ ރަޝީދު


އާލިއާ ބަޓް އާއި އޭނާގެ ލޯބިވެރިޔާ ރަންބީރު ކަޕޫރު -- ގޫގުލް

ބޮލީވުޑްގެ ތަރި އާލިއާ ބަޓްގެ ލޯބިވެރިޔާ ރަންބީރު ކަޕޫރު ރޭގަނޑުގެ ކެއުމަކަށް އާލިއާގެ އެގެއަށް އަލަށް ގެންގޮސްފިއެވެ.

މި ކެއުމުގައި އާލިއާގެ ބައްޕަ މަޝްހޫރު ފިލްމް ޕްރޮޑިއުސަރު އަދި ޑައިރެކްޓަރ މަހޭޝް ބަޓް ވެސް ވަނީ ބައިވެރި ވެފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދުރުން ނަގާފައިވާ ފޮޓޯ އިން ފެންނަ ފެނުމަށް އެމީހުން ކަނީ ކޯޗެއްކަން ނޭންގުނު ނަމަވެސް އެންމެން އެކުގައި މަޖާކުރަމުންދާ މަންޒަރު ފެނިގެން ދެއެވެ.

ބޮލީވުޑްގެ ގިނަ ތަރިންނާއި ޚިލާފަށް ދާދި ފަހުން ރަންބީރު ވަނީ އޭނާ ދިން އިންޓަވިއުއެއްގައި އެ ދެ ތަރިން ރައްޓެހިވެގެން އުޅޭ ކަމަށް ބުނެފައެވެ.

މިދިޔަ މަހު 29 ގައި ރިލީޒްކުރި ފިލްމް "ސަންޖޫ" ގައި ރަންބީރު ކުޅެފައިވާ ރޯލަށް އާލިއާ ވަނީ ތައުރީފް ކޮށްފައެވެ،.

އާލިއާ ބުނެފައިވަނީ އެފިލްމަކީ ވަރަށް މޮޅު ފިލްމެއް ކަމަށާއި އޭނާއަށް އެންމެ ކަމުދާ ދިހަ ފިލްމްގެ ލިސްޓްގެ އެއް ވަނައިގައި އެ ފިލްމް ހިމެނޭ ކަމަށެވެ. އަދި އެފިލުމްގައި ރަންބީރުގެ ރޯލް ވަރަށް މޮޅު ކަމަށް ވަނީ ބުނެފައެވެ. ރަންބީރުގެ އިތުރުން އެފިލްމުގެ މުހިއްމު ރޯލްތަކުން ފެނިގެންދާ ހުރިހާ ކާސްޓުންނަށް ވެސް އާލިއާ ވަނީ ތައުރީފް ކޮށްފައެވެ.

އާލިއާ އާއި ރަންބީރު އެކުގައި ފެނިގެން ދާނީ އަންނަ އަހަރު ރިލީޒް ކުރާ އަޔާން މުކްރުޖީ ޑައިރެކްޓް ކުރާ ފިލްމް "ބްރަމަސްތްރާ" އިންނެވެ.

މި ފިލްމްގައި އާލިއާ އާއި ރަންބީރުގެ އިތުރުން ދެން ފެނިގެން ދާނީ އަމީތާބް ބަޗަން އެވެ.

ރަންބީރާއި އާލިއާ ރައްޓެހިވުމުގެ ކުރިން ރަންބީރު ވަނީ ކެޓްރީނާ ކައިފް އާއި ރައްޓެހިވެގެން އުޅެފައެވެ. އަދި އާލިއާ ވަނީ ސިދާތް މަލޯތްރާ އާއި ޑޭޓް ކޮށްފައެވެ.
 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް