17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ޓްރަމްޕް އިނގިރޭސިވިލާތަށް

އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅު ރޭވިފައިވާ ގޮތް ޓްރަމްޕް ހާމަކުރައްވައިފި

  • ޓްރަމްޕްއާއި ދެކޮޅަށް މުޒާހަރާތައްވަނީ ރޭވިފައި
  • ދަތުރުގެ ބޮޑުބައި ހޭދަކުރައްވަނީ ލަންޑަނުން ބޭރުގައި
އަބުދުﷲ މުހައްމަދު | 8Abbo

| 7 ޖުލައި 2018 | ހޮނިހިރު 03:50 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ޑާވޯސްގައި އޭޕްރީލްމަހު ބައްދަލުކުރައްވަނީ -- ބީބީސީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންނަ ބުރާސްފަތި ދުވަހު އިނގިރޭސިވިލާތަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އިނގިރޭސި ރާނީއާ ވިންޑްސަރގައި ބައްދަލުކުރައްވަައި ބޮޑުވަޒީރާއެކު ޗެކަރގައި ވާހަކަފުޅުތައް ބާއްވަވާނެއެވެ.

ދަތުރުގެ ތާވަލުން ކަށަވަރުވާގޮތުން ރައީސް ޓްރަމްޕް، ރީޖެންޓްސް ޕާކްގައި ހުންނަ އެމެރިކާގެ އެމްބަސެޑަރގެ ގެކޮޅުގައި އެއްރޭ ހޭދަކުރައްވާނެއެވެ.

ނަމަވެސް އެމަނިކުފާނު ގިނަ ވަގުތު ހޭދަކުރައްވާނީ ލަންޑަނުން ބޭރުގައި ރަސްމީ ހަރަކާތްތަކުގައެވެ.

ރޭވިފައިވާ ގޮތަށް ވެރިރަށް ލަންޑަންގައި މުޒާހަރާ ކުރާނެކަމަށް މުޒާހަރާ އިންތިޒާމްކުރާ ފަރާތުން ބުނެފައިވާއިރު އެއްބަޔަކުު ވަނީ ސްކޮޓްލޭންޑްގައިވެސް މުޒާހަރާކުރަން ތައްޔާރުވެފައެވެ.

ބީބީސީގެ ޑިޕްލޮމެޓިކް ކަރެސްޕޮންޑެންޓް، ޖޭމްސް ރޮބިންސަން ވިދާޅުވީ މި ދަތުފުޅު ވެގެންދާނީ"އެމެރިކާގެ ރައީސަކު އިނގިރޭސިވިލާތަށް ކުރައްވާ އެންމެ މައްސަލަބޮޑު ދަތުރުފުޅަށް" ކަމަށެވެ.

އެމެރިކާއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވަފައި ހުންނަވާ ސަފީރު ވުޑީ ޖޯންސަން ވިދާޅުވީ މުޒާހަރާތައް ނުފެންނާނެހެން ކޮންމެހެން ވެރިރަށުން ބޭރުގައި ޓްރަމްޕް ބެހެއްޓެވުމަށް ރޭއްވެވީ ނޫންކަމަށާއި އެ މަނިކުފާނުގެ ފޯކަސްއަކީ ކުުރައްވަންހުރި ކަންކަންކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މިއީ" ކުރު ދަތުރެއް އެ މަނިކުފާނު ކުރައްވަން ހުރި ކަންކަން ފުނިޖެހިފައި" ނަމަވެސް ރައީސް ޓްރަމްޕް "ވަރަށް ގިނަ ވަގުތު ސެންޓްރަލް ލަންޑަންގައި ހޭދަކުރައްވާނެ"

މުޒާހަރާ ރާވަމުންދާ ގްރޫޕުން ހުކުުރު ދުވަހު ވަނީ ރައީސް ޓްރަމްޕް ހުންނަވަނީ ވެރިރަށުގަ ވިޔަސް އެހެން ތާކު ވިޔަސް " އަޑު އިއްވާނެ"ކަމަށް ވައުދުވެފައެވެ.

ބްރަސަލްސްގައި ބާއްވާ ނޭޓޯ ސަަމިޓަށްފަހު ރައީސް ޓްރަމްޕްއާއި ފަސްޓް ލޭޑީ މެލެނިއާ ޓްރަމްޕް އިނގިރޭސި ވިލާތަށް ވަޑައިގަންނަވާނީ ބުރާސްފަތިދުވަހުއެވެ.

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ސަރ ވިންސްޓަން ޗަރޗިލް  އުފަންވެ ވަޑައިގެންނެވި އޮކްސްފޯޑްޝަޔަރ ގެ ބްލެނިމް ޕެލަސްގައި އިނގިރޭސ ބޮޑުވަޒީރު ތެރީސާ މޭ ދެއްވާ ބްލެކް ޓައި ޑިނަރ އަކަށް ބުރާސްފަތި ދުވަހުގެ ރޭ ޓްރަމްޕް ވަޑައިގަންނަވާނެއެވެ.

ރައީސް ޓްރަމްޕްއަށް މަރުހަބާ ދެންނެވުމަށް ސްކޮޓްލޭންޑް،އަޔަރލޭނޑް،އަދި ވޭލްސް، ގެ އަސްކަރިއްޔާގެ ބޭންޑުން ގައުމީ ސަލާމް ކުޅޭނެއެވެ.

ދައުވަތު އެރުވޭ އިއްޒަތްތެރިންނާއި ވިޔަފާރިވެރިން ބައިވެރިވެ ވަޑައިގަންނަވާ މި ފަރިއްކޮޅުގައި ކުރިޔަށް ގެންދާ ވެސިކްސް އޮކެސްޓްރާގައި އެމެރިކާ އަދި އިނގިރޭސި ވިލާތުގެ ލަވަތަށް ކުޅެވިގެންދާނެއެވެ. ރަސްމީ ފަރީއްކޮޅުން ރައީސް ޓްރަމްޕް ނުކުމެވަޑައިގަންނަވާއިރު ސްކޮޓްލެންޑްގެ އަސްކަރިއްޔާއިން ރޯޔަލް ރެޖިމެންޓް ކުޅޭނެއެވެ.

ސްކޮޓްލޭންޑަކީ ރައީސް ޓްރަމްޕްގެ މަންމާފުޅު ނިސްބަތްވެ ވަޑައިގަންނަވާ ގައުމެވެ.

ލަންޑަންގައި އެއްރޭ ހޭދަ ކުރެއްވުމަށްފަހު ބޮޑުވަޒީރު މޭ އާއިއެކު ޗެކަރސްގައި ބާއްވާ ވާހަކަތަކުގެ ކުރިން ބޮޑުވަޒީރާއިއެކު އިނގިރޭސި ސިފައިންގެ އަސްކަރީ ހަރަކާތްތަކެއް ބައްލަވާ ލައްވާނެއެވެ.

 ރައީސް ޓްރަމްޕްގެ ދެ ކަނބަލުން އިނގިރޭސި ރާނީއާއި ބައްދަލުކުރައްވާނީ ހުކުރު ދުވަހުގެ މެންދުރުފަހު ވިންޑްސަރގައެވެ.

ދަތުރުފުޅުގެ އެންމެ ފަހު ބައެއްގެ ގޮތުން ދެ ކަނބަލުން ސްކޮޓްލެންޑަށް ވަޑައިގެން ހަފްތާ ބަންދު އެ ގައުމުގައި ހޭދަކުރައްވާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް