23 ސެޕްޓެންބަރ 2018 | އާދީއްތަ | 04 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ހޮހޮޅައިގައި ތާށިވި ކުދިން

ހޮހޮޅައިގައި ތާށިވި ކުދިންނަށް ޑައިވެއް ނުކުރެވޭ، ސަލާމަތްކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް

  • ފެން ހިއްކުން ހުއްޓާލިތާ 12 މިނެޓް ތެރޭ 4 އިންޗިއަށް ފެންގަނޑު އުފުލުނު
  • ވާރޭ ވެހިއްޖެނަމަ ފެންގަޑު ބޮޑުވެދާނެކަމުުުގެ ބިރުވަނީ ހިވެފައި
އަބުދުﷲ މުހައްމަދު | 8Abbo

| 7 ޖުލައި 2018 | ހޮނިހިރު 03:03 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ހޮހޮޅައިގައި ތިބި ކުދިން ކެމެރާއަށް ވާހަކަ ދައްކަނީ -- ބީބީސީ

ތައިލެންްޑްގެ ތަމް ލުއަންގ ހޮހޮޅައިިގައި ތާށިވެފައިވާ 12 ފިރެހެން ކުދިންނާއި އެކުދިންގެ ފުޓްބޯޅަ ކޯޗްއަށް ޑައިވް ނުކުރެވޭތީ  މިރޭ އެ މީހުން ސަލާމަތް ނުކުރެވޭނެ ކަމަށް އޮފިޝަލަކު ބުނެފިއެވެ.

ކުދިންނާއި ކޯޗު ހޮހޮޅައިގެ ތެރޭގައި ތިބި ހިސާބަށް މިހާރުވަނީ ވައިހޮޅިއެއް އަޅާފައެވެ.

އޭގެ ކުރިން ތައިލެންޑްގެ އަސްކަރިއްޔާގައި ކުރިން މަސައްކަތްކޮށްފައިވާ ޑައިވަރަކުވަނީ އެކުދިންނަށް އޮކްސިޖަން ޓޭންކް ފޯރުކޮށްދިނުމަށްފަހު ހޮހޮޅައިން ނުކުންނަން އައިމަގުމަތީގައި މަރުވެފައެވެ.

ކުދިިން ހޮހޮޅައަށް ވަދެފައިވަނީ ހޮހޮޅައިގައި ފެންބޮޑުވެފައިވަނިކޮށް ނޫންނަމަވެސް ފަހުން ފެންބޮޑުވެފައިވަނީ ވާރޭވެހުމުގެ ސަބަބުންނެވެ.

ހުކުުރު ދުވަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން، ހޮހޮޅަ ހުންނަ ޗިއާންގް ރާއި ސަރަހައްދުގެ ގަވަރނަރ ވިދާޅުވީ ހިނގާ އުޅެވޭނެހާ ހަކަތަ ކުދިންެގެ ހުރިނަމަވެސް އެކުދިންނަށް ނުފެތޭނެކަމަށެވެ.

ނަރޮންގސަކް އޮސޮއްތަނަކޯން ވިދާޅުވީ ގިނަ ކުދިން މިހާރު އާއްމު ހާލަތަކަށް ކުރިއެރުން ހޯދައިފި ކަމަށާއި އަދި ޑައިވަރުން ދަނީ ޑައިވް ކުރާނެ ގޮތާއި ނޭވާލާނެ އުކުޅުތައް މެދުކެނޑުމެއްނެތި ކިޔައިދެމުން ކަމަށެވެ.

ވާރޭ ވެހިއްޖެނަމަ މިރެއިން މިރެއަށް ކުދިން ނެެރުމަށް މަސައްކަތްކޮށްފާނެތޯ އެހުމުން އޭނާ ވިދާޅުވީ" ނޫން އަދިއެއް އެކުދިންނަކަށް ޑައިވެއް ނުކުރެވޭ"ަ

ނަރޮންގސަކް ވިދާޅުވީ ކުދިން ރަނގަޅުކަމަށާއި އެކުދިން ނޭވާލުމަށް ލިބޭވައިވެސް ރަނގަޅުކަމަށެވެ.

ކުދިންގެ ބެލެނިވެރިންވަނީ ބުރާސްފަތި ދުވަހު އެކުދިންނަށް ސިޓީވެސް ފޮނުވާފައެވެ. ނަމަވެސް ގަވަރނަރ ވިދާޅުވީ އެކުދިންނަށް އަދި އެ ސިޓީތައް ލިބުނުކަމެއް އެނގިވަޑައިނުގަންނަވާކަމަށެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުންވަނީ ކުދިން ތިބި ހިސާބަށް ސީދާ ވާސިލުވެވޭތޯ 100 އަށްވުރެ ގިނަ ލޯވަޅު ތޮރުފާފައެވެ.

އެކުދިން ތިބި ސަރަހައްދާ ކައިރިކަމަށް ޔަގީން ކުރެވޭ 18 ލޯވަޅެެއް ވާއިރު އޭގެ ތެރެއިން އެންމެ ފުންކޮށް ކޮނެވިފައިވަނީ 400 މީޓަަރަށެވެ.ނަރޮންގސަަކް ވިދާޅުވީ އެއިން އެއްވެސް ލޯވަޅެއް އެކުދިންނާ ހިސާބަށް ފޯރާނެކަމެއް ޔަގީން ނުވާކަމަށެވެ. ކުދިން ތިބިކަމަށް ބެލެވޭ ހިސާބަކީ 600 މީޓަރު އަޑިއެވެ.

އުމުރުން 11-16 އަހަރާ ދެމެދުގެ 12 ކުދިންނާއި 25 އަހަރުގެ ކޯޗު ތާށިވީ ޖޫން 23 ވަނަ ދުވަހު އެވެ.

ގެއްލުނުތާ ނުވަ ދުވަހަށްފަހު މިދިޔަ ހޯމަ ދުވަހު އެކުދިން ފެނިފައިވަނީ، ފެންބޮޑުވެފައިވާ އެ ހޮހޮޅައިގެ ތެރޭގައި ހިކިފަސްތަނެއްގައި ތިއްބައި އިނގިރޭސިވިލާތުގެ ދެ ޑައިވަރުންނެވެ.

ކުދިން ތިބި ހިސާބަކީ ހޮހޮޅައިގެ ދޮރުން ފެށިގެން ބަލާނަމަ 4 ކިލޯމީޓަރު ދުރު ސަރަހައްދެކެވެ.

ނަރޮންގސަކް ވިދާޅުވީ އެންމެ ރައްކާތެރިކަން ބޮޑު ގޮތަކަށް ކުދިން ސަލާމަތްކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެވެމުންދާކަމަށާއި ނަމަވެސް އޭނާވަނީ ވަގުތު ގެއްލެމުންދާކަން ފާހަގަކުރައްވާފައެވެ.

" އަޅުގަނޑުމެން ބަލާނަން އެންމެ ރަނގަޅު ޕްލޭނަަކަށް، ރިސްކު ކުޑުވުމުން އަޅުގަނޑުމެން އެކުދިން ނެރޭނަން" އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ވޭތުވެދިޔަ ދުވަސްކޮޅު ވާރޭ ނުވެހޭތީ، ހޮހޮޅައިގެ ތެރޭގެ އެތައް ސަރަހައްދަކުން ފެން ހިއްކާލައި މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކަށް ވަދެވޭނެ ޖާގައެއް ހަދާލާނެ ވަގުތު ލިބިގެން ގޮސްފައިވާކަމަށެވެ.

މީގެ އިތުރުން އޭނާވަނީ ހުކުރު ދުވަހު ހޮހޮޅައިގެ ތެރެއިން ފެން ހިއްކުން 12 މިނެޓަށް ހުއްޓާލުމުންވެސް ފެންގަޑު 4 އިންޗި އުފުލުނުކަމަށް ބުނެފައެވެ.

މޫސުމީ ވިއްސާރައިގައި އާދީއްތަ ދުވަހު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވިފައިވާއިރު ފެންބޮޑުވުމުގެ ބިރުވަނީ ހީވެފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް