12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:01
މެންދުރު 12:04
އަސްރު 15:24
މަޣްރިބް 17:58
އިޝާ 19:15

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: ގަދަފަދަ ބްރެޒިލް ކަޓުވާލައި ބެލްޖިއަމް ސެމީއަށް

  • ބްރެޒިލްއާ ދެކޮޅަށް ކުޅުނު ކުއާޓާގެ މެޗުން ބެލްޖިއަމް މޮޅުވީ 2-1 ގެ ނަތީޖާއަކުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 7 ޖުލައި 2018 | ހޮނިހިރު 00:56 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  7. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  8. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު


ބެލްޖިއަމްގެ ކުޅުންތެރިން ސެމީގެ ޖާގައެއް ލިބުމާއެކު އުފާފާޅުކުރަނީ -- ގެޓީ އިމޭޖާސް

ފީފާ ވާރލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ގަދަފަދަ ބްރެޒިލް ބަލިކޮށް ސެމީ ފައިނަލުގެ ޖާގައެއް ބެލްޖިއަމްއިން ކަށަވަރުކޮށްފިއެވެ.

ކަޒާން އެރީނާގައި ކުޅުނު މި މެޗު ބްރެޒިލްއާ ދެކޮޅަށް ކުޅުނު ކުއާޓާގެ މެޗުން ބެލްޖިއަމް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ މި ދެ ޓީމުގެ މެދުގައި ވާރލްޑް ކަޕެއްގައި ކުޅެވުނު ދެވަނަ މެޗަށްވާއިރު 2002 ވަނަ އަހަރުގެ ވާރލްޑް ކަޕްގައި މި ދެ ޓީމު ކުޅުނު މެޗު 2-0 އިން ކާމިޔާބުކުރީ ބްރެޒިލްއެވެ. މިއީ ޖެހިޖެހިގެން ކުއާޓާ ފައިނަލުގައި ބްރެޒިލް ކުޅުނު ހަތްވަނަ ފަހަރެވެ. 

ބްރެޒިލްގެ ފުރަތަމަ އެގާރައިން ތިން ބަދަލެއް ފެނިގެންދިޔައިރު އެޓީމުގެ މެދުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކަސެމީރޯއަށް މި މެޗުގައި ކުޅެވިފައިނުވަނީ ސަސްޕެންޝަނުގެ ސަބަބުންނެވެ. ޖަޕާން އަތުން މޮޅުވި މެޗުގައި ކުޅުނު ބެލްޖިއަމްގެ ޓީމަށް އެޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ ދެ ބަދަލެއް ގެނެސްފައެވެ. 

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ބެލްޖިއަމްއިން ކުޅެފައިވަނީ ޑިފެންސަށް ވަރަށް ބޮޑަށް ވިސްނައިގެންނެވެ. ބްރެޒިލްގެ ކުޅުންތެރިން ހަމަލާ އުފެއްދުމަށް މަސައްކަތްކުރަމުންދިޔައިރު ބެލްޖިއަމްގެ ކުުޅުންތެރިން ވަނީ ކައުންޓާ އެޓޭކުގައި ބްރެޒިލްގެ ގޯލަށް ނުރައްކާކޮށްފައެވެ. ބެލްޖިއަމްއިން މެޗުގެ ލީޑު ފުރަތަމަ ފަހަރަށް ނެގީ މެޗުގެ 13 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ބެލްޖިއަމްއިން ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ބްރެޒިލްގެ ފަނާންޑީނިއޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި ލަނޑާއެކު ބެލްޖިއަމްގެ ކުޅުން އިތުރަށް ވަރުގަދަ ވެގެންދިޔައިރު މެޗުގެ 30 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. ރޮމެލޫ ލުކާކޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެޓީމަށް މި ލަނޑު ޖަހައިދިނީ ކެވިން ޑެބްރައިނާއެވެ. ބްރެޒިލްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސް ކުރުމަށް މަސައްކަތްކުރި ނަމަވެސް އެކުޅުންތެރިންނަށް މާ އެދެވޭ ފުރުސަތުތަކެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ބެލްޖިއަމްއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ބްރެޒިލްގެ ފަރާތުން ވަނީ އެޓޭކިން ފުޓްބޯޅައެއް ފެނިގެންގޮސްފައެވެ. ބްރެޒިލްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު މި ފުރުސަތުތަކުގެ ހުރަހަކަށް ވެގެންދިޔައީ ބެލްޖިއަމްގެ ކީޕަރު ތީބައު ކޯޓުވާއެވެ. ބްރެޒިލްއިން ހަމަލާ އުފައްދަމުންދިޔައިރު ފުރަތަމަ ހާފެކޭ އެއްގޮތަށް ބެލްޖިއަމްއިން ދިޔައީ ކައުންޓާގައި ނުރައްކާ ކުރަމުންނެވެ.

ބްރެޒިލްއަށް މެޗުގެ 76 ވަނަ މިނެޓުގައި އުއްމީދު އައުވެގެންދިޔައީ ފިލިޕޭ ކުޓީނިއޯ ނަގައިދިން ހުރަހަކުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ރެނާޓޯ އޮގަސްޓޯ ޖަހައިދިން ލަނޑުންނެވެ. މި ލަނޑާއެކު ބްރެޒިލްގެ އެޓޭކްތައް ފުލުފުލުގައި ފޮނުވާލަމުން ދިޔައިރު ކުޓީނިއޯ އަދި ނޭމާއަށް ވަަނީ އެއްވަރުކުރުމަށް ހުސް ގިނަ ފުރުސަތުތަކެއް ލިބިގެންގޮސްފައެވެ. 

މިއީ ބެލްޖިއަމްގެ ތާރީހުގައި ވެސް ވާރލްޑް ކަޕެއްގެ ސެމީ ފައިނަލުގައި އެޓީމު ކުޅޭނެ ދެވަނަ ސެމީ ފައިނަލެވެ. މި މެޗާއެކު އެންމެފަހުން ބްރެޒިލް ކުޅުނު ހަތަރު ވާރލްޑް ކަޕްއިން ވެސް އެޓީމު ކަޓާފައިވަނީ ޔޫރަޕަށް ނިސްބަތްވާ ޓީމުތައް އަތުންނެވެ. 

ސެމީ ފައިނަލުގައި ބެލްޖިއަމް ނުކުންނާނީ 1998 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރި ފްރާންސާއި ދެކޮޅަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް