19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:40
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

އެމްޑީޕީ

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

  • ލޯކަލް ކައުންސިލް އިންތިހާބަށް 900 އަށްވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވޭ
  • މިހާރު އިންތިހާބު އޮތީ ޕީޕީއެމް އެދިގެން، އޭޕްރީލް މަހަށް ފަސްކޮށްފަ
މުހައްމަދު ފަޒީން | phaxyn

| 20 ޖެނުއަރީ 2017 | ހުކުރު 05:00 | |

މަގުބޫލް

  1. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  2. ފަސް މެމްބަރަކަށް މަޖިލީހަށް ވަދާކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  3. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  6. މިހާރުގެ 7 މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި
  7. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  8. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި


ދިވެހިރާއްޖޭގެ ހައިކޯޓް -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓުން ބަލައިގެންފި އެވެ.

އެމްޑީޕީގެ ސެކެރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު ބުރާސްފަތި ދުވަހުގެ ރޭ "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެމްޑީޕީގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އެމައްސަލަ އެ ކޯޓުން ބަލައިގެންފައިވާ ކަމަށެވެ.

މި މަހުގެ 14 ވަނަ ދުވަހު ކައުންސިލް އިންތިހާބު ބާއްވަން ނިންމައި، 900 އަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ކެންޑިޑެސީ ގަބޫލުކޮށްފައި ވަނިކޮށް، ކޯޓުންކުރި ހުކުމަކާ އެކު ދެ މަސްދުވަހަށް އިންތިހާބު ފަސް ކުރަން ޖެހުމުން އަންނަ އޭޕްރީލް މަހު އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އަދި ކުރީގެ ކެންޑިޑެސީތައް ބާތިލްކޮށް، ކުރިން ކެންޑިޑެސީ ގަބޫލުކުރި ފަރާތްތަކުން އަލުން ހުށަހަޅަންޖެހޭ ގޮތަށް ވެސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

އެމްޑީޕީގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފަިއވަނީ، އިންތިޚާބުގައި ވާދަކުރުމަށް ހުށަހެޅި ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާޠިލުކުރައްވާފައިވަނީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 21 ވަނަ މާއްދާގެ (ނ) ހިލާފަށް ކަމަށެވެ. އަދި ސިވިލް ކޯޓުގެ ހުކުމާއިވެސް ހިލާފަށް ކަމަށެވެ.

އެހެންކަމުން އެމްޑީޕީން ހައިކޯޓުގައި އެދިފައިވަނީ، އިލްކެޝަންސް ކޮމިޝަންއިން ކެންޑިޑެސީ ޤަބޫލުކޮށްފައިވާ ކެންޑިޑޭޓުން އަލުން ކުރިމަތިލާންޖެހޭނޭ ކަމަށް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާޠިލުކަމުގައި ކަނޑައަޅުއްވައި ދެއްވުއްވުމަށެވެ. އޭގެއިތުރުން ކެނޑިޑޭޓުންގެ ކެނޑިޑެސީ ބާތިލްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން، ކޯޓުން ހުކުމްކުރަންދެން މަޑުޖައްސާލުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަންގައިދިނުމަށްވެސް އެމްޑީޕީގެ ފަރާތުން ހައިކޯޓުގައި އެދިފަވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް