26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

އުުތުރު ކޮރެއާ-އެެމެރިކާ

ޕޮމްޕެއޯ އުުތުރު ކޮރެއާ އަށް ވަޑައިގެންނެވީި އެގައުމުން ނިއުކްލިއަރ ހަތިޔާރުން ގެންގުޅުމުން ހުއްޓާލުމާ ބެހޭ ތަފްސީލީ މައުލޫމާތު ހޯއްދަވަން

  • ޕޮމްޕެއޯ ގެ ދަތުރުފުޅުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާ ބައްދަލު ކުރައްވާނެ ކަމެއް އަދި ސާފުވެފައެއް ނުވޭ
އަހުމަދު އަނޫޝު | IamAhmedAnoosh

| 6 ޖުލައި 2018 | ހުކުރު 19:57 | |

މަގުބޫލް

  1. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  2. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  3. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  6. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


މީގެ ކުރިން އުތުރު ކޮރެއާ އަށް މައިކް ޕޮމްޕެއޯ (ވ) ކުރެއްވި ދަތުރުފުޅެއްގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާ ބައްދަލު ކުރައްވަނީ -- ރޮއިޓަރސް

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ހުކުރު ދުވަހު އުތުރު ކޮރެއާ އަށް ވަޑައިގެންނެވީ އުތުރު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރު ގެންގުޅުމުން ދުރުވުމާ ގުޅޭ ތަފްސީލީ މައުލޫމާތު ހޯއްދެވުމަށް، އުތުރުު ކޮރެއާގެ ލީޑަރަށް ބާރުއެޅުއްވުމުގެ ގޮތުން ކަމަަށް ރިޕޯޓުތައް ބުނެފިއެވެ.

މިއީ ޖޫން 12 ވަނަ ދުވަހު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލުކުރެއްވިފަހުން އެމެރިކާގެ ޚާރިޖީ ވަޒީރު ޕޮމްޕެއޯ އުތުރު ކޮރެއާ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަމަށްވާއިރު، ޕޮމްޕެއޯ މިހާރު ކުރައްވަމުން ގެންދަވަނީ އެމަނިކުފާނު އުތުރު ކޮރެއާ އަށް މިހާތަނަށް ކުރައްވަމުން ގެންދަވާ ތިން ވަނަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ހުކުރު ދުވަހާއި އަދި ހޮނިހިރު ދުވަހު މައިކް ޕޮމްޕެއޯ ގިނަ ބައްދަލުވުންތަކެއް އުތުރު ކޮރެއާގެ އޮފިޝަލުންނާ އެކު ބާއްވަވާނެއެވެ. އެމަނިކުފާނާއެކު އެމެރިކާގެ ޚާރިޖިއްޔާ، ސީއައިއޭ އަދި ނެޝެނަލް ސެކިޔުރިޓީ ކައުންސިލް ގެ "ނޯތު އޭޝިއާ" އާ ގުޅޭ މާހިރުން ބައިވެރިވެވަޑައިގަންނަވައެވެ. ޕޮމްޕެއޯ ގެ ދަތުރުފުޅުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާ ބައްދަލު ކުރައްވާނެ ކަމެއް އަދި ސާފުވެފައެއް ނުވެއެެެވެ.

އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމާއި ގުޅިގެން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު، އެމެރިކާ އާއި އަދި ބައިނަލްއަގްވާމީ މުޖުތަމައު އިން ވެސް އަޅާފައިވެއެވެ. އެމެރިކާ އިން ތަކުރާރުކޮށް ބުނަމުން ދަނީ އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމަކީ އެމެރިކާއަށާއި އަދި މުޅި ދުނިޔެއަށްވެސް ހުރި ބިރެއް ކަމަށެވެ.

ސިންގަޕޫރުގައި ޖޫން 12 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވަނީ ތާރިހީ ބައްދަލުވުމެއް ބާއްވަވާފައެވެ. ސުލްހަވެރި ދުނިޔެއަކާ ދިމާލަށް އިންސާނުން އަޅާ ބިޔަ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރެވިފައިވާ މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ސިންގަޕޫރުގެ ކަޕެލާ ހޮޓެލްގައެވެ. އެމެރިކާ އާއި އުތުުރު ކޮރެއާގެ ވެރިންގެ ބައްދަލުވުމުގައި ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަތިޔާރުން ސަލާމަތް ކުރުމަށް އުތުރު ކޮރެއާގެ ލީޑަރު ވައުދުވެވަޑައިގެންފައި ވެއެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އުތުރު ކޮރެއާގެ ސަލާމަތާއި ރައްކާތެރިކަން އެމެރިކާ އިން ކަށަވަރު ކޮށްދޭނެއެވެ. އަދި އުތުރު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރުގެ ހުރިހާ މަސައްކަތެއް ހުއްޓާލައި، މިހާރު ތައްޔާރުކޮށްފައި ހުރި ތަކެތި ނައްތާލުމަށް ވެސް އެއްބަސްވެފައިވެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް