18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

އެމްޑީޕީ

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

  • ގދ ގިނަ ރައްރަށަށް ވަޑައިގެންނެވި
  • ދަތުރުގައި ކެމްޕެއިން ގިނަ ހަރަކާތްތަކެއް ހިންގާފައިވޭ
މުހައްމަދު ފަޒީން | phaxyn

| 20 ޖެނުއަރީ 2017 | ހުކުރު 05:00 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


ގދ. އަތޮޅަށް ހަސަން ލަތީފް ކުރެއްވި ކެމްޕެއިން ދަތުރުގެ ތެރެއިން -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ފަޒީން

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތި ލައްވާފައިވާ ހަސަން ލަތީފްގެ ކެމްޕެއިނާ އެމްޑީޕީގެ ވަރުގަދަ ކުރުމަށް ހިންގާ ހަރަކާތުގެ ތެރެއިން ގދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން މަޝްވަރާ ބައްދަލުވުންތަކާއި ދޮރުން ދޮރަށް ހިނގުންފަދަ ކެމްޕެއިންގެ ހަރަކާތްތައް ވަރަށް ކާމިޔާބު ކަމަށް ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ބުނެފި އެވެ.

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ބުނީ އެ ޓީމް ގދ. އަތޮޅުގެ ރަށްރަށަށް މިމަހުގެ 17 އިން 19 އަށް ކުރިދަތުރުގައި ގދ. އަތޮޅުގެ ގިނަ ރައްރަށަށް ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ވަޑައިގެން ކެމްޕެއިން ހަރަކާތްތަކާއި މަޝްވަރާ ބައްދަލުވުންތައް ބާއްވަވާފައިވާ ކަމަށެވެ. އެގޮތުން ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅަށް ކުރެއްވި ދަތުރުގައި މަޑަވެއްޔާއި ހޯޑެއްދޫއާއި ނަޑެއްލާ އަދި  ރަތަފަންދޫއަށް ވަޑައިގެންނެވުމަށްފަހު މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ފަރެސްމާތޮޑާއަށް ވަޑައިގެން މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވާ ކަމަށް ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ބުނެއެވެ. ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ބުނީ 18 ވަނަ ދުވަހުގެ ހެނދުނު ފަރެސްމާތޮޑާއިން ފިޔޯރީއަށާއި ވާދޫއަށާއި ގައްދޫ އަދި ދެއްވަދޫއަށް ވަޑައިގެން އެރަށްރަށުގައިވެސް މަޝްވަރާ ބައްދަލުވުންތަކާއި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި 18 ދުވަހުގެ ރޭ ތިނަދޫއަށް ވަޑައިގެން ތިނަދޫގައި ވެސް ކެމްޕެއިންގެ ގިނަ ހަރަކާތްތަކެއް ހިންގަވާފައިވާ ކަމަށް ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން މައުލޫމާތު ދެއެވެ. އަދި ތިނަދޫއިން ކޮލަމާފުއްޓާއި ދާންދޫއާއި ވިލިނގިއްޔަށް ވަޑައިގެން ކެމްޕެއިންގެ ހަރަކާތްތަކެއް ހިންގާފައިވާ ކަމަށްވެސް ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ބުނެއެވެ.

ހަސަން ލަތީފް މިދިއަ ހަފްތާގައި ވަނީ ނ އަދި ޅ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މަޝްވަރާބައްދަލުވުންތަކާއި ކެމްޕެއިންގެ ހަރަކާތްތައް ހިންގަވާފައެވެ.

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުންދަނީ މާލޭގައި ވެސް ދޮރުން ދޮރުން ހިނގުންފަދަ ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ.

އެމްޑީޕީގެ ޗެއާރޕާސަން ކަމުގެ މަގާމަށް ކުރިމަތި ލައްވާފައިވަނީ ހަސަން ލަތީފް އެކަންޏެވެ.

މި ކެމްޕެއިން ހަރަކާތްތަކުގައި ހަސަން ލަތީފް ވަނީ، އެމަނިކުފާނަށް އެމްޑީޕީގެ ޗެއަރޕާސަންކަން ކާމިޔާބު ވެއްޖެ ނަމަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ޗެއަރޕާރސަންގެ އިންތިޚާބުގެ ވޯޓްލުން 10 ފެބްރުއަރީ 2017 ވާ ހުކުރު ދުވަހު ބާއްވާގޮތަށް އެޕާޓީން ވަނީ ނިންމާފަ އެވެ.

އެމްޑީޕީ އާއި އިދިކޮޅު އިއްތިހާދު މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ހާއްސަ ހަރަކާތްތަކެއް ރ. އަތޮޅުގައި ހިންގުމަށް ނިންމާ ބުރާސްފަތި ދުވަހު ވަނީ އެހަރަކާތްތައް ފަށާފަ އެވެ. މި ހަރަކާތްތައް ހުކުރު ދުވަހު ވެސް ކުރިއަށްދާނެ ކަމަށް އެމްޔޫއޯއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް