19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ނަވާޒް ޝަރީފްގެ ކޮރަޕްޝަން

ކޮރަޕްޝަންގެ ކުށް ސާބިތުވެ ނަވާޒް ޝަރީފް 11 އަހަރަށް ޖަލަށް

 • ހުކުމް ކުރީ އާމްދަނީއާ ނުބައްދަލު މުދަލާއި ގެދޮރު ހުރުމުން
 • މިވަގުތު ހުންނެވީ ލަންޑަނުގައި
 • ދަރިކަނބަލުންނާއި ދަނބިދަރިފުޅަށް ވެސް ހުކުމެއް
މިއުވާން މުހައްމަދު | Miuvaan

| 6 ޖުލައި 2018 | ހުކުރު 17:14 | |

މަގުބޫލް

 1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
 2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
 3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
 4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
 5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
 6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
 7. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި
 8. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!


ނަވާޒް ޝަރީފް (ވ): މަޤާމުން ވަކިކުރެވުނީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކަށްފަހު އެނބުރި އިސްލާމް އާބާދަށް ވަޑައިގެންނެވިތަނާ -- ފޮޓޯ : މުހައްމަދު ޝަރުހާން

ކޮރަޕްޝަންގެ ކުށް ސާބިތުވެ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް 11 އަހަރަށް ޖަލަށްލުމަށް ޕާކިސްތާނުގެ ކޯޓަކުުން ހުކުމްކޮށްފިއެވެ.

ޕާކިސްތާނުގެ ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯގެ ކޯޓުން ނަވާޒް ޝަރީފްއާއި އޭނާގެ ދަރިކަނބަލުން މަރިޔަމް ނަވާޒް ޝަރީފް އަދި މަރިޔަމްގެ ފިރިކަލުން ސަފްދާރް އަވާންގެ މައްޗަށް ޖަލު ހުކުމްތައް އިއްވާފައިވެއެވެ. ނަވާޒް ޝަރީފްގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި ވަނީ އެމަނިކުފާނު އިނގިރޭސިވިލާތުގެ ލަންޑަނުން 4 ގެ ބައްލަވައިގަތުމުގައި ކުރައްވާފައިވާ ޚަރަދުތަކާއި އާމްދަނީއާއި ނުބައްދަލުވުމުންނެވެ. 

ނަވާޒް ޝަރީފު ވަނީ އެމަނިކުފާނުގެ މައްޗަށް ކުރެވުނީ ސިޔާސީ ގޮތުން ކުލަ ޖެހިފައިވާ ދައުވާތަކެއްކަމަށް ވިދާޅުވެފައެވެ. ނަވާޒް ޝަރީފާއި ދަރިކަނބަލުން މަރިޔަމް ތިއްބެވީ ނަވާޒް ޝަރީފްގެ އަނބިކަނބަލުން ކުލްސޫމް ނަވާޒް ކެންސަރަށް ފަރުވާ ހޯއްދަވަމުންދާތީ ލަންޑަނުގައެވެ. 

11 އަހަރުގެ ޖަލު ހުކުމުގެ ތެރެއިން އެއް އަހަރުގެ ހުކުމަކީ ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯއަށް އެއްބާރުލުން ނުދެއްވައިގެން އިއްވި ހުކުމެކެވެ. 

ނަވާޒްގެ ދަރިކަނބަލުން މަރިޔަމް ނަވާޒް ޝަރީފަށް އިއްވީ 7 އަހަރުގެ ހުކުމެކެވެ. އެއީ ކުށެއްކުރުމަށް އެހީވިިކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި އިއްވި ހުކުމެކެވެ. އަދި މަރިޔަމްގެ ފިރިކަލުންްގެ މައްޗަށް ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯއަށް އެއްބާރުލުން ނުދެއްވައިގެން އެއް އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. 

ލަންޑަނުގައި ނަވާޒް ޝަރީފާއި އޭނާގެ އާއިލާގެ ބޭފުޅުން ބައްލަވައިގަތް ގެތަކެއްގެ މައްސަލަ ފެންމަތިވީ 2015 ވަނަ އަހަރު ލީކުވި 'ޕެނަމާ ޕޭޕަރސް'ތަކުންނެވެ. ނަވާޒްގެ އާއިލާއިން ބުނީ އެތަންތަނަކީ ހަލާލު އާމްދަނީއިން ހޯދާފައިވާ ތަންތަންކަމަށެވެ. 

ޕާކިސްތާނުގެ ކޯޓުން ކުރި ހުކުމްގައި ނަވާޒް ޝަރީފްގެ އާއިލާގެ ގެތައް ޕާކިސްތާނުގެ ސަރުކާރަށް ނެގުމަށްވެސް އަމުރުކޮށްފައިވެއެވެ. 

ކޯޓުގެ ނިންމުމާއި ގުޅިގެން ޕާކިސްތާނުގައި ހަމަނުޖެހުން އުފެދިދާނެކަމަށް ބަލައި ސަލާމަތީ ބާރުތަކުން ވަނީ ތައްޔާރަށް ޙާލަތުގައެވެ. އަދި ކޯޓު ހިމެނޭ ސަރަހައްދަށް ދެވޭ މަގުތައް ބަންދުކޮށް، އެސަރަހައްދުގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ބޭއްވުން ސަރުކާރުން މަނާކުރިއެވެ. 

އެހެން ނަމަވެސް ޕާކިސްތާނުގެ އެހެން ސަރަހައްދުތަކުގައި ނަވާޒްގެ ސަޕޯޓަރުން ގެންދަނީ އެހުކުމާއި ގުޅިގެން މުޒާހަރާކުރަމުންނެވެ. 

ނަވާޒް ޝަރީފްގެ މައްޗަށް ހުކުމްކޮށްފައި މި ވަނީ އާއްމު އިންތިޚާބު ބޯމަތިވެފައިވަނިކޮށެވެ. މިމަހުގެ 25 ވަނަ ދުވަހު ޕާކިސްތާނުގައި އާއްމު އިންތިޚާބުގެ ވޯޓުލުން އޮންނާނެއެވެ. ޕެނަމާ ޕޭޕަރސްގެ މައްސަލައިގައި މިދިޔަ އަހަރު ބޮޑުވަޒީރުކަމުގައި ހުންނަވަނިކޮށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ވަނީ ނަވާޒް ޝަރީފް މަޤާމުން ދުރުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް