16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ރިޔާސީ އިންތިޚާބު 2018

މިކިޔަނީ ކޮން 'ނޫ އިޤްތިޞާދެއް'ގެ ވާހަކައެއް؟

  • އެމްޑީޕީ އިން މިފަހަރު ހުށަހަޅާ އިޤްތިޞާދީ ސިޔާސަތަކީ ނޫ އިޤްތިޞާދު
  • ކުރިއަރާފައިވާ ޤައުމުތަކުން ބަލައިގެންފައިވާ، އަދި ޤައުމުތަކުގައި ތަންފީޒުކުރެވެމުންދާ ވިސްނުމެއް
މިއުވާން މުހައްމަދު | Miuvaan

| 6 ޖުލައި 2018 | ހުކުރު 16:54 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


މަސްވެރިކަމަކީ މިހާރު ވެސް ރާއްޖޭގެ އިޤްތިޞާދުގެ އެއް ތަނބު -- ފިޝަރީސް މިނިސްޓްރީ

އެމްޑީޕީގެ މެނިފެސްޓޯ އިއުލާންކުރުމާ އެކު، އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތް އެއް ސިޔާސަތަކީ 'ނޫ އިޤްތިޞާދު' ސިޔާސަތެވެ. މީގެ ކުރިން ވެސް އިންތިޚާބުތަކާ ދިމާކޮށް އެމްޑީޕީ އިން ވަރަށް ތަފާތު ނަންނަން ކިޔާ ސިޔާސަތުތައް ރައްޔިތުންނަށް ގެނެސްދިނެވެ.

އެ ގޮތުން 2008 ވަނަ އަހަރު 'ބޭސް ސިޓީއަށް ސަލާން ޖެހުން ނައްތާލުން،' ނަމުގައި ހުށަހެޅި ވައުދު ހަޤީގަތަކަށް ބަދަލުވެގެން ދިޔައީ އެންމެ ފުރަތަމަ މަދަނަ، އަދި ފަހުން އާސަންދައިގެ ސިފައިގައެވެ. 'ރަށު ބަންދުން ވީއްލުން' ހަޤީގަތަކަށް ވެގެން ދިޔައީ ފެރީގެ ނިޒާމް މުޅި ރާއްޖެއަށް ހުޅުވާލި ހިސާބުންނެވެ. 'ކަންމަތީ ފިހާރަތަކުގެ ދަރަނި ކަނޑާލީ' ޓެކްސްގެ ނިޒާމު ތަޢާރަފްކުރި ހިސާބުންނެވެ. 'ދިރިއުޅުމުގެ އަގުތައް ތިރިކުރުމަށް' ވި ވައުދު ފުއްދީ އިމްޕޯޓް ޑިއުޓީ ކުޑަކޮށް، ގިނަ ބާވަތްތަކުން ޑިއުޓީ ކަނޑާލައިގެންނެވެ. 

މީގެ އިތުރުން 2013 ވަނަ އަހަރުގެ އިންތިޚާބަށް ވެސް 'ކަނޑު ގޮވާން ކުރުމާއި'، 'އެގްރިވިޔަފާރި' އާއި، 'ހަމައިސްކޮޅަށް ތެދުވެވޭ މަސައްކަތްތެރިޔާ'ގެ އިތުރުން 'ބިރަކާ ނުލައި މަޖާކުރުން' ވެގެން ދިޔައީ ގިނަ ބަޔަކަށް ކަމުދިޔަ ކަން ކަމަށެވެ. 

މި ފަހަރު ވެސް ތަފާތު ވައުދުތަކެއް އެމްޑީޕީ އިން ހުށަހަޅާއިރު، ނޫ އިޤްތިޞާދު ލޮލުގައި އަޅައިގަތް އެއް ސަބަބަކީ މިހާރު ވެސް ވެރިކަމުގައި އޮތީ ވަރަށް ބޮޑަށް އިޤްތިޞާދުގެ ވާހަކަ ދައްކާ ސަރުކާރަކަށް ވާތީއެވެ. އެހެންކަމުން މިކިޔަނީ ކޮން 'ނޫ އިޤްތިޞާދެއް'ގެ ވާހަކަތޯ ބަލާލަން އެބަޖެހެއެވެ. 

ވާރލްޑް ބޭންކުން ނޫ އިޤްތިޞާދު، ނުވަތަ 'ބްލޫ އިކޮނޮމީ' މާނަކުރަނީ އިޤްތިޞާދީ ކުރިއެރުމަށާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ވަޒީފާ އުފެއްދުމުގެ އިތުރުން ކަނޑުގެ ތިމާވެށި ރައްކާތެރި ގޮތުގައި ބޭނުންކުރުމާ އެކު ކަނޑުގެ ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށެވެ. 

މިއީ ހަމައެކަނި ކަނޑުން ފައިދާ ލިބިގަތުމަށް ބޭނުންކުރާ ބަހެއް ނޫނެވެ. ނޫ އިޤްތިޞާދުގައި ކަނޑުން ފައިދާ ލިބިގަތުމާ އެކު، ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމާއި، ތިމާވެށި ރައްކާތެރިކުރުން ވަރަށް ބޮޑަށް އެކުލެވިގެންވެއެވެ. 

ނޫ އިޤްތިޞާދުގައި ހިމެނޭ ބައެއް މުހިއްމު އަސާސްތައް:

އިއާދަކުރަނިވި ހަކަތަ

ނޫ އިޤްތިޞާދުގައި ކަނޑުގެ ބޭނުންކުރަނީ ހަމައެކަނި މަސްވެރިކަމާއި ދަތުރުފަތުރަކަށް ނޫނެވެ. ކަނޑުން އިއާދަކުރަނިވި ހަކަތަ އުފެއްދުމަކީ ނޫ އިޤްތިޞާދެއްގެ އެންމެ މުހިއްމު އެއް އަސާސެވެ. ކަނޑުގެ ބާނިތަކާއި، ރާޅުތަކާއި އޮއެވަރަކީ ކުޑަކުޑަ ޤައުމަކަށް ބޭނުންވާ ހަކަތަ އުފެއްދުމަށް އެންމެ އެކަށީގެންވާ އެއް ވަޞީލަތަށް ވާނެއެވެ. 

 

މަސްވެރިކަން

ނޫ އިޤްތިޞާދެއްގެ އަނެއް މުހިއްމު އަސާސަކީ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް، މަސްވެރިކަމުގެ އިތުރުން ކަނޑުފަޅުން ނަފާ ލިބިގަތުމެވެ. ކަނޑުގެ ދިރުންތަކުން ނަފާ ލިިބިގަތުމުގައި މާކަނޑަށް ނިކުމެ މަސް ބޭނުމުގެ އިތުރުން ކުރެވިދާނެ އެހެން ގިނަ ކަންކަން ހުރެއެވެ. މެރިކަލްޗަރ ނުވަތަ ކަނޑު ގޮވާން ކުރުމަކީ އެއިން ބޮޑު ނަފާއެއް ލިބޭނެ ސިނާޢަތެކެވެ. 

 

ކަނޑު ދަތުރުދަތުރު

ނޫ އިޤްތިޞާދެއް އެންމެ ފުރިހަމަ ގޮތުގައި އަށަގެންނެވޭނީ ކަނޑާއި ކައިރީގައިވާ ނުވަތަ ކަނޑު ވަށައިގެންވާ ޤައުމުތަކުގައެވެ. މިފަދަ ޤައުމެއްގައި، ޚާއްސަކޮށް ޖަޒީރާ ޤައުމެއްގައި ކަނޑުދަތުރުފަތުރަކީ އިޤްތިޞާދުގެ އެންމެ މުހިއްމު އެއް ނާރެހަށް ވެއެވެ. ކަނޑުގެ އުފެއްދުންތަކުގެ ވިޔަފާރިކުރާއިރު، އެތަކެތި އެއްތަނުން އަނެއް ތަނަށް ގެންދިޔުމާއި، އެހެން ވިޔަފާރިތަކަށް ވެސް ފަސޭހަކަމާ އެކު ތަކެތި ގެނެސް ފޮނުވައި ހެދޭނެ ނިޒާމެއް އޮންނަން ޖެހެއެވެ. އަދި ފަސޭހަކަމާ އެކު އަގު ހެޔޮކޮށް އެއްތަނުން އަނެއް ތަނަށް މީހުން އުފުލުމަކީ މުހިއްމު ކަމެކެވެ. ޔޫރަޕްގެ ޤައުމުތަކުގައި މިހާރު ވެސް ފަސޭހަކަމާ އެކު އަދި އަގުހެޔޮކޮށް އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައި ވަނީ މިދެންނެވި ވިސްނުމުގެ މައްޗަށް ބިނާކޮށެވެ. އެހެން ނަމަވެސް އެއީކީ މުޅިއަކުން ނޫ އިޤްތިޞާދެއް އޮންނަ ޤައުމުތަކެއް ނޫނެވެ. ނޫ އިޤްތިޞާދެއް ބިނާކުރާއިރު ކަނޑުމަގުން މިދެންނެވި ދަތުރުފަތުރުކުރެވޭނެ ފަސޭހަ ގޮތްތައް ހަމަޖެހިފައި ހުންނާނެއެވެ. 

 

ފަތުރުވެރިކަން

ކަނޑުގެ އައްސޭރިފަށުގައި އޮންނަ ޤައުމުތަކާއި ޖަޒީރާ ޤައުމުތަކުގެ ފަތުރުވެރިކަން ބިނާވެފައި އޮންނަނީ ކަނޑުގެ ދިރުންތަކާއި ކަނޑު އަޑީގެ ރީތިކަމަށެވެ. މި ޤައުމުތަކުގައި ޔޫރަޕްގެ ފަރުބަދަމަތީ ޤައުމުތަކުގައި ނުވަތަ އެފްރިކާގެ ސަހަރާތަކުގައި ނުވަތަ ދެކުނު އެމެރިކާގެ ޖަންގަލިތަކުގައި އޮންނަ ފަދަ ފަތުރުވެރިކަމެއް ތަރައްޤީއެއް ނުކުރެވޭނެއެވެ. އެހެންކަމުން ނޫ އިޤްތިޞާދެއްގައި ފަތުރުވެރިކަން ކުރައިރައިގެން ދާނީ ކަނޑާއި ވަރަށް ބޮޑަށް ލާމެހިގެން، ތަފާތު ފަތުުރުވެރިކަމެއްގެ ގޮތުގައެވެ.

މި ނޫން ވެސް ތަފާތު އެތައް ކަމެއް ނޫ އިޤްތިޞާދެއްގައި ހިމެނެއެވެ. ފާހަގަކޮށްލާފައި އެވާ ދާއިރާތަކަކީ ރާއްޖެއާ ގުޅުން ހުރި މުހިއްމު ބައެއް ދާއިރާތަކެވެ. މިދާއިރާތަކަށް އެމްޑީޕީގެ މެނިފެސްޓޯގައި ވަރަށް ބޮޑަށް އެކި ގޮތްގޮތަށް އަލިއަޅުވާލާފައި އެބަވެއެވެ. 

އަޅުގަނޑުމެން މިވަގުތު އެޖަމާޢަތަކުން ވަކިވެފައިވާ ކޮމަންވެލްތުގެ މެމްބަރު ގިނަ ޤައުމުތަކަކީ ކަނޑުގެ އައްސޭރިފަށުގައި އޮތް ޤައުމުތަކެކެވެ. އެހެންކަމުން ކަނޑުގެ ނަފާ ހެޔޮ ގޮތުގައި ލިބިގަތުމަށް، އަދި ނޫ އިޤްތިޞާދެއް އެޤައުމުތަކުގައި އަށަގެންނެވުމަށް ފަށާފައިވާ ކޮމަންވެލްތު ބްލޫ ޗާޓަރއަކީ ނޫ އިޤްތިޞާދެއް ކާމިޔާބުވެދާނެކަމުގެ ހެއްކެކެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް