21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ޕީޕީއެމް

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

  • ރަނގަޅު ވެރިޔަކު އައިސްފިނަމަ މި ސަރުކާރުގެ އެންމެން ޖަލަށް ލާނެ: ނާދިރާ
  • ކޮރަޕްޝަންގެ އަމަލުތައް އޮތީ ސަރުކާރުގެ މަތި ފަޑިއާ ގުޅިފައި: ނާދިރާ
ނާފިއު ރަޝީދު | NaphiuR

| 20 ޖެނުއަރީ 2017 | ހުކުރު 05:00 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  5. މިނިސްޓަރު އަލީ ވަހީދުގެ ކާފާފުޅު އުމުރުފުޅުން 100 އަހަރުގައި އަވަހާރަ ވެއްޖެ
  6. އައިޝްވަރިޔާ އާއި އަބީޝެކް ރާއްޖޭގައި
  7. ވިލިނގިލީ ބަނދަރު ހަލާކުވެ ރަށުތެރެއަށް އުދަ އަރަނީ
  8. ރައީސްގެ ދަތުރުފުޅަކީ އިންޑިއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް، ޚަރަދުތައްވެސް އެ ޤައުމުން!


ޕީޕީއެމްގެ ނައިބު ރައީސް އާމިނަތު ނާދިރާ -- ރާއްޖެއެމްވީ

ރަނގަޅު މީހަކު މިގައުމުގެ ވެރިކަމަށް އައިސްފިނަމަ މިހާރުގެ ވެރިކަމުގައި ތިއްބެވި އެންމެން ތިބޭނީ ޖަލުގައި ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނައިބު ރައީސް އާމިނަތު ނާދިރާ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އިސްލާހީ އެޖެންޑާގެ މަސައްކަތްތަކާ ބެހޭ ގޮތުން ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނާދިރާ ވިދާޅުވީ އިސްލާހީ އެޖެންޑާގެ މަސައްކަތް ފެށުމުގެ ގޮތުން ބުދަ ދުވަހުގެރޭ ޕާޓީގެ އާންމު މެމްބަރުންނާ ބައްދަލުކުރެއްވުމަށް މަސައްކަތް ކުރެއްވި އެއްވުން ދެ ފުލުހަކު އައިސް ހުއްޓުވާފައިވާ ކަމަށެވެ.

ނާދިރާ ވިދާޅުވީ އިސްލާހީ މަސައްކަތަކީ މި ސަރުކާރުން ކޮށްފައި ހުރި ކޮރަޕްޝަންގެ އަމަލުތަކާއި ރައްޔިތުންގެ ހައްގުތައް ނިގުޅައި ގަނެފައިވުމާއެކު މިނިވަންކަން ގެއްލެމުންދާ ވާހަކަތައް ދެއްކުމަށް ކުރަމުންގެންދާ މަސައްކަތެއް ކަމަށެވެ. އެހެން ނަމަވެސް އެވާހަކަތައް ދެއްކުން ހުއްޓުވުމަށްޓަކައި މިސަރުކާރު އޮތީ ވަރަށް ފާރަވެރިވެ ކަމަށް ނާދިރާ ވިދާޅުވި އެވެ.

ނާދިރާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ނާގާބިލިއްޔަތު ވާހަކަ ދެއްކުން ހުއްޓުވަނީ އެ ހުރިހާ ކަމަކާއި ސަރުކާރުގެ މަތިފަޑިއާ ގުޅި ލާމެހިފައިވާތީއެވެ. އަދި މިގައުމުގައި އިންސާފުވެރި އިންތިހާބަކާއެކު ރަނގަޅު މީހަކު ވެރިކަމަށް އައިސް މިހުރިހާ މައްސަލަތަކެއް ބަލައިފި ނަމަ، މިހާރުގެ ސަރުކާރުގައި ތިއްބެވި ހުރިހާ ފަރާތްތަކެއް ތިބޭނީ ޖަލުގައި ކަމަށް ވެސް ނާދިރާ ވިދާޅުވި އެވެ.

ނާދިރާ ވިދާޅުވީ މި ސަރުކާރުން ވަނީ ގައުމުގެ ބޮޑު ބައެއް ވިއްކާލާފައި ކަމަށާއި އަދި އެ ވިއްކާލި ތަނެއް އަނބުރާ ހޯދަން ވެއްޖެނަމަ އެތަށް ބައިވަރު ފައިސާއެއް ދައްކަން ޖެހޭނެ ކަމަށެވެ. އެގޮތަށް ވިއްކާލި ތަނެއް އަނބުރާ ހޯދަން ވެއްޖެނަމަ އެފަރާތަކަށް ދައްކަންޖެހޭ ފައިސާއެއް މިގައުމުގެ ބަޖެޓުގައެއް ނުހުންނާނެ ކަމަށްވެސް ނާދިރާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް