19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

އޭސީސީ

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

  • ފިޝަރީޒް މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ކޮރަޕްޝަންގެ ކުށެއް ސާބިތު ކުރެވޭވަރުގެ ހެއްކެތް ނެތް
  • ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކޮށްފައިވަނީ ރަނގަޅަށް
މުހައްމަދު ފަޒީން | phaxyn

| 20 ޖެނުއަރީ 2017 | ހުކުރު 05:00 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


އޭސީސީގެ މެމްބަރުން -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ދެހާސް ދިހަ ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުގައި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ފުޑް ސެންޓަރ (އޮއިވާލި ކަނދުފަތި އަދި އެން ކަނދުފަތި ތައްޔާރުކޮށް ދިރާސާކުރާ ސެންޓަރ) އަދި ފިޝަރީޒް ޓްރެއިނިންގ ސެންޓަރުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ދެ އިއުލާނާ ގުޅިގެން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލާގައި ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެން ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބުނެފި އެވެ.

އޭސީސީން ތަހުގީގު ކޮށްފައިވާ ރިޕޯޓްގައި ބުނެފައި ވަނީ ސެކިއުރީ ބެލެހެއްޓުމަށް ހުށަހަޅާފައިވާ އަށް އެސްޓިމޭޓަކީ ދެ ފަރާތަކުން ހުށަހަޅާފައިވާ އެސްޓިމޭޓްތަކެއްކަން ފާހަގަކުރެވޭ ކަމަށާއި، މެރިން ރިސާރޗް ސެންޓަރގެ ސެކިއުރިޓީ ބެލެހެއްޓުން ސެކިއުރިޓީ ފާމަކާއި ހަވާލުކޮށްފައިވާއިރު، ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށް އެސްޓިމޭޓް ހޯދާފައިނުވާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައެއްގެ އިތުރުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ގައި ފާހަގަކޮށްފައިވާ މައްސަލަ އެކޮމިޝަނުގެ ފަރާތުން ތަހުގީގުކުރިއިރު އެމައްސަލަތަކުގައި ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެން ނުވާ ކަމަށެވެ.

އޭސީސީން ބުނީ ފިޝަރީޒް މިނިސްޓްރީން ދެވަނަ އިއުލާނެއް ކޮށްފައިވާކަމަށް ނުބެލެވޭކަމާއި، މިކަމަކީ މާލިއްޔަތު ގަވާއިދުގެ ބާބު 8 ގެ 19 ވަނަ މާއްދާއާ ހިލާފަށް ކޮށްފައިވާ އަމަލެއްކަމަށް ތަހުގީގަށް ފާހަގަކުރެވިފައި ވީނަމަވެސް، މިކަމަކީ ވަކި ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމުގެ ބޭނުމުގައި ކޮށްފައިވާކަމެއްކަން ތަހުގީގަށް ސާބިތުވެފައިނުވާ ކަމަށެވެ.

މި މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏަކީ މިމަސައްކަތަށް އެންމެ ކުޑައަގު ހުށަހަޅާފައިވާ ފަރާތްކަމަށް ވާތީއާއި، އެފަރާތަކީ ސެކިއުރިޓީ ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވާ އަދި ސަރުކާރުގެ ވަރަށްގިނަ އޮފީސްތަކާއި އަމިއްލަ ބައެއް އޮފީސްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކުންފުންޏެއްކަމަށް އިވެލުއޭޝަން ކޮމެޓީން ފާހަގަކޮށްފައިވާ ކަމަށް ވެސް އެރިޕޯޓުގައި ވެއެވެ.

އެހެންކަމުން ވިލިމާލޭ ޓްރޭނިންގ ސެންޓަރާއި، ހުޅުމާލޭގައި ހުންނަ އޮއިވާލި ކަނދުފަތި އަދި އެން ކަނދުފަތި ތައްޔާރުކޮށް ދިރާސާކުރާ ސެންޓަރުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމަށް އޭސީސީގެ ތަހުގީގަށް ބެލެވެން ނެތް ކަމަށެވެ.

މީގެއިތުރުން މެރިން ރިސާރޗް ސެންޓަރގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާކަން ނުވަތަ އެ މަސައްކަތް ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމަށް ސާބިތުކުރެވޭވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ، އެ މައްސަލާގައި ވެސް ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް އޭސީސީން ނިންމާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް