26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ގެނބިގެން މަރުވުން

އެމެރިކާގައި ސައުދީގެ ދެ ދަރިވަރުން ގެނބިގެން މަރުވެއްޖެ

  • އެ ކުދިންގެ ހަށިގަނޑު ސައުދީއަށް ފޮނުވާލުމުގެ މަސައްކަތް ދަނީ ކުރަމުން
  • އާއިލާއަށް އެކުދިން ނުފެންނަތާ ފަސް އަހަރު
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 5 ޖުލައި 2018 | ބުރާސްފަތި 19:37 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  6. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  7. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް
  8. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް


އެމެރިކާގައި މަރުވި ސައުދީގެ ދެ ދަރިވަރުން -- ޓްވިޓަރ

އެމެރިކާގައި އޮޔާ ދިޔަ ދެ ކުދިން ސަލާމަތް ކުރުމަށް އެ ގައުމުގައި ކިޔަވަމުންދާ ސައުދީގެ ދެ ދަރިވަރުން މަސައްކަތް ކުރަމުން ދަނިކޮށް ގެނބިގެން މަރުވެއްޖެއެވެ.

ހުކުރު ދުވަހުގެ އެ ހާދިސާ ހިނގާފައި ވަނީ މެޗަސޫޓަސްގެ ޗިކޮޕީ ކޯރުގައެވެ. ދަރިވަރުންގެ ތިމާގެ މީހަކު ބުނީ، އެ ދަރިވަރުން ދިޔައީ ސިވިލް އިންޖްނިއަރިންގް ކިޔަވަމުން ކަމަށާއި މިހާރު ގާތްގަނޑަކަށް ފަސް އަހަރު ވެފައިވާ ކަމަށެވެ. އަދި ޔުނިވާސިޓީން ގްރެޖުއޭޓްވާ ދުވަސް ކައިރިވެފައިވާއިރު، ކިޔަވަން ފެށީއްސުރެ އާއިލާއަށް އެ ކުދިން ނުފެންނަ ކަމަށާއި އެންމެން ވެސް ދިޔައީ، އެ ކުދިން ގްރެޖުއޭޓް ވެގެން ސައުދީއަށް އެނބުރި އަންނަވާއިރަށް ތައްޔާރުވަމުން ކަމަށެވެ.

އެކުދިންގެ ހަށިގަނޑު މިހާރު އެމެރިކާގެ ކަމާ ބެހޭ މުއައްސަސާތަކުގެ ބެލުމުގެ ދަށުން ދަނީ ސައުދީއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް ފުރިހަމަ ކުރަންޖެހޭ އިޖްރާއަތްތަކެއް ހުރުމުން އެ ކުދިންގެ ހަށިގަނޑު ފޮނުވާލުމުގައި ލަސްތަކެއް ވަނީ ވެފައެވެ.

އާއިލާ އާއި އެ ކުދިންނާ ދެމެދު އެންމެ ފަހުން މުއާމަލާތެއް ހިނގާފައި ވަނީ އެ ހާދިސާ ހިނގުމުގެ ދެ ދުވަސް ކުރިން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސައުދީގެ ތީބް އަލްޔާމިން (27އ) އާއި ޖަސީރް ދަހަމް އަލްރަޚް (25އ) ގެނބިފައި ވަނީ އެމެރިކާގެ އާއިލާއަކަށް ނިސްބަތްވާ ދެކުދިން އޮޔާދާން ފެށުމުން އެކުދިން ސަލާމަތް ކުރެވޭތޯ އެތައް ބަޔަކު ކުރި މަސައްކަތް އެއްބާރުލުން ދިނުމަށް، އެކަމުގައި ހަރަކާތްތެރި ވަނިކޮށް ކުއްލިއަކަށް އުފެދުނު ބާރުގަދަ އޮއިވަރެއްގައި ދަމައިގަތުމުގެ ސަބަބުންނެވެ.

މަރުވި ދަރިވަރުންގެ އާއިލާއަށް ފުން ހިތާމައެއް މިކަމުގެ ސަބަބުން ލިބިފައިވާއިރު އެ ދަރިވަރުންގެ އާއިލާތައް ދަނީ އެ ކުދިން މަރުވެފައި ވަނީ ވަރަށް މަތިވެރި މަގްސަދެއްގައި ހަރަކާތްތެރިވަނިކޮށް ކަމަށް ބުނެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް