21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ގައުމީ ފުޓްބޯޅަ އެކަޑަމީ

ގައުމީ ފުޓްބޯޅަ އެކަޑަމީގެ ބިންގާ ހުޅުމާލޭގައި އަޅައިފި

 • މި އެކަޑަމީގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ނިންމާފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން
 • މި މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަށް 15 މިލިއަން ރުފިޔާ ހޭދަވާނެ
 • މިއީ އެއްފަހަރާ 100 ކުދިންނަށް ތިބެވޭ ގޮތަށް ތަރައްގީކުރާ އެކަޑަމީއެއް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 5 ޖުލައި 2018 | ބުރާސްފަތި 18:00 | |

މަގުބޫލް

 1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
 2. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
 3. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
 4. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
 5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
 6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
 7. އަލިދީގެ ތާއީދު އިބޫއަށް!
 8. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ


ގައުމީ ފުޓްބޯޅަ އެކަޑަމީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން -- އެފްއޭއެމް

ސަރުކާރުން އަޅާ ގައުމީ ފުޓްބޯޅަ އެކަޑަމީގެ ބިންގާ އަޅައިފިއެވެ.

ބައިނަލްއަގްވާމީ ފެންވަރަށް ތައްޔާރުކުރާ މި އެކަޑަމީގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ނާސިފްއެވެ. ހުޅުމާލޭގައި ތަރައްގީކުރާ މި އެކަޑަމީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މި ބޭފުޅުންގެ އިތުރުން ސްޕޯޓްސް ކޮމިޝަނަރ އަލީ އުމަރު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި އެކަޑަމީގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ނިންމާފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހި ނިމޭއިރު އެކޮމޮޑޭޝަން ބްލޮކަކާއި ބޮޑު ޓާފް ދަނޑަކާއި އޮފީހެއްގެ އިތުރުން ނަމާދުކުރާ ތަނެއް ހިމެނޭނެއެވެ. އެފްއޭއެމް ބުނެފައިވާ ގޮތުގައި ދެވަނަ ފިޔަވަހީގައި އެކަޑަމީއަށް އިތުރު ކުރެވިގެންދާނީ ދަނޑުތަކެކެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަށް 15 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވޭއިރު އެކަޑަމީ ގާއިމުކުރުމަށް ހުޅުމާލޭގައި ވަނީ ދެ ލައްކަ ތިރީސް ހާސް އަކަފޫޓުގެ ބިމެއް ހާއްސަކުރެވިފައެވެ. މި އެކަޑަމީގެ މަސައްކަތްތައް ކުރިޔަށް ގެންދާނީ ފީފާ އަދި އޭއެފްސީގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެފްއޭއެމް އިން ބުނެއެވެ.

މިއީ އެއްފަހަރާ 100 ކުދިންނަށް ތިބެވޭ ގޮތަށް ތަރައްގީކުރާ އެކަޑަމީއަކަށް ވާއިރު މި އެކަޑަމީ އިން ތަމްރީނުވާނީ އުމުރުން 13 އަހަރާއި 17 ދެމެދުގެ ކުޅުންތެރިންނެވެ.

މިއީ ސަރުކާރުން ހަރަދުކުރާ މަޝްރޫއަކަށް ވާއިރު މިފަދަ ބައިނަލްއަގްވާމީ އެކަޑަމީއެއް ރާއްޖޭގައި ގައިމުކުރައްވާނެ ކަމަށް 2016 ވަނަ އަހަރު ރައީސް ޔާމީން ވަނީ އިއުލާންކުރައްވާފައެވެ.

އެކަޑަމީއަށް ކުދިން ހޮވުމުގެ ގޮތުން އަތޮޅު ތެރޭގެ ރަށްތަކަށް ދަތުރުކުރުމަށް އެފްއޭއެމްއިން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް