20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އުރީދޫ

ރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓަރ ޕްރޮގްރާމް އުރީދޫ އިން ތައާރަފްކޮށްފި

  • މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބު ވިޔަފާރިއެއް ފަށައިގަތުމަށް ވަރަށް އެދެވިގެންވާ ޕްލެޓްފޯމެއް
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 5 ޖުލައި 2018 | ބުރާސްފަތި 16:54 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


ނިރުގެ ޕޯސްޓަރ -- އުރީދޫ

މުޖުތަމަޢަށް މަންފާކުރާ ތަފާތު އީޖާދީ ދިވެހި އުފެއްދުންތަކަށް، ރާއްޖެއިން އަދި ބައިނަލްއަޤްވާމީ މާކެޓުގައި ކުރިއެރުމުގެ ފުރުސަތުތައް ހޯދައިދިނުމުގެ މަޤްސަދާ އެކު، ދިވެހިރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓަރ ޕްރޮގްރާމް ކަމަށްވާ "ނިރު އެކްސެލެރޭޓަރ" އުރީދޫ އިން ތައާރަފްކޮށްފިއެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ "ފެށުނީއްސުރެ، އުރީދޫގެ ތަސައްވަރަކީ ޓެކްނޮލޮޖީތަކާއި ޚިދުމަތްތައް މެދުވެރިކޮށް ދިވެހިރައްޔިތުންގެ ޙަޔާތަަށް އިތުރު ފުރިހަމަ ކަމާއި ކުރިއެރުން ގެނެސްދިނުން" ކަމަށެވެ. ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް، ވިޔަފާރިކުރާ ގޮތްތަކާއި ޚިދުމަތްދޭ ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްދީފައިވާ ކަމަށާއި އެންމެ އެކަހެރި ހިސާބުތަކުން ވެސް، ދުނިޔޭގެ ޑިޖިޓަލް މާކެޓުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮންމެ އަހަރަކު އެއް ފަހަރު، އަލަށް ފަށައިގަންނަ އަދި ކުރިއަރަމުންދާ ދިވެހި ވިޔަފާރިތައް މި ޕްރޮގްރާމަށް ގެނެސް، މުޖުތަމަޢަށް ފައިދާވާނެ ޑިޖިޓަލް ސޮލިއުޝަންތަކެއް ބިނާކޮށް، ކުރިއެރުވުމަށް އުރީދޫ އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި މި ޕްރޮގްރާމްގައި ބައިވެރިވުމަށް ކުދި އަދި އަރަމުން އަންނަ ދިވެހި ވިޔަފާރިތަކަށް މަރުޙަބާ ކިޔާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުރީދޫ އިން ބުނީ 'ނިރު' އަކީ، ބޭނުންވާ ރިސޯސްތަކާއި ތަޖުރިބާކާރު މެންޓަރުންގެ އެހީގައި،  ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބު ވިޔަފާރިއެއް ފަށައިގަތުމަށް ވަރަށް އެދެވިގެންވާ ޕްލެޓްފޯމެއް ކަމަށެވެ. އަދި އެގޮތުން، އެކްސެލެރޭޓަރ އަށް ހޮވާލެވޭ ޓީމްތަކަށް ސީޑް ފަންޑިންގް، 12 ހަފްތާގެ އިންޓެންސިވް މެންޓަރޝިޕް ޕްރޮގްރާމެއް، މަސައްކަތް ކުރާނެ ކޯ-ވަރކިންގ ސްޕޭސް، ވިޔަފާރި ބިނާކުރުމަށް ޑިޖިޓަލް ޓޫލްތައް އަދި އެކްސްޕަރޓުންގެ ފަރާތުން ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދެވޭނެ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ. ހަމައެއާ އެކު ޓްރެއިނިގް ޕްރޮގްރާމް ނިމުމަކަށް އައުމުން، އިތުރު އިންވެސްޓްމަންޓް ފުރުސަތުތަކަށް ޕިޗްކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށާއި 'ނިރު' އެކްސެލެރޭޓަރ ފުރިހަމަކުރުމަށް ފަހު ވެސް، ދިގުމުއްދަތަށް ދެމިގެންދާނެ މުހިންމު ފައިދާތަކާއި ޕާޓްނަރޝިޕް ފުރުސަތުތައް ބައިވެރިންނަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫ އިން ބުނި ގޮތުގައި 'ނިރު' އެކްސެލޭޓަރގައި ބައިވެރިވުމުގެ ފުރަތަމަ ފިޔަވައްސަކީ، ކުރިއަށްއޮތް އޮގަސްޓް މަހުގައި ބޭއްވޭ ހެކަތޮންއެވެ. އެގޮތުން، މި ހެކަތޮން މެދުވެރިކޮށް ބައިވެރިންނަށް ޚިޔާލު ފަރުމާކުރުމަށާއި، ވިޔަފާރީގެ ބިންގާތަކާއި، ބޭސިކް ޕްރޮޓޯޓައިޕް އެއް ބިނާކުރާނެ ޑިޖިޓަލް ޓޫލްތައް ފޯރުކޮށްދެވޭނެ ކަމަށާއި ހެކަތޯންގައި ހުށައެޅޭ ކޮންސެޕްޓުތަކުގެ ތެރެއިން ހޮވާލެވޭ އެންމެ ރަނގަޅު ޚިޔާލުތައް، އެކްސެލެރޭޓަރގައި ބައިވެރިކުރެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

މުޖުތަމައު އަށް ފައިދާކުރާނެ، އީޖާދީ ޚިޔާލަކާ އެކު ކޮންމެ ފަރާތަކަށް ވެސް 'ނިރު އެކްސެލެރޭޓަރ' ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫއިން ވަނީ ހުޅުވާލާފައެވެ.

'ނިރު އެކްސެލޭޓަރގައި' ބައިވެރިވުމުގެ ޝަރުތުތަކަކީ:

•    ނިރު އެކެސެލްރޭޓަރގެ ހަތަރު އިޖްތިމާއީ ޝިޢާރުތަކުން، މަދުވެގެން އެއް ޝިޔާރަކާއި ގުޅުންހުރުން

•    ބައިނަލްއަގްވާމީ މާކެޓުގައި ބޭނުންކުރެވޭފަދަ ކޮންސެޕްޓަކަށްވުން

•    ޓެކްނޮލޮޖީ އަދި އިންޓަނެޓް މެދުވެރިކޮށް، ޑިސްޓްރިބިއުޓް ކުރެވޭ ޚިދުމަތަކަށްވުން

•    ކެޕިޓަލް އެފިޝަންޓް ވުމާ އެކު، ލިބިގެންދާ ސީޑް ފަންޑިންގ މެދުވެރިކޮށް ޕްރޮޓޯޓައިޕެއް ބިނާކުރެވޭނެ ޕްރޮޑަކްޓަކަށް ވުން

•    ޓީމުގައި ބިޒްނަސް، ޓެކްނޮލޮޖީ އަދި ޑިޒައިން އަށް އަހުލުވެރި ބޭފުޅުން ތިބުން އެދެވިގެންވޭ

އެކްސެލެރޭޓަރގައި ބައިވެރިވާ ޓީމުގެ އިސްކޮށް މަސައްކަތް ކުރާ ފަރާތަކީ، 12 ހަފްތާގެ އެކްސެލެރޭޝަން ވަރކްޝޮޕްގައި ފުލްޓައިމްކޮށް ބައިވެރިވެވޭނެ ފަރާތަކަށް ވާންޖެހޭނެ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ.

ނިރު އެކްސެލެރޭޓަރގައި ބައިވެރިވުމަށް، ނުވަތަ ޕްރޮގްރާމާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް  www.ooredoo.mv/niru އިން ލިބޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް