22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ޓްރާންސްފާ މާކެޓް

ރޮނާލްޑޯ "ގާތްގަނޑަކަށް" ޔުވެންޓަސްއަށް ސޮއިކޮށްފި

  • ރޮނާލްޑޯ ހޯދުމަށް އެ ކްލަބްއިން ވަނީ 100 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅާފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 5 ޖުލައި 2018 | ބުރާސްފަތި 16:52 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ -- ގެޓީ އިމޭޖާސް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގާތްގަނޑަކަށް އިޓަލީގެ ޔުވެންޓަސްއަށް ސޮއިކޮށްފި ކަމަށް އެ ކްލަބްގެ ކުރީގެ ސީއީއޯ ލޫސިއާނޯ މޮގީ ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރެއާލްގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ރޮނާލްޑޯ ހޯދުމަށް އެ ކްލަބުން ވަނީ 100 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅާފައެވެ. ރޮނާލްޑޯ މިވަގުތު ރެއާލްއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އޭނާގެ ރިލީޒް ފީއަކީ އެއް ބިލިއަން ޔޫރޯއެވެ. ރެއާލް އިން މިހާރު ރޮނާލްޑޯއަށް ދެނީ އަހަރު 18.5 މިލިއަން ޕައުންޑްގެ މުސާރައެކެވެ. އޭނާ ޔުވެންޓަސްއަށް ގެންދިޔުމަށް އެ ކަލްބުން ވަނީ މި އަދަދު 26.5 މިލިއަން ޔޫރޯއަށް އިތުރު ކުރުމަށް ނިންމާފައެވެ. އޭނާ ޔުވެންޓަސްއަށް ބަދަލުވާނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މޮގީއަކީ ޔުވެންޓަސްގެ ސީއީއޯކަން 1994 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރުގެ ނިޔަލަށް ކުރި މީހެކެވެ. އެހެން ނަމަވެސް 2006 ވަނަ އަހަރު ފެންމަތިވި މައްސަލައަކާ ގުޅިގެން އޭނާ އުމުރު ދުވަހަށް ފުޓްބޯޅައާ ގުޅުން ހުރި ކަންކަމުން ސަސްޕެންޑް ކުރެވުނެއެވެ. އޭރު އޭނާ ދިޔައީ ރޮނާލްޑޯ ޔުވެންޓަސް ގެންދިޔުމުގެ މަސައްކަތް ކުރަމުންނެވެ.

އުމުރުން 80 އަހަރުގެ މޮގީ ބުނީ ކްލަބްގެ އެންމެ މަތީ ފަރާތްތަކާ ވާހަކަ ދެކެވިފައިވާ ކަމަށާއި އެ ވާހަކަތަކުން އެނގިގެންދިޔައީ މިހާރު ވެސް ރޮނާލްޑޯ ޔުވެންޓަސްއާ އެކު ކޮންޓްރެކްޓެއްގައި ސޮއިކޮށް އެކްލަބްގެ މެޑިކަލްއިން ފާސްވެފައިވާކަން ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރޮނާލްޑޯ ޔުވެންޓަސްއަށް ގެންދެވޭނެ ކަމުގެ 95 އިންސައްތަ ޔަގީންކަން އެޓީމަށް އެބައޮތެވެ. އެހެން ނަމަވެސް ރޮނާލްޑޯގެ އޭޖެންޓް ހޯޒޭ މެންޑޭސް ބޭނުން ވަނީ އޭނާގެ ކުރީގް ކްލަބް މެންޗެސްޓާ ޔުނައިޓެޑް ނުވަތަ ފްރާންސްގެ ގަދަ ބާރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ވިއްކާލަން ކަމަށް ބެލެވެއެވެ. އޭނާ އަންނަނީ މިހާރު ވެސް ޔުވެންޓަސްގެ ސިޓީ ކަމަށް ޓުރިން އިން ގެއެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ.

ރޮނާލްޑޯ ހޯދުމަށް ޔުވެންޓަސް އިން ފައިސާ ހޯދުމުގެ ގޮތުން އެ ކްލަބަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ވިއްކާލާނެ ކަމަށް ބެލެވެއެވެ. މިހާރު ވެސް ހިގުއައިން ހޯދުމަށް ޔޫރަޕުގެ އެންމެ ބޮޑު ޓީމުތަކުން މަސައްކަތްކުރަމުންދާ އިރު އޭނާ ފެނުން އެންމެ އެކަށީގެން ވަނީ އިނގިރޭސިވިލާތުގެ ޗެލްސީ އިންނެވެ.

ރޮނާލްޑޯއަކީ ރެއާލްގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށް ވާއިރު އޭނާ ވަނީ އެޓީމަށް ގިނަ ކާމިޔާބުތަކެއް ހޯދައިދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް