14 ޑިސެންބަރު 2018 | ހުކުރު | 05 މުލަ
07 ރަބީޢުލްއާޚިރު 1440
ފަތިސް 04:45
އިރުއަރާ 06:02
މެންދުރު 12:05
އަސްރު 15:25
މަޣްރިބް 17:59
އިޝާ 19:16

ފަލަސްތީން-އިސްރާއީލް

ހުޅަނގު އައްސޭރީން ފަލަސްތީނުގެ ބަދަވީން ފައްސާލުމަށް އިސްރާއީލުން ކުރަމުން ގެންދާ މަސައްކަތް އީޔޫ އާއި އދ. އިން ކުށްވެރިކޮށްފި

  • ފަލަސްތީނުގެ ރައްޔިތުން ދަނީ އިސްރާއީލުގެ އަމަލުތަކާ ދެކޮޅަށް މުޒާހަރާ ކުރަމުން
އަހުމަދު އަނޫޝު | IamAhmedAnoosh

| 5 ޖުލައި 2018 | ބުރާސްފަތި 16:25 | |

މަގުބޫލް

  1. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި
  4. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  5. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  6. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  7. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
  8. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް


އިސްރާއީލުގެ އަމަލުތަކާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން ކުރި މުޒާހަރައެއްގެ ތެރެއިން -- އޭއެފްޕީ

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި، ފަލަސްތީނުގެ ބަދަވީންނަށް ނިސްބަތްވާ އަވަށަކުން އެބައި މީހުން ފައްސާލައި އެ އަވަށް ހަލާކުކޮށްލުމަށް އިސްރާއީލުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެނައުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އދ. އިން ގޮވާލާއިފިއެެވެ. 

އދ. އާއި އީޔޫ އިން މިކަން ކުށްވެރިކޮށް ވިދާޅުވީ އިސްރާއީލުގެ މި އަމަލަކީ އިސްރާއީލް-ފަލަސްތީނުގެ މައްސަލައަށް ސުލްހަ ގެނައުމަށް ލިބޭނެ ހުރަހެއް ކަމަށާއި އަދި ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ވެސް ކަމެއް ކަަމަށެވެ. 

މެދު އިރުމައްޗަށް އދ. އިން ކަނޑައަޅާފައިވާ މަންދޫބު، ނިކޮލޭ މްލެޑޮނޯވްގެ އޮފީހުން ބުދަ ދުވަހު ކުރި ޓްވީޓެއްގައި ވިދާޅުވީ "ހާން އަލް-އަހްމަރު" ނައްތާލުމަށް އިސްރާއީލުން ތައްޔާރުވަމުންދާ ދިއުން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށާއި އަދި އެކަން ހުއްޓާލަން ޖެހޭ ކަމަށެވެ. 

އެކަމާ ބެހޭ ގޮތުން އީޔޫ އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ފަަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުގައި އިސްރާއީލު ރައްޔިތުން ވަޒަންވެރިކުރުވުމަކީ ސުލްހައަށް އެޅޭނެ ހުރަހެއް ކަމަށާއި އަދި ވަކި ދެ ދައުލަތެއް އުފެއްދުމުގެ ނުވަތަ ޓޫ ސްޓޭޓް ސޮލިއުޝަންގެ ވިސްނުމަށް ވެސް އެޅޭ ހުރަހެއް ކަމަށެވެ. އަދި "އިންޓަނޭޝަނަލް ހިއުމަނިޓޭރިއަން ލޯ" ގެ ދަށުން، އޮކިއުޕައިން ބާރެއްގެ ގޮތުން އިސްރާއީލަށް ކުރުން ވާޖިބުވާ ކަންކަން ކުރަން ޖެހޭނެ ކަަަމަށެވެ. 

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ، ފަލަސްތީނުގެ ބަދަވީންނަށް ނިސްބަތްވާ އަވަށަކުން އެބައި މީހުން ފައްސާލައި އެ އަވަށް ހަލާކުކޮށްލުމަށް އިސްރާއީލުން ނިންމާފައިވާ ނިންމުން، ބަދަލުކުރުމަށް އިނގިރޭސި ވިލާތުން ވެސް ގޮވާލާފައިވެއެވެ. 

"ހާން އަލް-އަހްމަރު" އަވަށުން ފަލަސްތީނު ރައްޔިތުން ފައްސާލުމާ ދެކޮޅަށް ބުދަ ދުވަހު ފަަލަސްތީނު ރައްޔިތުން ވަނީ މުޒާހަރާ ވެސް ކޮށްފައެވެ. މުޒާހަރާ ކުރީ "ހާން އަލް-އަހްމަރު" އަވަށުގައާއި އަދި އެ އަވަށުގެ ބޭރުގެ އެކި ހިސާބުތަކުގައި ކަަމަށްވާއިރު، މި މުޒާހަރާތަކުގައި 11 މީހަކު ހައްޔަރުކޮށް އަދި ބައެއް މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް ފަލަސްތީނުގެ ރެޑް ކްރެސެންޓާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް