18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ފީފާ ވާރލްޑް ކަޕް 2018

ބެލްޖިއަމް އޮތީ ބްރެޒިލްއަށް ދޫކުރާ ގޮތަކަށް ނޫން

  • ބެލްޖިއަމް ކުއާޓާއަށް ދަތުރުކުރީ ޖަޕާން ބަލިކުރުމަށް ފަހު
  • ކުއާޓާ ފައިނަލްގެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 23:00 ގައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 5 ޖުލައި 2018 | ބުރާސްފަތި 15:49 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ބެލްޖިއަމް ޖަޕާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން -- ގެޓީ އިމޭޖާސް

ވާރލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ބްރެޒިލްއާ ދެކޮޅަށް ނުކުންނަ މެޗުގައި ބެލްޖިއަމް ފަހަތަކަށް ނުޖެހޭނެ ކަމަށް އެގައުމުގެ ޑިފެންޑަރު ވިންސެންޓް ކޮމްޕެނީ ބުނެފިއެވެ.

އެންމެ ފަހު މިނެޓުގައި ޖަޕާން ބަލިކޮށް ކުއާޓާއަށް ބެލްޖިއަމް ދަތުރުކުރިއިރު ބްރެޒިލް ކުއާޓާގެ ޖާގައެއް ހޯދީ މެކްސިކޯ ބަލިކުރުމަށް ފަހުއެވެ. ބެލްޖިއަމް ކުއާޓާއަށް ދަތުރުކުރުމާ ގުޅިގެން އެގައުމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފައިވަނީ ބެލްޖިއަމްއަކީ ފެވަރިޓުންނަށް ނުވި ނަމަވެސް ބްރެޒިލް ދެކެ ބިރު ގަންނަޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ވާރލްޑް ކަޕްގައި ޖަޕާނާއި ދެކޮޅަށް ކުޅުނު މެޗަކީ މިއަހަރުގެ މުބާރާތުގައި ކޮމްޕެނީ ކުޅުނު ފުރަތަމަ މެޗަށްވާ އިރު އޭނާ ވެސް ވަނީ މާޓިނޭޒްގެ މި ވާހަކަތަކަށް ތާއިދުކޮށްފައެވެ.

މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޮމްޕެނީ ބުނީ ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު މުޅި ވާރލްޑް ކަޕްގައި ވެސް އެންމެ ވަރުގަދަކޮށް އޮތް ޓީމަކީ ބްރެޒިލް ކަމަށެވެ. ބްރެޒިލްއަށް ތައުރީފްކުރި ނަމަވެސް އެޓީމު އަތުން ބެލްޖިއަމްއަށް މޮޅުވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ބްރެޒިލް އަތުން ބަލިވާނެ ކަމަށް ސްކޮޑްގައި ހިމެނޭ އެއްވެސް ކުޅުންތެރިޔަކު ގަބޫލުނުކުރާ ކަމަށް ކޮމްޕެނީ ބުންޏެވެ.

ބްރެޒިލްއަކީ ޑިފެންސްގެ ގޮތުން ބަލާއިރު ވަރަށް މޮޅު ޓީމެއް ކަމަށާއި އިދިކޮޅުން އުފައްދާ ހަމަލާތައް ހުއްޓުވޭނެ ކަމުގެ ޔަގީންކަމާ އެކު ބްރެޒިލް ކުޅޭކަން ފާހަގަކުރެވޭ ކަމަށް ކޮމްޕެނީ ބުނެފައިވެއެވެ. ހަމައެހެންމެ އެޓޭކް ކުރާއިރު އެއްވެސް ބިރެއް ނެތި ބްރެޒިލް އިން ކުރާ ކަމަށާއި ކޮންމެ ޑިފެންސެއް ވެސް ހުޅުވާލުމުގެ ފެންވަރާއި ގާބިލްކަން ބްރެޒިލްގެ ފޯވާޑް ލައިނަށް ލިބިފައިވާ ކަމަށް ކޮމްޕެނީ ބުނެފައިވެއެވެ.

ކޮމްޕެނީ ބުނީ ބެލްޖިއަމް އޮތީ ބްރެޒިލްއަށް ދޫކުރާ ގޮތަށް ނޫން ކަމަށާއި ޓީމެއްގެ ގޮތުގައި ކުޅެފި ނަމަ ބްރެޒިލް ބަލިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެހެން ނަމަވެސް ވަކިވަކި ކުޅުންތެރިންނަށް ބަލައިގެން ކުޅޭ ނަމަ ބެލްޖިއަމްއަށް އެއްވެސް ފުރުސަތެއް ނެތް ކަމަށާއި ބޭނުންވަނީ ހުރިހާ ކުޅުންތެރިން އެކަތިގަނޑެއްގެ ގޮތުގައި ކުޅެން ކަމަށް ކޮމްޕެނީ ބުނެފައި ވެއެވެ.

މާޓިނޭޒްގެ އިރުޝާދުގެ ދަށުން ބެލްޖިއަމް އިން ކުޅެމުން އަންނަނީ ޕޮޒިޝަން ފުޓްބޯޅައެވެ. އެހެން ނަމަވެސް މި ވާރލްޑް ކަޕްގައި އެޓީމުގެ ޑިފެންސް ލައިންގެ ފަރާތުން ގޯސްތަކެއް ފެނިފައިވުމާ އެކު ވަނީ އެތަކެއް ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. އެހެން ނަމަވެސް ކޮމްޕެނީ ބުނީ ބެލްޖިއަމް އިން ކުޅެނީ މީހުން ބަލާހިތްވާ ޒާތުގެ ފުޓްބޯޅައެއް ކަމަށާއި ވަރަށް ގިނަ ލަނޑު މިހާތަނަށް ޖެހިފައިވުމަކީ އެކަމުގެ ހެއްކެއް ކަމަށެވެ. ކޮންމެ މެޗަކަށް ފަހު ވެސް ބެލްޖިއަމްއިން އަންނަނީ ކުޅުން ރަނގަޅު ކުރަމުން ކަމަށާއި ބޭނުންވަނީ ބްރެޒިލްއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ކަން އެގޮތަށް ކުރިޔަށް ގެންދަން ކަމަށް ކޮމްޕެނީ ބުނެފައިވެއެވެ.

ބެލްޖިއަމް އަދި ބްރެޒިލް ބައްދަލުކުރާ ފޯރިގަދަ ކުއާޓާ ފައިނަލްގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 23:00 ގައެވެ. މި މެޗުން މޮޅުވާ ޓީމެއް ސެމީގައި ކުޅެން ޖެހޭނީ ފްރާންސް ނުވަތަ އުރުގުއޭއާ ދެކޮޅަށެވެ.  

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް