21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

މައުމޫން ފެކްޝަން

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

  • ޕާޓީގެ ރައީސްގެ އޮފީހުގައި ޕާޓީގެ ރައީސްއަށް ޢާއްމު މެންބަރުންނާ ބައްދަލު ނުކުރެވެންވީ ސަބަބެއް ނޯންނާނެ
އަހުމަދު މުހުސިނު | dhonbandaara

| 20 ޖެނުއަރީ 2017 | ހުކުރު 04:02 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  5. މިނިސްޓަރު އަލީ ވަހީދުގެ ކާފާފުޅު އުމުރުފުޅުން 100 އަހަރުގައި އަވަހާރަ ވެއްޖެ
  6. އައިޝްވަރިޔާ އާއި އަބީޝެކް ރާއްޖޭގައި
  7. ވިލިނގިލީ ބަނދަރު ހަލާކުވެ ރަށުތެރެއަށް އުދަ އަރަނީ
  8. ރައީސްގެ ދަތުރުފުޅަކީ އިންޑިއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް، ޚަރަދުތައްވެސް އެ ޤައުމުން!


މައުމޫނު ފެކްޝަންގެ ނައިބު ރައީސް ނާދިރާ -- ވީނިއުސް

ޕާޓީގެ ޢާއްމު މެންބަރުންގެ ޚިޔާލު ހޯއްދެވުމަށް ޕީޕީއެމްގެ ރައީސް މައުމޫން އެޕާޓީގެ ޢާއްމު މެންބަރުންނާ ބައްދަލު ކުރެއްވުމަށް މަސައްކަތް ކުރެއްވުމުން ފުލުހުން އެކަން ހުއްޓުވި މައްސަލަ ބަލައިދިނުން އެދި ޕީޕީއެމްގެ ރައީސް މައުމޫނު ފެކްޝަނުން ފުލުސް އޮފީހަށް ހުށަހަޅައިފިއެވެ.

އެފެކްޝަނުން އެމައްސަލަ ހުށަހެޅުމުގެ ގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޕީޕީއެމްގެ ރައީސްގެ އޮފީހުގައި 18 ޖެނުއަރީ 2017 ވަނަ ދުވަހުގެރޭ 21:30 ގައި ބޭއްވުމަށް މަސައްކަތް ކުރަމުންދިޔަ ބައްދަލުވުމެއް ނުބޭއްވުމަށް ފުލުހުންގެ އިދާރާގެ ދެ އޮފިސަރުން ކަމުގައިވާ އިންސްޕެކްޓަރ އަހްމަދު އިބްރާހީމާއި ސްޓާފް ސަރޖަންޓް އިބްރާހީމް ފަލާހް ފޯރމަރ ޕްރެޒިޑެންޓް އޮފީހަށް އެދުވަހުގެ މެންދުރުގެ ވަގުތެއްގައި ވަޑައިގެން ޕާޓީގެ ރައީސަށް ދެންނެވުމަށް އެންގި ކަމަށެވެ.

މި ސިޓީގައި ބުނެފައިވާ ގޮތުގައި އެ ބައްދަލު ވުމަކީ ޕީޕީއެމްގެ ޢާއްމު މެންބަރުންގެ އެދިވަޑައިގަތުމުގެ މަތިން ސިލްސިލާކޮށް އެކި ރޭތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ބައްދަލުވުންތަކެއް ކަމަށާއި އެގޮތުން ރޭގައި އެހަރަކާތް ފެށުމުގެ ގޮތުން ޕީޕީއެމްގެ ރައީސްގެ އޮފީހުގެ އެތެރޭގައި ބައްދަލުވުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމުން ފުލުހުންގެ ދެ އޮފިސަރަކު އެބައްދަލުވުން ކުރިއަށް ނުގެންދެވޭނެ ކަމަށް އަންގާފައިވާތީ އާއްމު މެންބަރުންނަށް އިތުރު ތަކުލީފެއް ޖެއްސެވުމަށް ބޭނުންފުޅު ނުވާތީ އެބައްދަލުވުން ކުރިއަށް ނުގެންދާގޮތައް ޕާޓީގެ ރައީސް ނިންމެވި ކަމަށެވެ.

އެސިޓީގައި ބުނެފައިވާ ގޮތުގައި ޤާނޫން އަސާސީގެ 32 ވަނަ މާއްދާގައި ބުނާގޮތުން ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާއި ނުލައި ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށާއި އެހެންކަމުން އެއްވެސް މުއައްސަސާއަކުން އެކަމެއް ހުރަހެއް ނޭޅޭނެ ކަމަށެވެ. އެގޮތުން އެބައްދަލުވުން ނުބޭއްވެންވީ ސަބަބެއް އަދި ޕާޓީގެ ރައީސްގެ އޮފީހުގައި ޕާޓީގެ ރައީސްއަށް ޢާއްމު މެންބަރުންނާ ބައްދަލު ނުކުރެވެންވީ ސަބަބެއް ނޯންނާނެކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން ޕީޕީއެމްގެ ރައީސްއަށް ޕީޕީއެމްގެ މެންބަރުންނާ ބައްދަލު ކުރުމަށް އެއްވެސް ޤާނޫނީ ހުރަހެއް ނެތް ހިނދު ޕީޕީއެމްގެ ރައީސް ޢާއްމު މެންބަރުންނާ ބައްދަލުކުރުން ހުއްޓާލުމަށް ފުލުހުންގެ އިދާރާއިން އެންގުމަކީ ޤާނޫނާ ޚިލާފަށް އެންގި އެންގުމަކަށް ވާތީ އެމައްސަލަ ބައްލަވައިދެއްވުން އެދޭ ކަމަށެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް