19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

މުސްލިމް ބްރަދަހުޑް ޕާޓީ

މިސްރުގެ ޓެރެރިސްޓް ލިސްޓުގައި ހިމެނި މީހުންގެ މައްސަލަ އަލުން ބެލުމަށް އަންގައިފި

  • މިސްރުގެ އެންޓި ޓެރެރިޒަމް ގާނޫނަށްވަނީ ފާޑުކިޔުން އަމާޒުވެފައި
  • ޓެރެރިސްޓް ލިސްޓުގައި ހިމެނުމުން ދަތުރުފަތުރު މަނާކުރެވޭނެ
އަބުދުﷲ މުހައްމަދު | 8Abbo

| 5 ޖުލައި 2018 | ބުރާސްފަތި 10:40 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


މިސްރުގެ ފުރަތަމަ ޑެމޮކްރެޓިކް ރައީސް މުހައްމަދު މުރުސީ ޖަލުގައި -- އޭޕީ

މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު މުރުސީ ހިމެނި ވަޑައިގަންނަވާ ގޮތުން  1،500 އަށް ވުރެ ގިނަ މީހުން އެގައުމުގެ ޓެރެރިސްޓުންގެ ލީސްޓުގައި ހިމެނުމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފް ކޯޓުން ބާތިލުކޮށް އަލުން ބެލުމަށް އަންގައިފިއެވެ.

ބުދަ ދުވަހު ކޯޓުން  މި ނިންމުން ނިންމާފައިވަނީ މައްސަލައިގައި ދައުވާލިބުނު އެތައް ބަޔަކު މައްސަކަ އިސްތިއުނާފުކުރުމުން ނިންމި ނިންމުމުގައެވެ. ދައުވާ ލިބުނު ގިނަ މީހުންނަކީ މިހާރު މިސްރުގައި މަނާކުރެވިފައިވާ މުސްލިމް ބްރަދަރހުޑްގެ މެމްބަރުންނެވެ.

މައްސަލަ އިސްތިއިނާފް ކުރި މީހުންގެ ތެރޭގައި ކުރީގެ ފުޓްބޯޅަ ތަރި މުހައްމަދު އަބޫތްރިކާ ހިމެނެއެވެ. އެންމެ ފުރަތަމަ މިދިޔަ އަހަރު އޭނާ އެލިސްޓުގައި ހިމަނާފައިވަނީ މުސްލިމް ބުރަދަހުޑްއަށް ޚަރަދުކުރާ ކަމުގެ ތުހުމަތުގައެވެ. އެ ތުހުމަތުތައް އޭނާ ދޮގުކުރެއެވެ.

ޓެރެރިސްޓުންގެ ލިސްޓްގައި ނަން ހިމެނިއްޖެ ނަމަ ތިން އަހަރުވަންދެން އެމީހެއްގެ ޕާސްޕޯޓާއި މުދާ  ހިފަހައްޓައި ދަތުރު ފަތުރުކުރުން މަނާކުރެވޭނެއެވެ.

މިސްރުގައި 2015 ވަނަ އަހަރު ފާސްކުރި އެންޓި ޓެރެރިޒަމް ގާނޫނަށް، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން އިންތިހާއަށް އަންނަނީ ފާޑުކިޔަމުންނެވެ.

މިހާރު ވެރިކަމުގައި ހުންނެވި ޖެނެރަލް އަބްދުލް ފައްތާހު އަލް ސީސީ އިސްވެ ކުރި ބަޣާވާތުގައި މުހައްމަދު މުރުސީގެ ވެރިކަން 2013 ވަނަ އަހަރު ވައްޓާލުމަށް ފަހު މުސްލިމް ބްރަދަރހުޑްވަނީ އުވާލާފައެވެ.

އޭގެ އެއް އަހަރު ފަހުން ވެރިކަމަށް ވަޑައިގެންނެވި ސީސީ ވަނީ މި އަހަރުގެ މާޗް މަހު ވެސް ރިޔާސީ އިންތިޚާބެއް ބާއްވަވައި އިތުރު ދައުރެއް ކަށަވަރު ކުރައްވާފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް