18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

މީހުން

ރިއާނާ އާއި ވައްތަރުވެ ރިނީ މަޝްހޫރުކަން ހޯދައިފި

  • ހަމުގެ ކުލަ ވެގެން ދިޔައީ އޭނާ ކުރިއަށް ދިއުމަށް ދިމާވި އެންމެ ބޮޑު ހުރަހަށް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 5 ޖުލައި 2018 | ބުރާސްފަތި 10:35 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު
  8. އެމްޑީޕީގެ ޕްރައިމަރީ ހުކުރު ދުވަހު 14:30-20:30 އަށް


ރިނީ ކުޖުރު އަދި ރިއާނާ -- ގޫގުލް

އުމުރުން ތިން އަހަރުގައި ރިނީ ކުޖުރު ވަނީ އޭނާގެ ސްކޫލްގައި ބޭއްވި ފެންސީ ޑްރެސް މުބާރާތެއްގައި ބައިވެރި ވެފައެވެ.

ފެއާރީ ހެދުމެއް ލައިގެން އޭނާ ސްޓޭޖަށް އެރުމާއި އެކު މީހަކު ހަޅޭއްލައިގަތީ "ދޭކޯ ދޭކޯ ކާލީ ޕަރީ" (ބަލަ، ބަލަ،  އެހެރީ ކަޅު ޕަރީއެއް) މިހެން ކިޔާފައެވެ. އެވަގުތު އެތާ ތިބި އެންމެން ވަނީ ހޭން ފަށާފައެވެ. އެދުވަހު ރިނީ ސްޓޭޖުން ފޭބީ ރޮމުން ރޮމުންނެވެ.

އޭގެ 20 އަހަރު ފަހުން ރިނީ ހުރީ ވަރަށް އުފަލުންނެވެ. މިހާރު  އޭނާ އާއި އެކު ފޭނުން ސެލްފީ ނަގާ އޮޓޯގަރާފް ހޯދަން ވަނީ ފަށާފައެވެ. އޭނާގެ ކުޑަ އިރު ހިނގާ ދިޔަ ހާދިސާ އަދިވެސް ރިނީ ހަނދާން ހުރެއެވެ. އެފަދަ ވަގުތުތަކުގައި ހިނިއައިސް އަމިއްލަ ނަފްސަށް ރިނީ ބުނަމުންދަނީ "ކުޗް ޕަރިޔާ ކާލީ ބީ ހޯތީހޭ" (ބައެއް ޕަރީން ކަޅުކޮށްވެސް ތިބޭ) ކަމަށެވެ.

އިންޑިއާގެ ޗަތިސްގަރަށް އުފަން ރިނީ މޮޑެލިން ގެ ދުނިޔެއަށް ވަދެފައި ވަނީ މީގެ ދެތިން އަހަރު ކުރިންނެވެ.  ނަމަވެސް އޭނާގެ ހަމުގެ ކުލަ ވެގެން ދިޔައީ އޭނާ ކުރިއަށް ދިއުމަށް ދިމާވި އެންމެ ބޮޑު ހުރަހަށެވެ. ބައެއް މީހުން އޭނާ ނިދަން ދާށޭ  އޭނާއަށް މޮޑެލަކަށް ވެވޭނީ ކްލައަންޓުން ހިތްހަމަ ޖައްސަދީގެން ކަމަށާއި ކަޅުވުމުން ވަރަށް ގިނަ ފުރުސަތުތައް ގެއްލިގެން ދިޔަ ކަމަށް ރިނީ ވަނީ ބުނެފައެވެ.

ފޮޓޯގްރާފަރުން ވެސް މޭކަޕް އާޓިސްޓުން ގާތުގައި ރިނީގެ ފޮޓޯ ރީތި ކުރުމަށްޓަކައި މަތިމައްޗަށް 3-4 ޓޯން ހޭކުމަށް ބުނާ ކަމަށް ރިނީ ވަނީ ބުނެފައެވެ.

ރީތި އަންހެން ކުއްޖެއްގެ މޭކަޕް ކޮންމެ މީހަކަށް ވެސް ކުރެވޭނެ ކަމަށާއި  އެންމެ ބޮޑު ގޮންޖެހުމަކީ ކަޅު ކުއްޖަކު ރީތި ކޮށްލުން ކަމަށެވެ. އަދި އޭނާ އެކަން ކޮށްފައިވާ ކަމަށް ރިނީގެ މޭކަޕް ކުރުމަށްފަހު އޭނާގެ މޭކަޕް އާޓިސްޓް ވަނީ ބުނެފައެވެ.

"އެއްދު ރައްޓެއްސަކަށް ފާހަގަވީ ބާބެޑޯސްއަށް އުފަން ބިއުޓީ ރިއާނާއާ ވައްތަރުކަމަށް، ދެން އޭނަ ވީޑިއޯއެއް ނެގީ ހަމުގެ ކުލަޔަށް ބަދަލު ނުގެނެސް" ރިއާނާ ބައި ފެނި އަހަރެން ހުނީ. އެކަމަކު އެންމެވެސް ބުނަނީ އެކައްޗެއް" ރިނީ ވަނީ ބުނެފައެވެ.

ރިނީ ވަނީ އޭނާގެ ނަސީބަށް ވެގެންދިޔަ ޕޮޕްސްޓާ އަށް ޝުކުރިއްޔާ ބުނަން ބޭނުންވެފައެވެ. ރިހާނާ އާއި ވައްތަރުވުން ވެފައި ވަނީ އޭނާ އަށް ލެއްވި ރަހުމަތަކަށް ކަމަށް ބުނެފައިވެއެވެ.

ރިހާނާ ވަނީ މީހުންނަށް ކޮންވިންސް ކޮށްދީފައި އޭނާ އަކީ ރީތި އަދި "ސެކްސީ" މީހެއް ކަމަށެވެ.

ރިނީ ބޭނުންވަނީ އެއް ދުވަހަކުން ރިއާނާ އާއި ބައްދަލު ކުރާށެވެ. "ރިއާނާ ގެ ސަބަބުން އަހަރެންގެ  ތަގުދީރު ބަދަލުވެފައި މިވަނީ"

އަހަރެން ވަރަށް ބޭނުން ރިއާނާ އާއި ބައްދަލުކޮށް އޭނާ ސަޕްރައިޒް ކޮށްލާ ޝުކުރިއްޔާއޭ ބުނެލަން" ރިނީ ބުންޏެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް