21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:32

ރައީސް މައުމޫން

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

 • އިންޒާދު ދެއްވާފައިވަނީ ޕީޕީއެމް ރައީސް ޔާމީން ފެކްޝަނުގެ ސެކްރެޓަރީ ޖެނަރަލް އަބްދުﷲ ހަލީލު
 • ވަގުތާ ހާލަތައް ބަލާފަ ފިޔަވަޅު އަޅާނަން: ހަލީލު
 • ރައީސް މައުމޫނަށް ޕީޕީއެމް ނަމުގައި ބަސްފުޅު ވިދާޅުވުމުގެ ހައިސިއްޔަތެއް ނެތް: ހަލީލު
މުހައްމަދު ފަޒީން | phaxyn

| 20 ޖެނުއަރީ 2017 | ހުކުރު 04:01 | |

މަގުބޫލް

 1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
 2. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
 3. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
 4. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
 5. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
 6. މަސް މާރުކޭޓް ސަރަހައްދުގައި މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވި 17 އަހަރުގެ ކުއްޖާ މަރުވެއްޖެ
 7. ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
 8. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި ރައީސް މައުމޫން -- ގޫގުލް

ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުޝްތަޝާރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕީޕީއެމް ފެކްޝަނުން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އިންޒާރު ދީފި އެވެ.

ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަންގެ އޮފީހުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް އަބްދުﷲ ހަލީލު އިންޒާރު ދެއްވާފައި ވަނީ ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕާޓީގެ އެތެރޭގެ އިންތިހާބާ ގުޅޭ ކަންކަން ނިންމަމުންދާ އިންތިހާބީ ކޮމެޓީއަކީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފު ކޮމެޓީއެއް ކަމަށް ވިދާޅުވެ ޕީޕީއެމްގެ ރައީސް މައުމޫން ނެރުއްވި ބަޔާނާ ގުޅިގެންނެވެ.

ރައީސް މައުމޫންއަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވި ނަމަވެސް ހަލީލު ވިދާޅުވީ ފިޔަވަޅު އަޅުއްވާނީ ވަގުތާއި ހަލާތަށް ބައްލަވާފައި ކަމަށެވެ.

ހަލީލު ވިދާޅުވީ ޕީޕީއެމް ކޮންގްރެސް ބޭއްވެންދެން ޕީޕީއެމް ހިންގުމުގެ ހުރިހާ ޒިންމާއެއް އުފުއްލަވައި އަދި ޕާޓީގެ ފަރާތުން ބަސްވިދާޅުވާން ހުންނެވި ބޭފުޅަކީ ރައީސް ޔާމީނާއި އެމަނިކުފާނު އައްޔަން ކުރައްވާފައި ތިއްބަވާ ބޭފުޅުން ކަމަށެވެ. އިތުރު އެއްވެސް ފަރާތަކަށް ޕީޕީއެމްގެ ނަމުގައި ބަޔާންތަކާއި ބަސްފުޅުތައް ވިދާޅުވުމުގެ ހައިސިއްޔަތެއް ނޯންނާނެ ކަމަށް ހަލީލު ވިދާޅުވިއެވެ.

ރައީސް މައުމޫންގެ އެ ބަޔާނަކީ ޕީޕީއެމް ރައީސްގެ ހައިސިއްޔަތުން ޕީޕީއެމްގެ ރައީސް އޮފީހުން ނެރުއްވާފައިވާ ބަޔާނެއް ކަމަށާއި ރައީސް މައުމޫނަށް ބަސްފުޅު ވިދާޅުވުމުގެ ހައިސިއްޔަތު ނެތީތޯ "ރާއްޖެޓީވީ"އިން ސުވާލު ކުރުމުން ހަލީލު ވިދާޅުވީ އެ ބަޔާނަކީ ރައީސް މައުމޫން ނެރުއްވާފައިވާ ބަޔާނެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއީ ޕީޕީއެމް ރައީސް އޮފީހުގެ ކޮންމެ ވެސް އެހެން ބަޔަކު ނެރެފައިވާ ބަޔާނެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ރައީސް މައުމޫނަކީ މިހާރު ވެސް ޕީޕިއެމްގެ މެމްބަރުން އިހުތިރާމް ކުރާ، އިހުތިރާމް ލިބިގެންވާ ބޭފުޅެއް ކަމަށާއި މިވަގުތުން މިވަގުތަށް ވެސް ޕީޕީއެމްގެ މަސައްކަތްތަކާއި ގުޅިވަޑައިގެންނެވި ނަމަވެސް މަރުހަބާ ވިދާޅުވާނެ ކަމަށެވެ. 

ހަލީލު ވިދާޅުވީ ޕީޕީއެމުން މިހާރު އެކުލަވާލާފައިވާ އިންތިހާބު ކޮމެޓީއަކީ ޕީޕީއެމްގެ ކައުންސިލުން އެކުލަވާލާފައިވާ ސައްހަ އިންތިހާބީ ކޮމެޓީއެއް ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް އޮޅޭ ގޮތަށް އެއްވެސް ފަރާތަކުން ޕީޕީއެމްގެ ނަމުގައި ބަޔާން ނުނެރުއްވުމަށާއި ހައިސިއްޔަތެއްނެތް ބޭފުޅުން ޕީޕީއެމްގެ ނަމުގައި ބަސް ވިދާޅު ނުވުމަށް ގޮވާލައްވާ ކަމަށް ވެސް ހަލީލު ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް