19 ނޮވެންބަރު 2018 | ހޯމަ | 07 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ބޮލީވުޑް

ސޮނާލީ އަށް ކެންސަރު ޖެހިގެން ފަރުވާ ހޯދަން ފަށައިފި

  • އޭނާއަށް ޖެހިފައި ވަނީ "ހައި ގްރޭޑް ކެންސަރ" ކަމަށް ވަނީ ބުނެފައި
  • ކެންސަރުގެ ޝިކާރައަކަށްވީކަން އެނގުނީ ކުއްލިއަކަށް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 4 ޖުލައި 2018 | ބުދަ 23:58 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ


ސޮނާލީ ބެންޑްރޭ -- ގޫގުލް

ބޮލީވުޑްގެ ތަރި ސޮނާލީ ބެންޑްރޭ އަށް ކެންސަރު ޖެހިގެން އެމެރިކާގައި ފަރުވާ ހޯދަން ފަށައިފިއެވެ.

އުމުރުން 43 އަހަރުގެ ސޮނާލީ ވަނީ އޭނާގެ އިންސްޓަގްރާމް އަދި ޓްވިޓާ ހެންޑްލްގައި ޝެއަރ ކޮށްފައިވާ ދިގު ނޯޓްގައި އޭނާއަށް ޖެހިފައި ވަނީ "ހައި ގްރޭޑް ކެންސަރ" ކަމަށް ބުނެފައެވެ.

ސޮނާލީ ބުނެފައިވަނީ ކެންސަރުގެ ޝިކާރައަކަށްވީކަން އެނގުނީ ކުއްލިއަކަށް ކަމަށާއި އެފަދަ ބައްޔެއްގެ އަލާމާތެއް ކުރިން ތަޖުރިބާ ކުރަން ވެސް ޖެހިފައި ނުވާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި މުޅި އާއިލާ އާއި ރައްޓެހިންގެ ފަރާތުން އަޅާލުމާއި ލޯތްބާއި އެހީތެރިކަން އޭނާއަށް ލިބެމުން އަންނަ ކަމަށާއި އެކަމަށްޓަކައި އޭނާ ވަނީ ޝުކުރު އަދާ ކޮށްފައެވެ.

ނުވަދިހައިގެ އަހަރު ތަކުގައި ބޮލީވުޑްގައި ވިދާލި ތަރި ސޮނާލީ، ކެންސަރަށް ފަރުވާ ހޯދާކަން ހިއްސާ ކުރުމާ އެކު، މުޅި ބޮލީވުޑް އެއްކޮށް ކަހަލަ ގޮތަކަށް ވަނީ އޭނާ އަށް ހެޔޮދުއާކޮށް ޓްވީޓްތައްކޮށްފަ އެވެ.

ސޮނާލީއަށް ވަނީ ޕްރޮޑިއުސަރ ގޯލްޑީ ބޭލްއާއި ކައިވެނިކޮށްގެން 13 އަހަރުގެ ފިރިހެން ދަރިއަކު ލިބިފައެވެ.

2002 ވަނަ އަހަރު ކައިވެނި ކުރުމަށްފަހު  ފިލްމް ކުޅުން ހުއްޓާލި ނަމަވެސް، ފަހަކަށް އައިސް ސޮނާލީ ވަނީ ބައެއް ފިލްމްތަކާއި ޓީވީ ސިލްސިލާތަކުގެ އިތުރުން ބައެއް ރިއަލިޓީ ޝޯތަކުގެ ޖަޖްކަން ވެސްކޮށްފަ އެވެ.

 1994 ވަނަ އަހަރު ފިލްމް "އާގް" އިން ބޮލީވުޑަށް ނިކުތް ސޮނާލީ ފިލްމަކުން އެންމެ ފަހުން ފެނިފައިވަނީ 2013 އަހަރު ރިލީޒް ކުރި އަކްޝޭ ކުމާރުގެ "ވަންސް އަޕް އޮން އަ ޓައިމް އިން މުމްބާއީ ދޮބާރާ" އިންނެވެ. މިފިލްމުގައި އޭނާ އަދާކޮށްފައިވަނީ ވަރަށް ކުޑަ ރޯލެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ލޮލް

5 މަސް ކުރިން

ތޭރަ އަހަރުގެ ފިރިހެން ދަރިއެއް ލިބެނީ ކިހިނެތްބާ؟ ސޮނާލީ އަށް އަވަސް ޝިފާއަކަށް އެދެން

0
0