17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ދިވެހި ފިލްމް

ޑާކްރެއިން އެންޓަޓެއިންމެންޓްގެ ދެ ފިލްމެއް އަންނަ އަހަރު ރިލީޒް ކުރަނީ

  • "މާމުއި" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 01 އެޕްރީލް 2019 ގައި
  • "ނޮވެމްބަރ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 02 ސެޕްޓަރު 2019 ގައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 4 ޖުލައި 2018 | ބުދަ 23:07 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  4. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  7. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


ފިލްމްގެ ޕޯސްޓަރު -- ޑާކް ރެއިން އެންޓަރޓެއިންމަންޓް

ޑާކްރެއިން އެންޓަޓެއިންމަންޓްގެ ދެ ފިލްމެއް އަންނަ އަހަރު ރިލީޒް ކުރާނެ ތާރީޚް ކަޑައަޅައިފި އެވެ.

ޑާކްރެއިން އިން އަންނަ އަހަރު ރިލީޒްކުރާ ދެ ފިލްމް ގެ ތެރެއިން "މާމުއި" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 01 އެޕްރީލް 2019 ގައެވެ.

އަދި "ނޮވެމްބަރ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 02 ސެޕްޓެމްބަރު 2019 ގައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން މި ދެ ފިލްމްގެ ޕްރޮޑިއުސަރ މުހައްމަދު އަލީ (މޮގަރ) ބުނީ "މާމުއި" ގެ ޝޫޓިންތައް މިހާރު ކުރިއަށް ދާ ކަމަށެވެ.

މި ފިލްމަކީ އައިޝަތު ފުއާދު އަދި އަލީ ޝިފާއުގެ ސްކްރީން ޕްލޭ އަކަށް ތައްޔާރުކުރާ ތަފާތު ފިލްމެއް ކަމަށް މޮގަރ ބުންޏެވެ.

މާމުއިގައި ހަރަކާތްތެރިވާ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، މުހައްމަދު ފައިސަލް، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރު އެވެ.

ކާމިޔާބު ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ މި ފިލްމުގެ ކާސްޓަށް އިތުރުވެފައިވާ ތަރިންގެ ތެރޭގައި ހިމެނެނީ ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ ގެ އިތުރުން އަލީ ޝަޒްލީމް އެވެ.

މީގެ އިތުރުން މި ދާއިރާ އަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާ ވެސް މި ފިލްމުން ފެނިގެން ދާނެ ކަމަށް މޮގާރ ވަނީ ބުނެފައެވެ.

ޑާކްރެއިން އިން ދާދި ފަހުން އިއުލާންކުރި ފިލްމް "ނޮވެމްބަރު" ގެ ޝޫޓިންތައް ފެށުމަށް ހަމަޖެހިފައިވަނީ އެ ސްޓޫޑިއޯ އިން ޝޫޓިން ފަށާފައިވާ ކޮމެޑީ ފިލްމް "މާމުއި" ގެ މަސައްކަތް ނިންމުމަށް ފަހު ކަމަށް މޮގަރ ވަނީ ބުނެފައެވެ.

ފިލްމުގެ ކާސްޓުން އަދި އިއުލާންކޮށްފައިނުވާއިރު ފިލްމުގެ ކާސްޓުން އަވަސް މުސްތަގްބަލެއްގައި އެނގިގެން ދާނެކަމަށް މޮގަރ ވަނީ ބުނެފައެވެ.

ލޯބީގެ ވާހަކައެއްގެ މައްޗަށް ތައްޔާރު ކުރާ މި ފިލްމްގެ ސްކްރީންޕްލޭ ލިޔަމުން ދަނީ 8 ވަނަ ދިވެހި ފިލްމް އެވޯޑްސްގައި ފިލްމް "ހުޅުދާން" އިން އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑް ހާސިލް ކޮށްފައިވާ އަދި މޮގާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގާއި މަރިޔަމް ނަދްރަތުއެވެ.

އޮރިޖިނަލް ސްކްރީންޕްލޭއަކަށް ހަދާ މި ފިލްމްގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައި ވަނީ މާލޭ އާއި ސިންގަޕޫރުގައި ކަމަށް "ވަކިން ލޯބިން" ގެ ވެސް މޮގާ ބުންޏެވެ.

އަލީ ޝިފާއު ޑައިރެކްޓްކުރާ "ނޮވެމްބަރު" މިފިލްމް ވެގެން ދާނީ ސިންގަޕޫރްގައި ޝޫޓްކުރާ ދެވަނަ ދިވެހި ފިލްމަށެވެ. އަދި މި ފިލްމް ވެގެން ދާނީ ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ފިލްމެއް ރާއްޖޭން ބޭރުގައި ޝޫޓްކުރާ ފުރަތަމަ ފިލްމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް