21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ރިޔާސީ އިންތިހާބު 2018

ހޯދަން މި އުޅެނީ ސިޔާސީ ވޯޓެއް ނޫން، މިއީ ވައްކަމާއި އަނިޔާއާ ދެކޮޅަށް ދޭންޖެހޭ ވޯޓެއް: އިބޫ

 • މެނިފެސްޓޯއަށް ބަދަލު ގެނައުމަށް ޕާޓީތަކަށް ފުރުސަތުދޭން ޖެހޭ
 • ދޭންވީ ސިޔާސީ ވޯޓެއް ނޫން
 • އެމްޑީޕީގެ ކެންޑިޑޭޓް ކަމަށް ނިންމީ އެޕާޓީގެ ކޮންގޮރެސް އިން
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 4 ޖުލައި 2018 | ބުދަ 22:08 | |

މަގުބޫލް

 1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
 2. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
 3. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
 4. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
 5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
 6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
 7. އަލިދީގެ ތާއީދު އިބޫއަށް!
 8. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ


އިބޫ އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވަނީ؛- އެމަނިކުފާނު މި އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ޔަގީން ކުރައްވާ -- އާކައިވް

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ފަރާތުން ބޭނުންފުޅުވެވަޑައިގަންނަވަނީ ސިޔާސީ ވޯޓެއް ނޫން ކަމަށާއި މިއީ ވައްކަމާއި އަނިޔާވެރިކަމާ ދެކޮޅަށް ލާން ޖެހޭ ވޯޓެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ  މިއަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ފަރާތުން މާލޭގައި ހަރަކާތްތެރިވާނެ އެ ޕާޓީގެ ކެމްޕެއިން އޭޖެންޓުން ތަމްރީން ކުރުމަށް ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިބޫ ދެއްކެވި ވާހަކަފުޅުގައި މާލޭއިން ބޮޑު ޕަސެންޓެއް ކާމިޔާބު ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެގޮތުން 55 ޕަސެންޓް ވޯޓު މާލެއިން އެމްޑީޕީގެ ކެނޑިޑޭޓަށް ލިބޭތޯ މަސައްކަތް ކުރައްވަން ޖެހޭ ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ގުޅިފައިވާ ކޯލިޝަނުން ކުރާ މަސައްކަތުން އެމިންވަރަށް ވޯޓު ލިބޭނެ ކަމަށް ވަރަށް ބޮޑަށް ޔަގީންކުރައްވާ ކަމަށާއި އިރާދަކުރެއްވިއްޔާ މި "އަނިޔާވެރިކަމުން"ސަލާމަތް ވާނެ ކަމަށެވެ.  

"އަޅުގަނޑުމެން ކުރަން މި އުޅެނީ ސިޔާސީ މަސައްކަތެއް ނޫން. ސިޔާސީ ވޯޓެއް ނޫން އަޅުގަނޑުމެން ހޯދަން މި އުޅެނީ. މި އިންތިހާބު ބިނާވެފައި އޮންނާނީ ވައްކަމާ އިދިކޮޅަށް. ވައްކަމަށް ނޫނެކޭ ބުނަން. އަނިޔާވެރިކަމަށް ނޫނެކޭ ބުނަން. އެއީ އަޅުގަނޑުމެންގެ އަމާޒަކަށް ވާން ޖެހޭނީ" އިބޫ ވިދާޅުވި އެވެ.

  މީގެ އިތުރުން އިބޫ ވިދާޅުވީ ކޯލިޝަނެއްގެ ތެރޭގައި އޮވެގެން މަސައްކަތްކުރާއިރު އެމްޑީޕީގެ މެނިފެސްޓޯއަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް ގެނައުމަށް އެހެން ޕާޓީތަކުން ހުށަހަޅައިފިނަމަ އެކަން ކޮށްދެވެން އޮތްވަރަކުން ކޮށްދޭން ޖެހޭ ކަމަށެވެ. އަދި ދޫ ދޭން ޖެހޭ ތަންތަނުގައި ދޫދޭން ޖެހޭނެ ކަމަށާއި އެއްކޮށް މަސައްކަތް ކުރެވޭނީ އެގޮތަށް ތިބެގެން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.  

ސޯލްޓް ކެފޭގައި މިރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން

ބުދަ ދުވަހުގެ ރޭ ސޯލްޓް ކެފޭގައި ބޭއްވި މި ބައްދަލުވުމަކީ ކެމްޕެއިނަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީގެ ކެމްޕެއިން ޕެޗްއޭޖެންޓުންނަށް ކެމްޕެއިންނާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެކެވެ. މިއީ ރިޔާސީ ޓިކެޓް އިބޫއަށް ލިބިވަޑައިގެންނެވި ފަހުން އެމްޑީޕީގެ ކެމްޕެއިން އިވެންޓެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް އިބޫ ވަނީ އެމްޑީޕީގެ އެކި ކެމްޕެއިން ޓީމުތަކާއެކު އެ ޕާޓީގެ އޮފީހުގައި ގިނަ ބައްދަލުވުންތަކެއް ބާއްވާފަ އެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް