18 ނޮވެންބަރު 2018 | އާދީއްތަ | 06 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ރިޔާސީ ރޭސް 2018

ޕީޕީއެމްގެ ރަނިންގ މޭޓަށް ޝައުގުވެރިކަން ނެތީ؟

  • ރައީސް ޔާމީންގެ ދައުރުގެ ތެރޭގައި ތިން ނައިބުން ފެނުނު
  • އެއް ނައިބަކު ޖަލުގައި އަނެއް ބޭފުޅަކު ގައުމުން ބޭރުގައި
އަބުދުﷲ މުހައްމަދު | 8Abbo

| 4 ޖުލައި 2018 | ބުދަ 18:43 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލަ ގައްޔޫމް ކެމްޕެއިން ފެއްޓެވިކަން ރަސްމީކޮށް އިއުލާނުކުރެއްވީ ސުޕްރީމް ކޯޓުގެ އަމުރާއިއެކު ސަރުކާރު ޕްރެޝަރަށް ވެއްޓިފައިވަނިކޮށް -- ރާއްޖެއެމްވީ

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހް ކަމަށް އިއުލާނުކުރެވުމާއެކު އެންމެ ބޮޑު ބަހުސަކަށްވެގެންދިޔައީ ރަނިންގ މޭޓަކީ ކޮން ބޭފުޅެއްތޯއެެވެ.

ގުޅިފައިވާ ޕާޓީތަކުން އެ ސްލޮޓް ދީފައިވަނީ ޖުމްހޫރީ ޕާޓީއަށެވެ. އެ މަގާމަށް އެ ޕާޓީގެ ތެރެއިން ޝައުގުވެރިކަން އޮތް މިންވަރާއި ރަނިންގް މޭޓަކަށް ނަގާ ބޭފުޅަކު އެނގެން ޢާއްމުން ބޭނުންވެފައިތިބި މިންވަރު ސޯޝަލް މީޑިއާއިން މާބޮަޑަށް ވެސް ސާފުކޮށް ފެނެއެވެ.

ނަގާ ޕޯލްތަކާއި ޖަހާލާފައި ހުންނަ ޕޯސްޓްތައް އަދި ވައިބަރ ގްރޫޕްތަކުގައި ޕާޓީތަކުގެ އާއްމު މެމްބަރުން ހިންގާލާ ހޫނު  ޒުވާބުތަކުން އިދިކޮޅު ޕާޓީތަކުުގެ ރަނިންމޭޓަކާއިމެދު އޮތް ޝައުގުވެރިކަން އެނގެއެވެ.

އިދިކޮޅު ޕާޓީތަކުން ނެރޭ ކެނޑިޑޭޓެއްގެ ރަނިން މޭޓަކަށް ވުމަށް ޝައުގުވެރިކަން ފާޅުކުރި ސިޔާސީ ފަރާތްތަކާއި އަދި ރަނިންގ މޭޓެއް ކަނޑައެޅުމާއިމެދު ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރަށް ،ދެވަނަ ދައުރަކަށް ރައީސް ކަމުގެ މަގާމަށް ނުކުންނަވާ ރައީސް އަބްދުﷲ ޔާމީންގެ ރަނިންގ މޭޓްކަމަށް އަދި ރަނިންގ މޭޓްކަމަށް ގެންނަ ފަރާތެއް އެނގެން ރައްޔިތުންގެ ޝައުގުވެރިކަމެއް ނެތީހެއްޔެވެ.؟

ސިއްރު ސިއްރުން ބައެއް ވަޒީރުންގެ ނަންތަކާއި ޔުނިވާސިޓީ ޗާންސެލަރުން ފަދަ ބޭފުޅުންގެ ނަންތައް އަޑުއިވުނަސް ފާޅުގައި އެކަމަށް ބޮޑު ކެމްޕެއިނެއް ކުރައްވާތަނެއް ނުފެނެއެވެ.

އަދި އާއްމު ރައްޔިތުން ވެސް އެކަމަށް ޝައުގެއް އޮވެ ސޯޝަލް މީޑިއާގައި ފޮޓޯ ދައުރުކޮށް ޕޯލް ނަގައި ހަދައި އުޅޭތީއެއް ނުފެނެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ރަނިންގ މޭޓެއް ކަނޑައެޅުމާއި ބެހޭގޮތުން ގަމުދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ ކަންތައް ހިނގާފައިވާ ގޮތުން ރައީސް ޔާމީން ނަންގަވާ ރަނިންގމޭޓެއްގެ ކަންބޮޑުވުންތަކެއް ހުންނާނެކަމަށް ބެލެވޭކަމަށެވެ. އަދި ރައީސް ޔާމީން ވެސް ކަންތައް ހިނގާފައިވާ ގޮތުން ރަނިންގމޭޓަކަށް ގެންނަވާ ބޭފުޅާ ކަންތައްކުރައްވާފަނެ ގޮތަކާއިމެދު ވިސްނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީނުގެ ފުރަތަމަ ނައިބް ރައީސް އަދި 2013 ގެ ރިޔާސީ އިންތިޚާބުގައި ރަނިންގ މޭޓެއްގެ ގޮތުގައި ނުކުންނެވި ޑރ މުހައްމަދު ޖަމީލު އަހުމަދު ރައީސްވަނީ އެމަނިކުފާނުގެ ޕާލީމެންޓްރީ ގުރޫޕްގެ ލީޑަރަށް ދަންނަވައިގެން މަޖިލީހުގައި ވޯޓެއްނަގައި މަގާމުން ދުރުކޮށްފައެވެ.

އޭގެ ކުރިން ޖަމީލުވަނީ ގައުމު ދޫކުރައްވާ ވަޑައިގެންފައެވެ. ޖަމީލަށް ފަހު ނައިބް ރައީސް ކަމަށް އައްޔަން ކުރެއްވީ އެ ބޭފުޅަކަށް ފަސް ސަތޭކަ ޕަސެންޓް އިތުބާރު ކުރެއްވިކަމަށް ވިދާޅުވި އަހުމަދު އަދީބެވެ. ކުުރު މުއްދަތެއްގައި މަގާމު އަދާކުރެއްވުމަށްފަހު ޖާގަ ލިބިވަޑައިގެންނެވީ ޖަލުގޮޅިންނެވެ.

އޭގެ ފަހުން ނައިބަކަަށް އައްޔަން ކުރެއްވި ކުރީގެ ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދުގެވެސް މާބޮޑު އޮފެއް ނުހުރެއެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި ތިނަދޫއިން ލިބުނު ބޮޑު ނާކާމިޔާބާއިއެކުވެސް ހިތްޕުޅާ ހަމަނުވިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޖިހާދުގެ ކުށެއް ދައްކަވައި އަދި މިހާތަނަށް މީޑިއާގައި ވާހަކަނުދެއްކެވި ނަމަވެސް އޭގެ ކުރީގެ ދެ ނައިބުން ރައީސް ޔާމީން ސިފަ ކުރައްވަނީ ބޭވަފާތެރި، ވެރިކަމަށް ދަހިވެތި ބޭފުޅުންގެ ގޮތުގައެވެ. އޭގެ ތެރެއިންވެސް އަދީބުގެ ކުށް ރައީސް ޔާމީނުގެ އަރިހުގައި ބޮޑެވެ. އެ ބޭފުޅަކަށްޓަކައި ގާނޫނު އަސާސީއަށް ބަދަލު ގެނައި އަަދީބު މިހާރު ހުންނަވަނީ  ބޭސްފަރުވާގެ އަސާސީ ހައްގުންވެސް މަހުރޫމުކޮށްފައެވެ. ނައިބަކަށް ގެންގުޅުއްވި ބޭފުޅަކާއިމެދު ހިއްޕުޅުގައި އޮތް ރުޅިވެރިކަން ސިފަކޮށްލުމަށް އެ މިންވަރު ފުދެއެވެ.

ރައީސް ޔާމީންގެ ނައިބަކަށް ނެންގެވި ބޭފުޅުންނަށް ވީގޮތާއި އަދި އެ ބޭފުޅުން ކަންތައް ކުރެއްވިކަމަށް ރައީސް ޔާމީން ވިދާޅުވާގޮތުން ރައީސް ޔާމީންގެ ރަނިންގ މޭޓްކަމަމަކީ ބިރުވެރި މަގާމެއްކަމަށް ބައެއް ރައްޔިތުން ދެކެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް