18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ފީފާ ވާރލްޑް ކަޕް 2018

ކަވާނީ ނެތްތަން އުރުގުއޭއިން ނުދައްކާނެ: ސުއަރޭޒް

  • ކަވާނީއަށް އަނިޔާވީ ވާރލްޑް ކަޕްގެ ދެވަނަ ބުރުގައި 2-1 އިން ޕޯޗުގަލް އަތުން އުރުގުއޭ މޮޅުވި މެޗުގައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 4 ޖުލައި 2018 | ބުދަ 17:20 | |

މަގުބޫލް

  1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


ކަވާނީ އަދި ސުއަރޭޒް އުރުގުއޭގެ ގައުމީ ޓީމާއެކު -- ގެޓީ އިމޭޖާސް

އެޑިންސަން ކަވާނީ ނެތްތަން އުރުގުއޭގެ ޓީމުން ނުފެންނާނެ ކަމަށް އެޓީމުގެ ފޯވާޑް ލުއިސް ސުއަރޭޒް ބުނެފިއެވެ.

ކަވާނީއަށް އަނިޔާވީ ވާރލްޑް ކަޕްގެ ދެވަނަ ބުރުގައި 2-1 އިން ޕޯޗުގަލް އަތުން އުރުގުއޭ މޮޅުވި މެޗުގައެވެ. އެ މެޗުގައި އުރުގުއޭއިން ޖެހި ދެ ލަނޑު ވެސް ޖެހީ ކަވާނީއެވެ. ކުއާޓާ ފައިނަލުގައި ފްރާންސާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި އުރުގުއޭގެ ފަރިތަކުރުންތަކުގައި ބައިވެރިނުވާ ހަމައެކަނި ކުޅުންތެރިޔަކީ ކަވާނީއެވެ. މި ފަރިތަކުރުންތަކުގައި ސުއަރޭޒްއަށް ވެސް ކުޑަ އަނިޔާއެއްވި ނަމަވެސް އޭނާ ވަނީ ފަހުން އެއްވެސް އަނިޔާއެއް ނެތްކަމަށް ބުނެފައެވެ.

ފަރިތަކުރުންތަކަށްފަހު ވާހަކަ ދައްކަމުން ސުއަރޭޒް ބުނީ އޭނާއަކީ އުރުގުއޭގެ ތިން މިލިއަން ރައްޔިތުންނެކޭ އެއްގޮތަށް ކަވާނީއަށް ކުޅެވޭނެ ކަމަށް އުއްމީދުކުރާ މީހެއް ކަމަށެވެ. އޭނާ ބުނީ ކަވާނީއަށް ކުޅެވޭނެ ކަމާމެދު އަދި އެއްވެސް ޔަގީންކަމެއް ނެތް ކަމަށާއި އަނިޔާއިން ރަނގަޅުވާން އިތުރު ދުވަސްތަކެއް ބޭނުންވާނެ ކަމަށެވެ. އޭނާ ބުނީ ކުއާޓާގައި ފްރާންސްއާ ދެކޮޅަށް ކުޅެން ކަވާނީ މަސައްކަތްކުރާނެ ކަމަށައި އޭނާ މަސައްކަތްކުރި ނަމަވެސް އޭނާ ކުޅުމާއި މެދު ގޮތެއް ނިންމާނީ ޓީމުގެ ކޯޗު ކަމަށެވެ.

ވާރލްޑް ކަޕް ކޮލިފައިންގައި ކުޅުނު 15 މެޗުގައި ކަވާނީ އުރުގުއޭއަށް 10 ލަނޑު ޖަހައިދިނެވެ. 2015 ވަނަ އަހަރު ކުޅުނު ވާރލްޑް ކަޕްގެ ފުރަތަމަ ކޮލިފައިން ދެ މެޗުގައި ބޮލީވިއާ އަދި ކޮލޮމްބިއާ އާއި ދެކޮޅަށް ކުޅުނު މެޗުތަކުގައި ކަވާނީ އަދި ސުއަރޭޒް ވެސް ކުޅެފައެއް ނުވެއެވެ. މިފަދަ ނަތީޖާއަކުން ދައްކަނީ އުރުގުއޭއަކީ ހަމައެކަނި ދެ ކުޅުންތެރިޔަކަށް ބަރޯސާވާ ޓީމެއް ނޫން ކަމަށް ސުއަރޭޒް ވަނީ ބުނެފައެވެ.

ސުއަރޭޒް ބުނީ ކަވާނީއަކީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށާއި ގައުމީ ޓީމަށް ކުޅުނު ކޮންމެ މެޗެއްގައި ވެސް އޭނާ އެކަން ސާބިތުކޮށްދީފައިވާ ކަމަށެވެ. އޭނާއަކީ ޓީމަށް ކުޅުވައިދޭ ކުޅުންތެރިޔެއް ކަމަށާއި އޭނާ ޓީމަށް ގެނެސްދޭ ކަންކަމަކީ ވަރަށް މުހިންމު ކަންކަން ކަމަށް އޭނާ ބުނެފައިވެއެވެ. މިއީ ވާރލްޑް ކަޕް ކަމަށާއި އޭނާ ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ސުއަރޭޒް ބުނެފައިވެއެވެ.

އެހެން ނަމަވެސް އެއްވެސް ކަމަކީ އެއް ކުޅުންތެރިޔަކަށް ބަރޯސާވެފައި އޮންނަން ޖެހޭ ކަންކަން ނޫން ކަމަށާއި އެންމެން އެކުގައި މަސައްކަތްކޮށްގެން ނަތީޖާ ނެރެވޭނެ ކަމަށް ސުއަރޭޒް ބުނެފައިވެއެވެ.

މި ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގައި ކުޅުނު ހުރިހާ މެޗެއް އުރުގުއޭއިން ކާމިޔާބުކުރިއިރު އެޓީމުގެ ކޮޅަށް ލަނޑެއް ވެސް ވަދެފައެއް ނުވެއެވެ. އުރުގުއޭ ވެގެންދިޔައީ 1998 ވަނަ އަހަރު ކުޅުނު އާޖެންޓީނާގެ ފަހުން ގްރޫޕް ފިޔަވަހީގެ ހުރިހާ މެޗެއް ބައިކޮޅަށް ލަނޑެއް ވަނަނުދީ ކާމިޔާބުކުރި ފުރަތަމަ ޓީމަށެވެ. ދެވަނަ ބުރުގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުގައި އުރުގުއޭގޭ ފަރާތުން ފެނުނު ކުޅުމާއި ގުޅިގެން އެޓީމަކީ ވާރލްޑް ކަޕްގެ ފެވަރިޓެއްގެ ގޮތުގައި ގިނަ ބަޔަކު މިހާރު ދެކެއެވެ.

ކުއާޓާ ފައިނަލުގައި ފްރާންސާއި ދެކޮޅަށް އުރުގުއޭ ކުޅޭ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 19:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް