
| 4 ޖުލައި 2018 | ބުދަ 16:09 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވާން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ޑެއިލީ މިރަރއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރެއާލްއާ މެދު ހުރި ހިތްހަމަނުޖެހުންތަކާއި ގުޅިގެން ރޮނާލްޑޯ ހުރީ ރެއާލް ދޫކޮށްލަން ތައްޔާރަށެވެ. ހަމައެހެންމެ ސްޕެއިންގެ ޓެކްސް އިދާރާތަކުން އޭނާގެ މައްޗަށް އިއްވި ސަސްޕެންޑް ކުރެވިފައިވާ ދެ އަހަރު ދުވަހުގެ ޖަލު ހުކުމާއި 16.4 މިލިއަން ޕައުންޑްގެ ޖޫރިމަނާ ދެއްކުމަށް ކުރި ހުކުމްގެ ސަބަބުން އޭނާ ރެއާލް ދޫކޮށްލަން ބޭނުންވެއެވެ. މި މައްސަލައިގައި ރެއާލްއިން އޭނާއަށް ދެމުންދާ އެއްބާރުލުމާއި މެދު ރޮނާލްޑޯ ހިތްހަމަނުޖެހޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ ޔުވެންޓަސްއަށް ގެންދެވޭނެ ކަމުގެ 95 އިންސައްތަ ޔަގީންކަން އެޓީމަށް އެބައޮތެވެ. އެހެން ނަމަވެސް ރޮނާލްޑޯގެ އޭޖެންޓް ހޯޒޭ މެންޑޭސް ބޭނުންވަނީ އޭނާގެ ކުރީގް ކްލަބް މެންޗެސްޓާ ޔުނައިޓެޑް ނުވަތަ ފްރާންސްގެ ގަދަ ބާރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ވިއްކާލަން ކަމަށް ބެލެވެއެވެ. އޭނާ އަންނަނީ މިހާރު ވެސް ޔުވެންޓަސްގެ ސިޓީ ކަމަށް ޓުރިން އިން ގެޔެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ.
ރޮނާލްޑޯގެ ކުރިމަގާއި ގުޅޭގޮތުން ސުވާލުތަކެއް އުފެދުނީ ޖެހިޖިހިގެން ތިންވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދުމަށްފަހު އޭނާ މީޑިއާގައި ދެއްކި ވާހަކަތަކާއި ގުޅިގެންނެވެ. ދަނޑުމަތީގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން ރޮނާލްޑޯ ވަނީ ރެއާލްއަށް ކުޅެން ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ޝަރަފުވެރި ފުރުސަތެއް ކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ގޮތެއް ނިންމާނެ ކަމަށް ބުނެފައެވެ.
ސްޕެއިންގެ މަޝްހޫރު މަޖައްލާއެއް ކަމަށްވާ މާސާއާ ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ ފައިސާއަކީ ހުރިހާ އެއްޗެއް ނޫން ކަމަށާއި ފަސް ޗެމްޕިއަންސް ލީގާއެކު އޭނާއަށް މިހާރު ތާރީހުގެ ސަފްހާތަކުން ވެސް ޖާގަ ލިބިފައިވާ ކަމަށެވެ. އޭނާ ބުނީ އެއްވެސް ކަމެއް ގެރެންޓީ ނުކުރެވޭނެ ކަމަށާއި ކުރިޔައް އޮތް ދުވަސްތަކުގެ ތެރޭ އޭނާއާ ގުޅޭ ގޮތުން އެކި ވާހަކަ ދެކެވޭނެ ކަމަށެވެ.
ރޮނާލްޑޯ މިވަގުތު ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އޭނާގެ ރިލީޒް ފީއަކީ އެއް ބިލިއަން ޔޫރޯއެވެ. އެހެން ނަމަވެސް އޭނާ 100 މިލިއަން ޔޫރޯއަށް ވިއްކާލުމަށް ރެއާލްއިން އެއްބަސްވާނެ ކަމަށް ޔުވެންޓަސްއިން ދެކެއެވެ. ރެއާލްއިން މިހާރު ރޮނާލްޑޯއަށް ދެނީ އަހަރު 18.5 މިލިއަން ޕައުންޑްގެ މުސާރައެކެވެ. އޭނާ ޔުވެންޓަސްއަށް ގެންދިޔުމަށް އެ ކަލްބްއިން ވަނީ މި އަދަދު 26.5 މިލިއަން ޔޫރޯއަށް އިތުރު ކުރުމަށް ނިންމާފައެވެ. އޭނާ ޔުވެންޓަސްއަށް ބަދަލުވާނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ރޮނާލްޑޯ ހޯދުމަށް ޔުވެންޓަސްއިން ފައިސާ ހޯދުމުގެ ގޮތުން އެ ކްލަބަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ވިއްކާލާނެ ކަމަށް ބެލެވެއެވެ. މިހާރު ވެސް ހިގުއައިން ހޯދުމަށް ޔޫރަޕުގެ އެންމެ ބޮޑު ޓީމުތަކުން މަސައްކަތްކުރަމުންދާއިރު އޭނާ ފެނުން އެންމެ އެކަށީގެންވަނީ އިނގިރޭސިވިލާތުގެ ޗެލްސީއިންނެވެ.
ރޮނާލްޑޯއަކީ ރެއާލްގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށްވާއިރު އޭނާ ވަނީ އެޓީމަށް ގިނަ ކާމިޔާބުތަކެއް ހޯދައިދީފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް