21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ބްރޯޑްކާސްޓިންގ ކޮމިޝަން

ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!

  • އެވޯޑްތަކަށް ހުށަހެޅޭނީ ލައިސަންސް އޮތް ފަރާތްތަކަށް
  • އެންމެ މޮޅު ޑޮކިއުމެންޓްރީ އާއި އެންމެ މޮޅު ކަރަންޓް އެފެއާރޒް ޕްރޮގްރާމް ވެސް ހޮވާނެ
  • މެދު ނުކެނޑި އެންމެ ގިނަ ދުވަހު ފޮނުވި މުނިފޫހި ފިލުވުމުގެ ޕްރޮގްރާމް ވެސް ހޮވާނެ
މުހައްމަދު ފަޒީން | phaxyn

| 20 ޖެނުއަރީ 2017 | ހުކުރު 03:44 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  5. މިނިސްޓަރު އަލީ ވަހީދުގެ ކާފާފުޅު އުމުރުފުޅުން 100 އަހަރުގައި އަވަހާރަ ވެއްޖެ
  6. އައިޝްވަރިޔާ އާއި އަބީޝެކް ރާއްޖޭގައި
  7. ވިލިނގިލީ ބަނދަރު ހަލާކުވެ ރަށުތެރެއަށް އުދަ އަރަނީ
  8. ރައީސްގެ ދަތުރުފުޅަކީ އިންޑިއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް، ޚަރަދުތައްވެސް އެ ޤައުމުން!


ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުން -- ގޫގުލް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ)އިން ރާއްޖޭގެ އެންމެ މަގްބޫލް ޓީވީއާއި އަދި ރޭޑިއޯ ޗެނަލާއި އެންމެ މަގްބޫލު ޓީވީ އަދި ރޭޑިއޯ ޕްރެސެންޓަރު ހޮވާ ގޮތަށް ނިންމައިފި އެވެ.

އެމްބީސީން ބުނީ ގައުމު ބިނާކުރުމާއި، ޑިމޮކްރެސީ އާލާކުރުމާއި، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މައުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ މުހިއްމު ދައުރުގެ އަގު ވަޒަން ކުރުމާއި، މިސިނާއަތުގެ ތަރައްގީއަށް މަގުފަހި ކުރުމުގެ ގޮތުން ފާހަގަކުރާ ބްރޯޑްކާސްޓް ދުވަހުގައި ބްރޯޑްކާސްޓަރުންނަށް އެވޯޑްތަކެއް ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެމްބީސީ ހޮވާގޮތަށް ނިންމާފައިވަނީ ޕްރޮޑަކްޝަން ދާއިރާއިން އެންމެ މޮޅު ޑޮކިއުމެންޓްރީ ޕްރޮގްރާމް، އެންމެ މޮޅު ޚަބަރާއި ކަރަންޓް އެފެއާރޒް ޕްރޮގްރާމްގެ އިތުރުން އެންމެ މޮޅު މުނިފޫހި ފިލުވުމުގެ ޕްރޮގްރާމް އަދި މެދު ނުކެނޑި އެންމެ ގިނަ ދުވަހު ފޮނުވި ޕްރޮގްރާމްއަށް ދެވޭ އެވޯޑް އެވެ.

މީގެ އިތުރުން "ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުން، ކޮންމެ މީހެއްގެ ވެސް ޒިންމާއެއް" އެ ތީމްގެ ދަށުން މިއަހަރު އުފައްދާ އެންމެ މޮޅު ޕްރޮގްރާމް (ޓީވީ. ރޭޑިއޯ) އަށް ދެވޭ އެވޯޑް ވެސް ހިމެނެ އެވެ.

އިތުރު އެވޯޑްތަކުގެ ތެރޭގައި ހިމެނެނީ ޓީވީ އާއި ރޭޑިއޯ ޗެނަލްތަކުގެ ތެރެއިން އަހަރުގެ ބްރޯޑްކާސްޓިންގ ޗެނަލް އެވޯޑާއި އެންމެ މަގްބޫލް ޕްރެސެންޓަރ  އެވޯޑް އަދި ބްރޯޑްކާސްޓިންގ ދާއިރާއަށް ގިނަ ހިދްމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތަށް ދޭ އެވޯޑް އެވެ.

އެމްބީސީން ބުނީ އެ އެވޯޑްތަކަށް ހުށަހެޅޭނީ ލައިސަންސް ދޫކޮށްފައިވާ ބްރޯޑްކާސްޓިންގ ސްޓޭޝަންގެ ޗެނަލްތަކަށް ކަމާއި އެވޯޑަށް ކުރިމަތި ލުމުގައި ބަލާނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 4 އިން ފެށިގެން މިއަހަރުގެ ޖުލައި 31 ވަނަ ދުވަހާ ދެމެދު އުފައްދާފައިވާ ޑޮކިއުމެންޓްރީތަކާއި ޕްރޮގްރާމްތަކަށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް