19 ސެޕްޓެންބަރ 2018 | ބުދަ | 14 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ގްރޭޓް މާޗް އޮފް ރިޓަރން

ގްރޭޓް މާޗް އޮފް ރިޓަރން: މުޒާހަރާކުރި ޣައްޒާގެ އަންހެނުންތަކެއް އިސްރާއީލު ސިފައިން ޒަޚަމްކޮށްލައިފި

  • މަދުވެގެން 134 މީހަކު ޒަޚަމްކޮށްލާފައިވޭ
  • މިއީ 30 މާޗްގެ ފަހުން ޣައްޒާގައި އަންހެނުން ބޭއްވި އެއްމެ ބޮޑު އެއްވުން
އަބުދުﷲ މުހައްމަދު | 8Abbo

| 4 ޖުލައި 2018 | ބުދަ 12:12 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  8. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި


އިސްރާއީލާއި ފަލަސްތީނު ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައި ގައްޒާގެ ރައްޔިތުން މުޒާހަރާކުރަނީ -- އޭޕީ

އިސްރާއީލުން ހިސާރުކޮށްފައިވާ ޣައްޒާގެ ސަރަހައްދީ ރޮނގުގެ ކައިރީގައި އަންހެނުތަކެއް ބޭއްވި ހިނގާލުމަކަށް އަމާޒުކޮށް އިސްރާއީލުން ބަޑިން ހަމަލާދީ މަދުވެގެން 134 މީހަކު ޒަޚަމްކޮށްލައިފިއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ޤުދުރާ އަންގާރަ ދުވަހު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވީ ޒަޚްމްވި މީހުންގެ ތެރޭގައި ހަރަކާތް ކަވަރު ކުރަމުންދިޔަ ނޫސްވެރިން ވެސް ހިމެނޭ ކަމަށެވެ.

މިއީ އިސްރާއީލުގައި ތިބި ފަލަސްތީނުގެ ރެފިއުޖީން އަނބުރާ އެމީހުންގެ ވަޒަނަށް ދިއުމުގެ ހައްގުދިނުމަށް ގޮވާލައި މާޗު މަހުގެ 30 ވަނަ ދުވަހު" ގްރޭޓް މާޗް އޮފް ރިޓަރން" ގެ ނަމުގައި ފަލަސްތީނުން ފެށި މުޒާހަރާތަކުގެ ތެރޭގައި އަންހެނުން ބޭއްވި ފުރަތަމަ ބޮޑު އެއްވުމެވެ.

ގްރޭޓް މާޗް އޮފް ރިޓަރންއަކީ 1948 އިސްރާއީލް އުފަންކުރުމުގައި ހިންގާފައިވާ ވަކި އަގީދާއެއްގެ ބަޔަކު ނެތިކޮށްލުމުގެ ހަރަކާތުގެ ތެރެއިން އަމިއްލަ ވަޒަން ދޫކޮށްދާން މަޖުބޫރުވި 750،000 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ގެދޮރަށް އެނބުރި ދިއުމުގެ ހައްގު ދިނުމަށް ގޮވާލައި ކުރާ މުޒާހަރާތަކެކެވެ.

މީގެ އިތުރުން މިހާރު ކުރަމުންދާ މުޒާހަރާތަކަކީ ގައްޒާގެ ސަރުކާރު ހިންގަމުންދާ ހަމާސް ޖަމާއަތުން 2006 އަހަރު ވެރިކަމަށް އައި ފަހުން އިސްރާއީލުން ޣައްޒާ ހިސާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންދިއުމަށް ވެސް ގޮވާލަމުންދާ މުޒާހަރާތަކެކެވެ.

ދެ މިލިނަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ޣައްޒާގެ އަންހެނުން ސަރަހައްދީ ރޮނގުގެ ފެންސް ކައިރިއަށް ގޮސްފައި ވަނީ ބަސްތަކުގައި އެމީހުންގެ ކުޑަކުދީންނާ ވެސް އެކުއެވެ.

މާޗް މަހުގެ 30 ވަނަ ދުވަހު މުޒާހަރާތައް ފެށި ފަހުން އިސްރާއީލުގެ ފައުޖުތަކުން ވަނީ ފަލަސްތީނުގެ މަދުވެގެން 138 މީހުން މަރާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް