19 ނޮވެންބަރު 2018 | ހޯމަ | 07 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

މެކްސިކޯގެ އައު ރައީސް

މެކްސިކޯގެ ރައީސް ބޮޑީގާޑުންނާ ދުރުވެ، އާންމުންގެ ހިމާޔަތުގެ ދަށަށް!

  • ކާރުގައި ލޯޕެޒް ދަތުރު ކުރައްވަނީ ކުރީ ސީޓުގައި
  • ތަންތަނަށް ވަޑައިގަންނަވާ އިރު ބޮޑީގާޑުންނެއް ނުގެންދަވާ
  • ކުށްވެރިިންނާއި ކުށްކުރުން ގިނަ ވެށިތަކަށް ޒިޔާރަތްކުރައްވައި އެމީހުންގެ މައްސަލަތައް ދެނެގަނޭ
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 4 ޖުލައި 2018 | ބުދަ 11:36 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ


މެކްސިކޯގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރައީސްކަމާ ހަވާލުވާން ތައްޔާރުވެފައިވާ އަންދުރެސް މެނުއަލް ލޯޕެޒް އޮބްރެޑޯ ރެލީއެއްގައި -- ފޭސްބުކް

މެކްސިކޯގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރައީސްކަމާއި ހަވާލުވެވަޑައި ގަންނަވަން ތައްޔާރުވެފައިވާ އެންޑްރެސް މެނުއަލް ލޯޕެޒް އޮބްރެޑޯ ސިފައިންގެ ބޮޑީގާޑުންނާ ދުރުވެވަޑައިގެން، އާންމުންގެ ހިމާޔަތަށް އެދިވަޑައިގެންފިއެވެ.

އަންގާރަ ދުވަހު ރިޔާސީ ގަނޑުވަރުން ނިކުމެވަޑައިގަނެ، ވޯލްކްސް ވޭގަން ކާރުގެ ކުރީ ސީޓުގައި ދަތުރު ކުރެއްވި ލޯޕެޒްއަށް މަރުހަބާ ދެންނެވުމަށް އެތަކެއް ހާސް ސަޕޯޓަރުން ވަނީ ނިކުމެފައެވެ. އެ ކާރު ވަށާލައި އެތަކެއް ހާސް މީހުން ލޯޕެޒްއަށް ތަހުނިޔާ ކިޔަމުން ދިޔައިރު، ލޯޕެޒް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެ ސަރަހައްދުގައި އެންމެ ބޮޑީގާޑެއް ވެސް ހަރަކާތްތެރި ވެފައެއް ނުވެއެވެ.

އާދިއްތަ ދުވަހު ހޯދި ކާމިޔާބަށް ފަހު ލޯޕެޒް ވަނީ ގައުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމަވާފައެވެ. އޭގެ ތެރޭގައި މެކްސިކޯގެ އާންމު ވެފައިވާ ކޮރަޕްޝަނާއި އަނިޔާވެރިކަން ނައްތާލުމަށް ވައުދު ވެވަޑައިގަތެވެ. އަދި ކުރީގެ ރައީސުން ގެންގުޅުނު އަމިއްލަ ސަލާމަތާއި ރައްކާތެރިކަމުގެ ސިޔާސަތަށް ލޯޕެޒް އަމަލު ނުކުރެއްވުމަކީ މެކްސިކޯގެ ދޯހަޅި އާދަކާދަތައް ބޯނުލަބާކަން  ދައްކުވައިދޭ އެއް މިސާލެވެ.

މެކްސިކޯގެ ރިކޯޑްތައް ބަލަހައްޓަން ފެށީއްސުރެން އެ ގައުމުގެ ހަޔާތުގައި މި އަހަރަކީ އެންމެ ނުރައްކާތެރި އަހަރަށް ވީއިރުވެސް ލޯޕެޒްގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ޔަގީން ކުރުމަށް ބޮޑީގާޑުން ނުގެން ގުޅުމާއި ގުޅިގެން އާންމުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ރިޔާސީ އިންތިޚާބުން ބަލިވި، އެގައުމުގެ ސިޔާސީ ދާއިރާގެ ބޮޑުބައެއް ކޮންޓްރޯލް ކުރާ ޕާޓީގެ ކެންޑިޑޭޓް އަދި މެކްސިކޯގެ މިވަގުތުގެ ރައީސް ރީކޭ ޕެންޔެން ނޭޓޯއާ ވާހަކަފުޅު ދައްކަވަމުން ލޯޕެޒް ވިދާޅުވީ "ރައްޔިތުން އެބޭފުޅާ ހިމާޔަތް ކުރައްވާނެ ޔަގީން ކަން އެބައޮތް ކަމަށާއި އިންސާފުވެރި، ވެރިކަމެއް ގާއިމް ކުރަން މަސައްކަތް ކުރާ މީހަކު ބިރުގަންނަން ޖެހޭނެ އެއްވެސް ކަމެއް ނޯންނާނެކަމަށެވެ."

އުމުރުން 64 އަހަރުގެ ލޯޕެޒް ވަނީ ގައުމުގެ ބާރުތައް މުއްކަވައިގެން އުޅޭ މީހުންގެ ބާރުވެރިކަން ނައްތާލުމަށް ވައުދުވެ ވަޑައިގެންފައެވެ. އެގޮތުން ރިޔާސީ ގަޑުވަރާއި ރައީސްއަށް ޚާއްސަ ކޮށްފައި އޮންނަ މަތިންދާބޯޓު ނައްތާލުމާއެކު ރައީސް ކަމަށް އިންތިޚާބު ވުމުން، މިހާރުގެ ރައީސް ޕެންޔެން ނޭޓޯގެ މުސާރައިގެ ދެބައި ކުޅަ އެއްބައި ނެންގެވުމަށް ވެސް ލޯޕެޒް ވަނީ ނިންމަވާފައެވެ.

މެކްސިކޯގެ އާންމުންގެ އިހްސާސްތައް ދެނެގަނެގެން މަސައްކަތް ކޮށްފައިވާ އެ ގައުމުގެ މޭޔަރު، ލޯޕެޒް ވަނީ މީގެ ކުރިން ދެފަހަރަށް ރިޔާސީ އިންތިޚާބުގައި ބައިވެރި ވެވަޑައިގެންފައެވެ. އޭރު ވެސް ލޯޕެޒްއަކީ އާންމުންނާއި ވަރަށް ގުޅޭ މިޒާޖެއްގެ ބޭފުޅެކެވެ. ފާއިތުވި ދުވަސްތަކުގައި ގިނަ އަދަދެއްގެ ސިޔާސީ މީހުން މަރަމުން ދިޔައިރުވެސް، ލޯޕެޒް ވަނީ ކުށްވެރިން އުޅޭ ވެށިތަކަށް ވެސް ޒިޔާރަތް ކޮށްފައެވެ.

ލޯޕެޒްގެ ސިޔާސަތުތަކަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތާއީދެއް ލިބިފައިވާއިރު، ބައެއް މީހުން ދަނީ ލޯޕެޒް ސަލާމަތާއި ރައްކާތެރިކަން ވަރުގަދަ ކުރުމަށް ގޮވާލަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް