21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ޕީޕީއެމް

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

  • އެ އެންގުން ލިޔުމުން ދޭން ފުލުހުން އެއްބަސް ނުވި
  • ޕާޓީގެ ރައީސަށް އެޕާޓީގެ މެންބަރުންނާއި ބައްދަލު ނުކުރެވޭނެ އެއްވެސް ޖާގައެއް ނެތް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 20 ޖެނުއަރީ 2017 | ހުކުރު 03:32 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  4. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  5. މިނިސްޓަރު އަލީ ވަހީދުގެ ކާފާފުޅު އުމުރުފުޅުން 100 އަހަރުގައި އަވަހާރަ ވެއްޖެ
  6. އައިޝްވަރިޔާ އާއި އަބީޝެކް ރާއްޖޭގައި
  7. ވިލިނގިލީ ބަނދަރު ހަލާކުވެ ރަށުތެރެއަށް އުދަ އަރަނީ
  8. ރައީސްގެ ދަތުރުފުޅަކީ އިންޑިއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް، ޚަރަދުތައްވެސް އެ ޤައުމުން!


ޕީޕިއެމްގެ ނައިބް ރައީސް އައިމިނަތު ނާދިރާ -- ވީނިއުސް

ޕީޕީއެމްގެ ރައީސް މައުމޫން އާންމު މެންބަރުންނާއި ބައްދަލު ކުރުމަށް ހަމަޖެހިފައި ވަނިކޮށް އެ ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް ކަމަށް އެޕާޓީގެ މައުމޫން ފެކްޝަނުން ބުނެފިއެވެ.

ބުދަ ދުވަހުގެ ރޭ ޕީޕީއެމް އޮފީހުގައި އެޕާޓީގެ ރައީސް މައުމޫން އާންމު މެންބަރުންނާއި ބައްދަލު ކުރުމަށް ހަމަޖެހިފައި ވަނިކޮށް އެ ބައްދަލުވުން ނުބޭއްވޭނެ ކަމަށް ބުދަ ދުވަހު ދެ ފުލުހަކު ގޮސް އެންގުމުން އެކަމާއި ގުޅިގެން ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނާދިރާ ވިދާޅުވީ މައުމޫން ފިޔަވާ އިތުރު އެއްވެސް މީހަކަށް ބުދަދުވަހުގެ ރޭ ކ. ތެމާއަށް ނުވަދެވޭނެކަށެވެ. މީގެ އިތުރުން މީޑިއާއަށްވެސް ތެމާއަށް ނުވަދެވޭނޭކަމަށް ފުލުހުން ބުނެފައިވާކަމަށް ނާދިރާ ވިދާޅުވިއެވެ.

އެ އެންގުން ލިޔުމުން ދޭން ފުލުހުން އެއްބަސް ނުވި ކަމަށް ނާދިރާ ވިދާޅުވިއެވެ.

ރައްޔިތުންގެ ތާއީދު ރައީސް ޔާމީނަށް އޮތްކަމަށް ބުނާއިރު މަދު ބަޔަކު ބާޢްވަން އުޅޭ ހަފްލާއަކަށް ހުރަސް އަޅަން ޖެހޭނީ ކީއްވެތޯ ނާދިރާ ވަނީ ސުވާލު އުފައްދަވާފައެވެ.

ނޫސްވެއރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބް ލީޑަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ މި ސަރުކާރުން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފަހަތަށް ޖެއްސެވުމަށްޓަކައި މަސައްކަތްތަކެއް ކުރައްވާކަމީ ފެންނަން އޮތް މިއަދުގެ ހަގީގަތް ކަމަށެވެ.

ވައްޑޭ ވިދާޅުވީ ރައީސް މައުމޫން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އެމަނިކުފާނު ހުންނަވާނީ ރައްޔިތުންނާއި އެކުގައި ކަމަށެވެ.

އަދި އެމަނިކުފާނު ސާބިތުކަމާއިއެކު މަސައްކަތް ކުރައްވާ ކަމީ އެކަމުގެ ވަރުގަދަ ހެއްކެއް ކަމަށް ވަހީދު ވިދާޅުވިއެވެ.

ރައީސް މައުމޫނަށް ރަން 30 އަހަރުގެ ބާނީ ވިދާޅުވި ޕީޕީއެމްގެ ގިނަ މަޖިލީސް މެންބަރުން މއަދު އެމަނިކޔުފާނަށް އެކަށީގެންނުވާ ބަހުރުވަތަކުން ވާހަކަ ދައްކާ އެބޭފުޅުން ވިދާޅުވާ ބަހެއް ނުވަތަ އެބޭފުޅުން ވިދާޅުވާ ގޮތަކަށް ނޫނީ ބަހެއް ބުނެފި ފެނިގެން މިދަނީ ކުއްވެރިއަކަށް ވެގެންދާތަން ކަމަށެވެ.

އަދި އޯޑަރުތައް އަންނަނީ ކޮންގޮތަކުން ކޮންފަރާތަކުން ކަމެއް ވެސް ނޭންގޭ ކަމަށް ވައްޑޭ ވިދާޅުވިއެވެ.

 

މި  ބައްދަލުވުމގައި ވާހަކަ ދައްކަވަމުން ޔުމްނާ މައުމޫން ވިދާޅުވީ ޕާޓީގެ ރައީސަކީ 2013 ވަނަ އަހރުގެ ޖެނުއަރީ ބޭއްވުނު ޕާޓީގެ ގައުމީ ޖަލްސާއިން ވަރަށް ފުރިހަމަ އަގްލަބިއްޔަތަކުން އިންތިޚާބްވެ ވަޑައިގެން ހުންނެވި ރައީސް އެއް ކަމަށާއި

 ޕާޓީގެ އަސާސީ ގަވާއިދުގެ 51 ވަނަ މާއްގެ ހ އަދި ށ އިން ޕާޓީގެ ރައީސްއަށް ލިބިދީފައިވާ ބާރުގެ ދަށުން ޕާޓީގެ ރައީސަށް އެޕާޓީގެ މެންބަރުންނާއި ބައްދަލު ނުކުރެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.

ޔުމްނާ ވިދާޅުވީ އާންމު މެންބަރުންގެ ޚިޔާލް ހޯދާ މެންބަރުންގެ ހިޔާލާއި އެއްގޮތަށް ޕާޓީގެ ކަންކަން ކުރިއަށް ގެންދެވޭތޯ ޕާޓީގެ ރައީސް  ވަރަށް ބޮޑަށް ބައްލަވާ ކަމަށެވެ.

މިރޭގެ ޖަލްސާ ކުރިއަށް ނުގެންދިއުމަށް ނިންމެވީ އެކަމިގެ ތެރޭގައި ބަޔަކަށް އަނިޔާވެ ބަޔަކު ހައްޔަރުކޮށް އެހިސާބަށް ކަންކަން ދާކަށް ޕާޓީގެ ރައީސް ބޭނުންފުޅުވެ ވަޑައެއް ނުގަންނަވާތީ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

 

އެހެން ކޮންމެވެސް ގޮތަކުން އާންމު މެންބަރުންނައި ބައްދަލުކޮށް ޚިޔާލް ހޯއްދަވާނެ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް