17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ބޮލީވުޑް

މެންޓަލް ހޭ ކިޔާ ރިލީޒް ކުރާ ދުވަސް ވީޑިއޯއަކުން!

  • ވީޑިއޯގައި އިއުލާން ކޮށްފައިވާ ތާރީޚަކީ 22 ފެބްރުއަރީ 2019
އަޒްލިފާ އަބްދުﷲ | AzuAzlifa

| 4 ޖުލައި 2018 | ބުދަ 08:02 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. ރައީސްގެ ނިންމެވުމަށް ތައުރީފު
  8. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި


ކަންގަނާ ރަނައުޓް އަދި ރާޖްކުމާރު ރާއޯ -- ގޫގުލް

ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ކަންގަނާ ރަނައުތް އަދި ރާޖްކުމާރް ރާއޯ ލަންޑަންގައި މިހާރު ޝޫޓް ކުރަމުންދާ ފިލްމް "މެންޓަލް ހޭ ކިޔާ" ރިލީޒްކުރާ ދުވަސް އިއުލާން ކޮށްފިއެވެ.

މި ފިލްމް އުފައްދާ ބަލާޖީ މޯޝަން ޕިކްޗާރސް އިން ހިއްސާ ކޮށްފައިވާ ވީޑިއޯގައި އިއުލާންކޮށްފައިވާ ތާރީޚަކީ 22 ފެބްރުއަރީ 2019 އެވެ.

މި ވީޑިއޯގައި ފެނިގެން ދަނީ ކަންގަނާ އާއި ރާޖްކުމާރު ކުރީ ޒަމާނުގެ ފެޝަނަށް ހުރި މެރޫންއަކަށް ދާ ހެދުމެއް ލައިގެން ތިއްބައެވެ. އަދި ބޮލުގައި ވަރަށް ގިނައިން ތެޔޮލާފައި ހުރިކަން ފާހަގަ ކުރެވެއެވެ.

ވީޑިއޯގައި މި ދެތަރިން ފަސްފަހަތަށް ހިނގަމުން އައިސް އެކަކު އަނެކަމުގެ ގައިގައި ޖެހޭ މަންޒަރު ފެނިގެން ދެއެވެ. ޖެހުމާ އެކު އެކަކު އަނެކަކާ ދިމާއަށް "ކަލޭ މޮޔަ ހޭ؟" ކިޔާ ހަޅޭ ލަވައެވެ.

މިވީޑިއޯގައި އެ ދެތަރިން އަންނަ ފެބްރުއައީގައި "މެންޓަލް ހޭ ކިޔާ" ރިލީޒް ކުރާ ވާހަކަ ބުނެއެވެ.

ޕްރަކާޝް ކޮވެލަމުޑީ ޑައިރެކްޓްކުރާ މި ފިލްމަކީ ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ފިލްމެކެވެ.

މީގެ ކުރިން ކަންގަނާ އާއި ރާޖްކުމާރު އެކުގައި  ވަނީ ވިކާސް ބާލްގެ ފިލްމް "ކްއީން" އިން ފެނިގެން ގޮސްފައެވެ.

ފިލްމުގެ ޕޯސްޓަރުންނާއި ވީޑިއޯ އިން އެ ދެތަރިން ފެންނަ އާދަޔާ ޚިލާފު ގޮތުން "ކްއީން" އާއި ވަރަށް ތަފާތު ވާނެ ކަމަށް ބެލެވެއެވެ.

މި ސައިކޮލޮޖިކަލް ތުރިލާގެ ޕްރޮޑިއުސަރު އޭކްތާ ކަޕޫރު ބުނެފައި ވަނީ މިފިލްމުގައި ކަންގަނާ އާއި ރާޖް ކުމަރާ އެކު މަސައްކަތް ކުރަން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

 މި ދެތަރިންނަކީ ވެސް ނެޝަނަލް އެވޯޑް ހާސިލް ކޮށްފައި ތިބި ދެ ތަރިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް