18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ބޮލީވުޑް

އާލިއާ އާއި ސިދާތް އަނެއްކާވެސް ދިމާވެއްޖެ. ރަންބީރަށް ވާނީ ކިހިނެތް؟

  • އާލިއާ އާއި ސިދާތް އާއި ދެމެދު އެއްވެސް ކަހަލަ އުނދަގޫކަމެއް ފެންނަން ނެތް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 4 ޖުލައި 2018 | ބުދަ 07:02 | |

މަގުބޫލް

  1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު -- ހިންދުސްތާނީ ޓައިމްސް

ބޮލީވުޑްގެ ދެތަރިން ކަމަށްވާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ އަކީ މިދުވަސްވަރު އެންމެ ގަދައަށް ދެކެވެމުންދާ އެއް ވާހަކަ އެވެ.

މި ދިޔަ އަހަރާއި ހަމައަށް އާލިއާ އުޅުނީ އޭނާގެ ފުރަތަމަ ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔަރ" އިން ފެނިގެންދިޔަ ކޯސްޓާރ ސިދާތް މަލޯތްރާ އާއި ރައްޓހިވެގެން ނެވެ.

މިދެތަރިން ރުޅިވެފައިވާތާ އަހަރެއްހާ ދުވަސް ފަހުން މި ދެތަރިން ވަނީ ނޭގި ތިބެ އެކުއެކީގައި އާކްޝް އަންބާނީ އާއި ޝްލޮކާ މެހެތާގެ އެންގޭޖްމެންޓް ޕާޓީ އަށް ދެވިފައެވެ.

ރިޕޯޓް ތައް ބުނާގޮތުން އާލިއާ، ސިދާތް، އަދިތްޔަ ރޯއީ ކަޕޫރު، ޝްރައްދާ ކަޕޫރު އަދި ޕަރްނީތީ ޗޯޕްރާ މި ޕާޓީގައި މަޖާކުރަމުންދަމަންޒަރު ވަނީ ފެނިގެން ގޮސްފައެވެ.

ފެންނަ ފެނުމަށް ބަލާއިރު އާލިއާ އާއި ސިދާތް އާއި ދެމެދު އެއްވެސް ކަހަލަ އުނދަގޫކަމެއް ފެންނަން ނެތް ކަމަށް ޚަބަރުތައް ބުނެއެވެ.

އެދެމީހުން ބައްދާލާ ވާހަކަ ދައަކަމުންދާ މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ.

އަދި މި ދެތަރިނަނަށް ލައިގެން ތިބެވުނު  ހެދުމުގެ ކުލަވެސް ވަނީ ގުޅިފަ އެވެ. ކްރީމް ކުލައިގެ އެމްބްރޮއިޑޭޑް ހެދުމެއް އާލިޔާ ލާފައި ހުރިއިރު ސިދާތްގެ ހެދުމުގެ ކުލައަކީވެސް ކްރީމް އާއި ވައިޓެވެ.

ސިދާތް އާއި އާލިއާގެ ރައްޓެހިންނާއި އެކު ވަގުތު ހޭދަކުރުމަށްފަހު ކުޑައިރުކޮޅެއް ފަހުން އާލިއާ ފެނިގެން ދިޔައީ ހާލަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފާ އޭނާގެ މިހާރުގެ ލޯބިވެރިޔާ ރަންބީރާއި، މަންމަ ނީތޫ ސިންގް އާއި "ބްރަމާސްތްރަ" ގެ ޑައިރެކްޓަރ އަޔާން މުކަރުޖީ އާއި ގުޅުނު ތަން ކަމަށް ރިޕޯޓް ތައް ބުނެއެވެ.

ދާދި ފަހުން ރަންބީރު ވަނީ އޭނާ އާއި އާލިއާ އާއި ރައްޓެހިވެގެން އުޅޭ ކަމަށް ބުނެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް