24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

ފީފާ ވާރލްޑް ކަޕް 2018

ޕެނަލްޓީ ޖަހައިގެން ވާރލްޑްކަޕްގައި ބަލިވުމުގެ ތާރީޚު ނިމުމަކަށް ގެނެސް، އިންގްލެންޑް ކުއާޓަރ ފައިނަލަށް

  • ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުން ކުރެ ކޮންމެ ޓީމަކުން ވަނީ 1 ގޯލް ޖަހާފައި
  • ޕެނަލްޓީ ޖަހައިގެން އިންގްލެންޑް މެޗު ކާމިޔާބުކުރީ 4 - 3 އިން
  • ކުއާޓަރގައި ސްވިޑަންއާއި ދެކޮޅަށް އިންގްލެންޑް ނިކުންނާނީ އަންނަ ހޮނިހިރު ދުވަހު
މިއުވާން މުހައްމަދު | Miuvaan

| 4 ޖުލައި 2018 | ބުދަ 03:17 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  3. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  4. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  7. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  8. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟


ކޮަލަމްބިއާގެ ކާލޯސް ފޮނުވާލި ޕެނަލްޓީ އިންގްލެންޑްގެ ޖޯޑަން ޕިކްފަރޑް މަތަކުރަނީ -- އޭޕީ

ވާރލްޑް ކަޕްގައި ޕެނަލްޓީ ޖަހައިގެން ދުވަހަކުވެސް މޮޅުނުވުމުގެ ތާރީޚު ނިމުމަކަށް ގެނެސް، އިންގްލެންޑުން ކޮލަމްބިއާ ބަލިކޮށް ރަޝިޔާގައި ކުރިއަށްދާ ވާރލްޑްކަޕްގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ ކޮލަމްބިއާއާއި ދެކޮޅަށް ދެވަނަ ބުރުގައި އިންގްލެންޑް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ކުޅުނީ 1-1 އިން ދެ ޓީމް އެއްވަރު ވެގެންނެވެ. 

މެޗުގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއެއްގައި ދެވަނަ ހާފްގައި މެޗުގެ 57 ވަނަ މިނެޓްގައި ކާމިޔާބުކުރީ އިނގިރޭސި ކެޕްޓަން ހެރީ ކޭންއެވެ. މި ޕެނަލްޓީއަކީ ކޮލަމްބިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ކާލޯސް ސަންޗޭޒް ހެރީ ކޭންއަށް ފައުލްކުރުމާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. އެއަށްފަހު އިންގްލެންޑުން ވަރުގަދަ ކުޅުމެއް ދައްކަމުން ދަނިކޮށް 90 މިނެޓް ހަމަވިއިރު 1 - 0 އިން ކުރީގައި އޮތީ އިންގްލެންޑެވެ. ފަސޭހަކަމާއިއެކު އިންގްލެންޑް ކުއާޓަރ ފައިނަލަށް ދަތުރުކުރީކަމަށް ހީވެފައިވަނިކޮށް އިތުރު ވަގުތުގެ 3 ވަނަ މިނެޓްގައި ހުއާން ކުއަޑްރާޑޯ ނަގައިދިން ކޯނަރެއް ޔެރީ މިނާ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ކޮލަމްބިއާއިން ނަތީޖާ ހަމަހަމަކުރިއެވެ. މި ކޯނަރ ނެގި ވަގުތު ކީޕަރު ޑޭވިޑް އޮސްޕީނާވެސް ހިމެނޭ ގޮތަށް ކޮލަމްބިއާގެ މުޅި ޓީމު ކުރިއަށް ނިކުތެވެ. 

މިއީ މިނާ މި ވާރލްޑްކަޕްގައި ބޮލުން ގޯލަށް ފޮނުވާލި 3 ވަނަ ގޯލެވެ. މިނާ ގޯލް ޖެހިއިރު އިންގްލެންޑްގެ ކިއެރަން ޓްރިޕަރ ގޯލް ރޮނގު މަތީގައި ހުރިނަމަވެސް އޭނާއަށް އެބޯޅަަ ނުހުއްޓުވުނެވެ. މިނާ ވަނީ އޭނާ ވާރލްޑްކަޕްގައި ކުޅުނު 3 މެޗުގައިވެސް ބޮލުން ގޯލް ޖަހާފައެވެ.

ފުރަތަމަ 90 މިނެޓްގައި ވަރުގަދައަށް ކުޅުނުނަމަވެސް ނަތީޖާ ނެރެން ކުޅުން އިތުރު ވަގުތުގައި އެޓީމް ފެނުނީ ބަލިކަށިކޮށެވެ. ޕެނަލްޓީއަކަށް ނުގޮސް މެޗު ނިންމާލަން ޑެނީ ރޯސް އަދި ޑަޔަރ އަށް ލިބުނު ފުރުސަތުތައް ވީ ބޭކާރެވެ. 

ސްޕާރޓަކް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި އިންގްލެންޑް ޓީމުގެ ހެންޑަރސަން ފޮނުވާލި ޕެނަލްޓީ ކޮލަމްބިއާގެ ކީޕަރު އޮސްޕީނާ ދިފާޢުކުރިއެވެ. އެހެން ނަމަވެސް ޖެހިގެން އައި ޕެނަލްޓީ ކޮލަމްބިއާގެ މެޓިއަސް އުރީބޭ ފޮނުވާލުމުން ގޮސް ހުރަސް ދަނޑީގައި ޖެހި ބޭރުވިއެވެ. 

4 - 3 އިން އިންގްލެންޑް މެޗް ކާމިޔާބުކުރިއިރު، މިމެޗަކީ ގިނަ ކާޑުތަކެއް ފެނުނު މެޗެކެވެ. ކޮލަމްބިއާގެ 6 ކުޅުންތެރިއަކަށް އަދި އިނގިރޭސި 2 ކުޅުންތެރިއަކަށް މިމެޗުގައި ރީނދޫ ކާޑު ދެއްކިއެވެ. އަދި ހެރީ ކޭންއަށް އެކަނިވެސް މިމެޗުގައި 9 ފައުލްކުރިއެވެ. ކޮލަމްބިއާއިން ޖުމްލަ 23 ފައުލްކުރިއިރު އިންގްލެންޑުންވެސް ވަނީ 13 ފަހަރު ފައުލްކޮށްފައެވެ.

މިމެޗުގައި ހެރީ ކޭން ޖެހި ގޯލަކީ މި ވާރލްޑްކަޕްގައި އޭނާ ޖެހި 6 ވަނަ ގޯލެވެ. އަދި ހެރީ ކޭން ވެގެންދިޔައީ 1939 ވަނަ އަހަރުގެ ފަހުން އިނގިރޭސި ޖާރޒީގައި ނިކުމެ ޖެހިޖެހިގެން 6 މެޗުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. 

ކުއާޓަރއަށް ދަތުރުކުރެވުމުން އިންގްލެންޑް ޓީމުން އުފާފާޅުކުރަނީ. ފޮޓޯ: އިންގްލިޝް އެފްއޭ

އިންގްލެންޑްގެ ޓީމަށް ފައިނަލާއި ހަމަޔަށް ދަތުރުކުރުމުގައި ވާރލްޑްކަޕް ކާމިޔާބުކޮށްފައިވާ ޓީމަކާއި ބައްދަލުކުރާކަށް ނުޖެހޭނެއެވެ. 

ކުއާޓަރ ފައިނަލްގައި ސަމާރާގައި އަންނަ ހޮނިހިރު ދުވަހު އިންގްލެންޑް ނުކުންނާނީ ސްވީޑަންއާއި ދެކޮޅަށެވެ. މި މެޗުން މޮޅުވާ ޓީމެއް ނުކުންނާނީ ކްރޮއޭޝިއާ ނުވަތަ މުބާރާތް ބާއްވާ ޤައުމުކަމަށްވާ ރަޝިޔާއާއި ދެކޮޅަށެވެ. 

މިމެޗުގެ ކުރީކޮޅު ރެފްރީއަށް މެޗުގެ ކޮންޓްރޯލް ގެއްލުނުކަމަށް ބައެއް ކޮމެންޓޭޓަރުން ފާހަގަކުރިއެވެ. ޚާއްސަކޮށް މައްސަލަތައް ޖެހޭ ވަގުތު އަވަސް ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ދެ ޓީމުގެ ކުޅުންތެރިންނާއި މަޝްވަރާކުރުމުގައި ރެފްރީ ވަގުތު ހޭދަކުރިކަން ބައެއް ކޮމެންޓޭޓަރުން ފާހަގަކުރިއެވެ. 

މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވާފައިވަނީ އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭންއެވެ.

މިއީ 2006ގެ ފަހުން ވާރލްޑް ކަޕްގެ ކުއާޓަރ ފައިނަލަށް އިންގްލެންޑް ކޮލިފައިވި ފުރަތަމަ ފަހަރެވެ. އަދި މިއީ 1990 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ސެމީ ފައިނަލަށް ދިޔަ ފަހުން އެޓީމަށް ވާރލްޑް ކަޕް ކާމިޔާބުކުރުމަށް ލިބޭ އެންމެ ރަނގަޅު ފުރުސަތުކަމަށް ބައެއް ކޮމެންޓޭޓަރުން ފާހަގަކުރެއެވެ. 

ވާރލްޑްކަޕް ކުއާޓަރ ފައިނަލްގެ މެޗުތައް ކުޅޭނީ އަންނަ ހަފްތާ ބަންދުގައެވެ. ކުއާޓަރގެ ފުރަތަމަ މެޗުގައި އުރުގުއާއީ ނިކުންނާނީ ހުކުރު ދުވަހު ފްރާންސްއާއި ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި އެރޭ ބްރެޒިލް ނިކުންނާނީ ބެލްޖިއަމްއާއި ދެކޮޅަށެވެ.

ހޮނިހިރު ދުވަހު ސްވިޑަންއާއި އިންގްލެންޑް ކުޅޭއިރު، އެރޭ ރަޝިޔާ އަދި ކްރޮއޭޝިއާ ބައްދަލުކުރާނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް