20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ރިޔާސީ ކެމްޕެއިން

ރައްޔިތުންނަށް ކުރީ އަނިޔާ، މިއަދު ގެއަށް ވަނީމަ ފޮނުވާލުން ގޯހެއް ނޫން

 • ބޭ އިންސާފުން އެތައް ބަޔަކު ވަނީ ޖަލަށް ލާފައި
 • ފުލުހުން ލައްވާ އެތައް ބަޔަކަށް އަނިޔާ ދީފައިވޭ
 • މިއަދު ސަރުކާރުގެ އިސް މީހުން ދެކެން ވެސް ބައެއް މީހުން ބޭނުމެއް ނުވޭ
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 4 ޖުލައި 2018 | ބުދަ 01:33 | |

މަގުބޫލް

 1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
 2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
 3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
 4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
 5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
 6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
 7. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
 8. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ


މިނިސްޓަރު ސައީދު ވާހަކަ ދައްކަވަން ބަޔަކާ މަސައްކަތް ކުރާއިރު އެމީހުން އަޑު އަހަން ދެކޮޅު ހަދާ ވާހަކަ ދައްކަނީ -- އާކައިވް -- އާކައިވް

ރިޔާސީ އިންތިހާބު ކައިރިވެ ސަރުކާރު ހިންގައި މައި ޕާޓީން ވެސް ކެމްޕެއިންތައް ފަށައިފި އެވެ. ދޮރުން ދޮރުން ކެމްޕެއިނޭ ކިޔާ ޕީޕީއެމްގެ މީހުން އެކި ގެތަކަށް ވަންނަން ފަށައިފި އެވެ. ނަމަވެސް ބައެއް ގެތަކުން އެމީހުން ނެރެލަނީ ލަދުވެތި ގޮތަކަށެވެ. އެގެއަށް ވަދެވުނު މީހުނަށް ވަދެވުނު މޮޔަ ހީވާވަރަށް ބައެއް ގެތަކުން "ފަތިވަރު" ގޮވާލާފައި ނެރެލާ މަންޒަރުތައް މިހާރު މުޅި ސޯޝަލް މީޑިޔާގައި އެނބުރެނީއެވެ. ސުވާލަކީ ޕީޕީއެމްގެ ކެމްޕެއިން ޓީމުތައް ނެރެލުމަކީ ގޯހެއް ހެއްޔެއެވެ؟

ޕީޕީއެމްގެ މެމްބަރުން ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އެގެއެއް މިގެއެއް ނުބަލާ ވަދެ ވޯޓު ދޭން ބުނާއިރު މީގެ ކުރިން ސަރުކާރާ އިދިކޮޅު މީހުންނާމެދު ސަރުކާރުން އަމަލު ކުރީ ކިހިނެތް ކަމެއް ހަނދާން ވެސް ނެތް ކަހަލައެެވެ. މިއަދު ޕީޕީއެމްގެ މީހުން ސަރުކަރާ އިދިކޮޅު ގެތަކަށް ދިޔައީމަ ނިކަމެތި ގޮތަކަށް ނެރެލާން ޖެހޭ ސަބަބަށް ފުންކޮށް ވިސްނާލާއިރު ރައްޔިތު މީހާ އެކަން އެ ކުރަނީ ހަގީގަތުގައި ވެސް މި ސަރުކާރުން އަމަލު ކޮށްފައިވާ ގޮތުން އަސަރު ކޮށްގެންނެވެ. ޔަގީން ކޮށްލަން ބޭނުން ނަމަ އަޅުގަނޑާއެކު ރައީސް ޔާމިންގެ ފާއިތުވި ހަތަރު އަހަރާއި ބައިގެ ކުރު މާޒީއަށް ހިންގަވާށެވެ.

ރައީސް ޔާމިންގެ ވެރިކަމަށް ވަޑައިގެން ފަހުން މި ފާއިތުވި ދުވަސްތަކުގައި ރައްޔިތުންގެ އަޑު ކަނޑުވާލުމަށްޓަކައި އެތައް ގާނޫނުތަކެއް ވުޖޫދަށް ގެނެސް ބައެއް ގާނޫނުތައް ބަދަލު ކޮށްފިއެވެ. ރައީސް ޔާމިނާއި ޕީޕީއެމްއާ ހިޔާލު ތަފާތު މީހުންނަކީ ބޮޑެތި ޓެރަރިސްޓުންނަށް ހަދައި އެމީހުނަށް ބޮޑެތި ޖަލު ހުކުމްތައް ކޮށްފިއެވެ. ބޮޑެތި ދޮގު އިލްޒާމްތައް އަޅުވައި ޖަލަށް ލެވިފައިވާ ތިބި އެތައް ބައެއް އާއިލާ މިއަދު އެދަނީ ކަރުނަ އަޅަމުންނެވެ. އެމީހުން އިންސާފަށް އެދި ކުރި އާދޭހަށް ސަރުކާރުން ދިނީ ބީރު ކަންފަތެވެ. ހިތުގައި ހުރި އުދާސްތަކާއި އިހްސާސްތައް ބޭރުކޮށްލަން މަގުމައްޗަށް ނިކުމަތީމަ ފުލުހުން ލައްވާ ކުރީ އަނިޔާ އާންމު ރައްޔިތުން ހިތުން އެހާ ފަސޭހައިން ދާނެ ކަމަށް ހީކޮށްގެން ނުވާނެ އެވެ.

ނޫސްވެރިޔާ ރިލްވާން އަބްދުﷲ ގެއްލުމުން އެކަމުގައި އަވަހަށް އިންސާފު ހޯދައި ދިނުމަށް އެދި އޭނާގެ މަންމަ އާއި އާއިލާއިން މަގު މައްޗަށް ނިކުތް ދުވަހު ފުލުހުން ފޮނުވައިގެން ސަރުކާރުން އެމީހުނަށް ކުރި އަނިޔާ ރައްޔިތުންގެ ހިތުން އަދި ނުދެ އެވެ. ދަރިއަކު ގެއްލިގެން މަޔަކު އިންސާފަށް އެދި ރޮމުންދިޔައިރު ފުލުހުން ފުލުހުން ޖެހީ ޕެޕަރސުޕްރޭ އެވެ. އިންސާނިއްޔަތުކަން ހުރި ކޮންމެ މީހަކުވެސް ސަރުކާރުގެ އެ އަމަލުތަކާމެދު ކަންބޮޑުވެ އެވެ،

ރިލްވާނު ގެއްލުނު މައްސަލައިގައި އިންސާފު ހޯދައިދޭން އޭނާގެ އާއިލާއިން ކުރި މުޒާހަރާއަށް ފުލުހުން ހުރަސް އަޅަނީ

ބްރޮގަރ ޔާމިން ރަޝީދުގެ މަރުގެ މައްސަަލައިގެ ތަހްގީގާއި ޝަރީއަތް ހާމަކޮށް ދޭން އެދުނު ދުވަހު އެކަން ކޮށްނުދިނުމަކީ މިއަދު އެހަނދާންތައް ފޮހެވޭނެ ކަމެއް ކަމަށް ހީކުރުމަކީ މޮޔަކަމެވެ. ނޫސްވެރިން އެމީހުންގެ ވާޖިބު އަދާކުރަމުންދަނިކޮށް ވަކި ނޫސްވެރިއަކަށް ވީތީ ފުލުހުން ލައްވާ އެ ނޫސްވެރިނަށް ސިއްރާއި ފާޅުގައި އަނިޔާކުރިއިރު އެމީހުން ދެކެ ވެސް ލޯބިވާނެ އާއިލާއަކާއި ހެޔޮ އެދޭ މީހުން ތިބޭނެކަން ޕީޕީއެމް އިން އެ ދުވަހު ހަނދާން ނެތެވެ. 

މީގެ އިތުރުން އެހެން ބައެއް ކަންކަމަށް ބަލާލާނަމެވެ. ރައްޔިތުންގެ މާލިއްޔަތު އަމާނާތްތެރިކަމާއެކު ބަލަހައްޓަން ހަވާލުކުރުމުން އެކަންވިތޯ އެވެ؟ ރައްޔިތުންގެ ދިފާއުގައި ބަޑިގުދަން ރައްކާތެރިކޮށްދޭން ހަވާލުކުރުމުން އެކަންވިތޯ އެވެ؟ ރައްޔިތުންގެ ހައްގުތައް ނެގެހެއްޓުމަށް ހަވާލުކުރި މީހުންނަށް އެކަން ފުރިހަމަކުރެވުނުތޯ އެވެ.

ނުކުރެވެ އެވެ. ދައުލަތުގެ ތިޖޫރީގެ ފޫ ދުއްވާލީ، ރައީސް އަބްދުﷲ ޔާމީން ވެސް އެއްބަސްވެވަޑައިގެންފައިވާ ތާރީހުގައި ވެސް ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ހިޔާނާތްކަމުގައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތުންނެވެ. ރަށްތަކާއި ފަޅުތަކާއި ގިރިތައް ކުއްޔަށް ދެވޭ ގޮތަށް އެމްއެމްޕީއާރުސީގެ މެންޑޭޓް ބަދަލުކުރެއްވީ ރައީސް ޔާމީނެވެ. ބޮޑު ހިޔާނާތް ހިނގައިދިޔައީ އެއަށް ފަހުންނެވެ. އަދި އެކަން ހިނގަމުންދިޔައިރު، ސަމާލުކަމަށް ގެންނެވުމުން އެކަން ބައްލަވަން ވެސް ބޭނުންފުޅެއް ނުވި އެވެ. 

ކޮރަޕްޝަނާއި ފަސާދަ އިންތިހާއަށް ގޮސް، އަރިހުގައި ތިއްބެވި ބޭފުޅުން ގޯނިގޯނީގައި ފައިސާ ހިފައިގެން ހިނގިއިރު ވެސް އެ މައްސަލައެއް ނުބެލެ އެވެ. އާއިލީ ބޭފުޅުންނަށް ގާނޫނާ ހިލާފަށް ބިންތައް ދިންއިރު އެކަން ނުހުއްޓުވުނެވެ. ރައްޔިތުންގެ ހައްގަށް ބެލުމެއް ނެތި، ގާނޫނާ ހިލާފަށް ފަނޑީޔާރުންނާއި އިސް މަގާމުތަގައި ތިއްބެވި ބޭފުޅުންނަށް ފްލެޓް ދިނުމަކީ ވެސް ރިޝްވަތު ނޫން ކޮން އެއްޗެއްތޯ އެވެ. 

މި ދަރަޖައަށް ކަންކަން ގޮސްފައިވާއިރު، އަދި ހުދު ރައީސް ޔާމީންގެ އެކައުންޓަށް ވައްދާފައިވާކަން ފަޅައިއަރާފައިވާ އެއް މިލިއަން ޑޮލަރު އަނބުރާ ދައުލަތަށް ނުދައްކައި ހުންނަވައި، އިދިކޮޅު މެމްބަރުންގެ މައްޗަށް ރިޝްވަތާއި ހިޔާނާތުގެ ތުހްމަތު އުފުލައި ޖަލަށްލުމަކީ އިންސާފެއް ނޫނެވެ. އިންސާފުވާންޖެހޭނީ، ހަމަހަމަކޮށް ގާއިމު ކުރެވޭ އެއްޗަކަށެވެ. 

މި ހުރިހާ ކަމެއް މި ގޮތައް ހުރިއިރު އެކަމަށް ބާރަށް އަތްޖަހާށޭ ކިޔާ ސަރުކާރާއި ކުންފުނިތަކުގެ މުވައްޒަފުން ވެސް ގަދަކަމުން ނެރުވައިގެން އަތް ޖެހީ ޕީޕީއެމްކަން ނުދަންނަ މީހަކު އެބަ ހުރި ހެއްޔެއެވެ. ތިމާއަކީ ބައެއްގެ އަޅެއް ކަމަށް އިހްސާސްވާރަށް ވަޒީފާގެ ބިރުދައްކައިގެން ޕީޕީއެމްގެ އިން "ހޭވި ހަޑި"ތަކުގެ ވާހަކަ ދައްކައިގެެން" އަތްޖެހުވިއިރު އެއީވެސް ސިކުނޑިއެއް ދެއްވާފައިވާ ބައެއްކަން އެ ޕާޓީން ގަބޫލުކުރާންވެސް ބޭނުންވާ ހެނެއް ހިޔެއް ނުވެ އެވެ. 

ދެން މިއަދު މި އޮތީ ރައްޔިތުންގެ ދުވަސް އައިސްފައެވެ. މިއަދު އެމީހުންގެ ގެތަކަށް ގޮސް ރައީސް ޔާމިނަށް ވޯޓުދޭން އެދުމުން އެމީހުންގެ ހިފެހެއްޓުމެއް ނެތް ޖަވާބު ދޭތަން އެ ދަނީ ފެންނަމުންނެވެ. ވޭތުވެދިޔަ ހަތަރު އަހަރު ދުވަހު ވެސް ރައްޔިތުން ތިއްބެ އެވެ. ގެތައް ވެސް ހުއްޓެވެ. ނަމަވެސް، ރައްޔިތުންގެ ހާލެއް ނުފެނެ އެވެ. ގެތަކުގެ އޮޅިގަނޑު ގިރާކުރަން ވަޑައިގަންނަވާނެ ދައުލަތުގެ ވެރިޔަކު ނެތެވެ. އެހެންވެ، މިއަދު ބައެއް ރައްޔިތުން އެމީހުންގެ މޫނު ވެސް ދެކޭކަށް ބޭނުމެއް ނުވެއެވެ. މި ސަރުކާރަށް ތާއިދުކުރާ އަދި ޔާމިނަށް ކެމްޕެއިން ކުރާ މީހަކު އާންމު މީހެއްގެ ގޭގެ އޮޅިބުޑުގައި ހުއްޓިލައިގެން ހުންނާކަށް ނޭދެ އެވެ. މި އޮތީ ރައްޔިތުންގެ ދުވަސް ދުވަސް އައިސްފަ އެވެ. އެކަން ވިސްނަންޖެހެ އެވެ. ގަދަބާރުންނާއި ބިރު ދައްކައިގެން ލޯތްބެއް ނުހޯދޭނެ އެވެ. އަޅުވެތިކޮށްގެން ލިބޭނެ ލޯތްބެއް ވެސް ނޯންނާނެ އެވެ. ކުރިން ރައްޔިތުންނަށް ލޯބި ދިންނަމަ، ހައްގުތަކަށް އިހްތިރާމުކުރި ނަމަ، މިއަދި ތިޔަ ބޭފުޅުންނަށް ވެސް ލިބިވަޑައިގަންނަވާާނީ ހިނިތުންވުމުގެ މަރުހަބާ އެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް