22 ފެބުރުއަރީ 2019 | ހުކުރު | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ރައީސް ނަޝީދު

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

  • އަލްގޯގެ ޑޮކިއުމެންޓްރީ އިފްތިތާހު ކުރާނެ
  • މަޝްހޫރު ބޭފުޅުންތަކަކާއެކު ޕެނަލްއެއްގައި
އަޒުމޫން އަހުމަދު | azmoon_ahmed

| 20 ޖެނުއަރީ 2017 | ހުކުރު 03:24 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް


ރައީސް ނަޝީދު: ތިމާވެށީގެ ދާއިރާގައި މުޅި ދުނިޔޭގެ މަޝްހޫރުކަން ވަނީ ހޯއްދަވާﷲަ -- މިހާރު

ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވައި ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅޭ ހާއްސަ ޕެނެލެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުޙައްމަދު ނަޝީދު އެމެރިކާއަށް ވަޑައިގަންނަވައިފި އެވެ.

އިނގިރޭސީވިލާތުން ހިމާޔަތް ހޯއްދަވައިގެން އެގައުމުގައި ދިރިއުޅުއްވަމުން ގެންދަވާ ރައީސް ނަޝީދު ބުރާސްފަތި ދުވަހު އެމެރިކާ އަށް ވަޑައިގެންނެވީ އެމެރިކާގެ ކުރީގެ ނައިބު ރައީސް އަލް ގޯގެ ތިމާވެށީގެ ޑޮކިއުމެންޓަރީ "އެން އިންކޮންވީނިއެންޓް ޓްރުތު" ގެ ދެވަނަ ބައި "އެން އިންކޮންވީނިއެންޓް ސީކުއެލް" އިފްތިތާހު ކުރުމުގެ ހަފްލާއަށެވެ.

އެމެރިކާގެ މަޝްހޫރު ފިލްމް ފެސްޓިވަލް، ސަންޑާންސްގައި ޖަނަވަރީ 22 ވަނަ ދުވަހު އެ ޑޮކިއުމެންޓްރީ އިފްތިތާޙްކުރުމުގެ ހަފްލާ ބާއްވާއިރު، ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅޭ ހާއްސަ ޕެނެލެއްގައި ވެސް ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރައީސް ނަޝީދު އާއި އެމެރިކާގެ ކުރީގެ ނައިބު ރައީސް އަލް ގޯގެއިތުރުން އެ ޕެނެލްގައި ބައިވެރިވެވަޑައިގަންނަވަނީ މަޝްހޫރު ފިލެންތްރޮޕިސްޓެއް ކަމުގައިވާ ޖެފް ސްކޮލް އާއި ފިލްމް ޕްރޮޑިއުސަރ ހެދަރ ރައި އާއި މަޝްހޫރު ތިމާވެށީގެ ސައިންސްވެރިޔާ ޑރ. ޑޭވިޑް ސުޒުކީ އެވެ.

މިއަހަރުގެ ސަންޑާންސް ފިލްމް ފެސްޓިވަލްގައި ތިމާވެއްޓަށާއި ދުނިޔޭ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އިތުރު 13 ފިލްމް އިފްތިތާހު ކުރާނެ އެވެ. މިއަހަރުގެ ފެސްޓިވަލްގައި ދުނިޔޭގެ ފަރުތަކަށް ލިބޭ ގެއްލުންތަކާއި އަންނަމުންދާ ބަދަލުތަކާ ގުޅޭ ގޮތުންނާއި، ދުނިޔޭގެ އުފެދިފައިވާ އައިސް ގަނޑުތަކަށް އަންނަމުންދާ ބަދަލުތަކާއި، ޗައިނާގެ ކުޑަ ކުއްޖަކާއި އޭނާގެ އާއިލާއިން ޕްލާސްޓިކް ރީސައިކަލް ކުރުމަށް ކުރާ މަސައްކަތްތަކާއި އަދި މިނޫން ވެސް މިފަދަ އެތައް ބޮޑެތި ތިމާވެށީގެ މައްސަލަތަކާ ގުޅޭ ގޮތުން ފާއިތުވީ އަހަރުގެ ތެރޭގައި އުފެއްދި މޮޅު ފިލްމުތައް ދައްކާނެ އެވެ.

ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ ދިފާއުގައި ކުރައްވަމުން ގެންދަވާ މަސައްކަތްފުޅުގެ އިތުރުން، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ރައީސް ނަޝީދު މަޝްހޫރުވެވަޑައިގެންފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އެންމެ ކުރީ ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. އެގޮތުން އެމިނުކުފާނު ކުރައްވާ މަސައްކަތްޕުޅާ ގުޅޭ ގޮތުން "ދަ އައިލެންޑް ޕްރެޒިޑެންޓް" ގެ ނަމުގައި ޑޮކިއުމެންޓްރީއެއް ހަދާފައި ވެއެވެ.

މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ހޭލުންތެރިކުރުވައި، އެކަމަށް މަސައްކަތްކުރާ ފަރާތްތަކަށް އދ. އިން ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ "ޗެމްޕިއަން އޮފް ދަ އާތް" އެވޯޑް 2010 ވަނަ އަހަރު ރައީސް ނަޝީދަށް ލިބިވަޑައިގެންފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް