21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

އުތުރު ކޮރެއާ-އެމެރިކާ

ޖުލައި 5 ގައި އެމެރިކާގެ ޚާރިޖީ ވަޒީރު އުތުރު ކޮރެއާ އަށް ވަޑައިގަންނަވަނީ

  • ޕޮމްޕެއޯ އުތުރު ކޮރެއާ އަށް ވަޑައިގަންނަވަނީ އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ގެންގުޅުން ހުއްޓާލުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް
އަހުމަދު އަނޫޝު | IamAhmedAnoosh

| 3 ޖުލައި 2018 | އަންގާރަ 22:29 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!


ޚާރިޖީ ވަޒީރު ޕޮމްޕެއޯ: ކޮރެއާއާ އެކު އޮންނަ ގުޅުން ރަނގަޅުކުރަން އެމެރިކާ އިން ދަނީ މަސައްކަތްކުރަމުން -- ވޯލް ސްޓްރީޓް ޖާނަލް

އެމެރިކާގެ ޚަރިޖީ ވަޒީރު ޖުލައި 5 ވަނަ ދުވަހު އުތުރު ކޮރެއާ އަށް ވަޑައިގަންނަވާނެ ކަމަށް ވައިޓް ހައުސް އިން ބުނެފިއެވެ.

އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ގެންގުޅުން ހުއްޓާލުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް މައިކް ޕޮމްޕެއޯ އުތުރު ކޮރެއާ އަށް ވަޑައިގަންނަވާނެކަން ހާމަކޮށްފައި ވަނީ ވައިޓް ހައުސްގެ ތަރުޖަމާނު ސާރާ ސެންޑާސް ދެއްވި ޕްރެސް ބްރީފިންއެއްގައެވެ. ސާރާ ވިދާޅުވީ ޕޮމްޕެއޯގެ ދަތުރުފުޅުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ. 

އެމެރިކާގެ ޚަރިޖީ ވަޒީރު ޖުލައި 5 ވަނަ ދުވަހު އުތުރު ކޮރެއާ އަށް ވަޑައިގަންނަވާނެކަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައި ވަނީ ޖުލައި 5-7 އަށް މައިކް ޕޮމްޕެއޯ އުތުރު ކޮރެއާ އަށް ދަތުރުފުޅެއް ކުރައްވާނެ ކަމަށާއި އޭގެ ފަހުން ޓޯކިއޯ، ހަނޯއީ، އަބޫ ދާބީ އަދި ބްރެސަލްސް އަށް ވެސް  ވަޑައިގަންނަވާނެ ކަމަށެވެ. އަދި ޓޯކިއޯގައި ދެކުުނު ކޮރެއާ އަދި ޖަޕާނުގެ އޮފިޝަލުންނާ ވެސް ބައްދަލު ކުރައްވާނެ ކަަމަށް ސްޓޭޓް ޑިޕާާޓްމަންޓުން ބުނެއެވެ. 

އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ގެންގުޅުމުގެ މައްސަލައާ ބެހޭގޮތުން މަޝްވަރާ ކުރުމަށް އެމެރިކާގެ ރައީސް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވަނީ ދާދިފަހުން ބައްދަލުވުމެއް ބާއްވަވާފައެެވެ. ސުލްހަވެރި ދުނިޔެއަކާ ދިމާލަށް އިންސާނުން އަޅާ ބިޔަ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރެވިފައިވާ މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ސިންގަޕޫރުގެ ކަޕެލާ ހޮޓެލްގައެވެ. އެމެރިކާ އާއި އުތުުރު ކޮރެއާގެ ވެރިންގެ ބައްދަލުވުމުގައި ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަތިޔާރުން ސަލާމަތް ކުރުމަށް އުތުރު ކޮރެއާގެ ލީޑަރު ވައުދުވެވަޑައިގެންފައި ވެއެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އުތުރު ކޮރެއާގެ ސަލާމަތާއި ރައްކާތެރިކަން އެމެރިކާ އިން ކަށަވަރު ކޮށްދޭނެއެވެ. އަދި އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރުގެ ހުރިހާ މަސައްކަތެއް ހުއްޓާލައި، މިހާރު ތައްޔާރުކޮށްފައި ހުރި ތަކެތި ނައްތާލުމަށް ވެސް އެއްބަސްވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް