18 ޖެނުއަރީ 2019 | ހުކުރު | 01 ހުވަން
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: 20 އަހަރަށް ފަހު ސްވިޑެން ކުއާޓާއަށް

  • ކުއާޓާ ފައިނަލުން ސްވިޑެން ޖާގަ ހޯދީ ސްވިޓްޒަލޭންޑާއި ދެކޮޅަށް ކުޅުނު ދެވަނަ ބުރުގެ މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 3 ޖުލައި 2018 | އަންގާރަ 22:02 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  5. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  6. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  7. އުސޫލުން ބޭރުން ރަޖިސްޓްރީ ކޮށްފައިވާ ޓެކްސް ދައްކަން ނުޖެހޭ ފަރާތްތައް މީރާގެ ރަޖިސްޓްރީން އުނިކުރަނީ
  8. އިނަރ މޯލްޑިވްސްއާ ގުޅިގެން ޔުނިވަރސަލް އޭވިއޭޝަންގެ ހިދުމަތް ރާއްޖެއަށް!


ސްވިޑެންގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ -- ގެޓީ އިމޭޖާސް

ފީފާ ވާރލްޑް ކަޕްގެ ކުއާޓާ ފައިނަލުން 20 އަހަރަށްފަހު ސްވިޑެން ޖާގަ ހޯދައިފިއެވެ.

ކުއާޓަރ ފައިނަލުން ސްވިޑެން ޖާގަ ހޯދީ ސްވިޓްޒަލޭންޑާއި ދެކޮޅަށް ކުޅުނު ދެވަނަ ބުރުގެ މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މިއީ މި ދެ ޓީމުގެ މެދުގައި ކުޅެވުނު 29 ވަނަ މެޗަށްވާއިރު މިއީ އެ ދެ ޓީމު ވާރލްޑް ކަޕެއްގައި ކުޅުނު ފުރަތަމަ މެޗެވެ.

ސަސްޕެންޝަނުގެ ސަބަބުން ސެބެސްޓިއަން ލާސަންއަށް މި މެޗުގައި ކުޅެވިފައިނުވާއިރު އޭނާގެ ބަދަލުގައި ސްވިޑެންގެ ޓީމުން ފެނިގެން ދިޔައީ ގުސްޓާވް ސްވަންސަންއެވެ. ހަމައެހެންމެ ސްވިޓްޒަލޭންޑްގެ ކޯޗު ވަނީ ގްރޫޕް ފިޔަވަހީގައި ކުޅުނު އެންމެ ފަހު މެޗުގައި ކުޅުނު ހަތަރު ކުޅުންތެރިޔަކު މި މެޗުގައި ބަދަލުކޮށްފައެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގެ އަށްވަނަ މިނެޓުގައި ސްވިޑެންގެ ބާގްއަށް ހުސްކޮށް ލިބުނު ފުރުސަތު އޭނާ ވަނީ ބޭކާރުކޮށްލާފައެވެ. މި ހަމަލާއަށްފަހު ސްވިޓްޒަލޭންޑުން މެޗުގެ ތެރެއަށް ވަދެގެން ކުޅުނުއިރު އެޓީމުން ވަނީ މެޗުގެ 24 ވަނަ މިނެޓުގައި ރަނގަޅު ހަމަލާއެއް އުފައްދާފައެވެ. ދެ ޓީމުން ވެސް ފުރަތަމަ ހާފުގައި ރަނގަޅު ހަމަލާތަކެއް އުފެއްދިއިރު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފު ފެށިގެން ދެ ޓީމުން ވަނީ ފޯރިގަދަ ކުޅުމެއް ދައްކާފައެވެ. ދެ ޓީމުގެ ޑިފެންޑަރުން ވެސް މޮޅު ކުޅުމެއް ދައްކަމުން ދަނިކޮށް މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސްވިޑެންއިންއިންނެވެ. މި ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ އެމިލް ފޮސްބަރގްއެވެ. މެޗުގެ 80 ވަނަ މިނެޓުގައި ސްވިޓްޒަލޭންޑްގެ އެމްބޯލޯ ފޮނުވާލި ހަމަލާއެއް ވަނީ ސްވިޑެންގެ ގޯލް ލައިން މަތިން ކްލިއަރކޮށްފައެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސްވިޑެންއަށް ޕެނަލްޓީއެއް ދިނުމަށް ރެފްރީ ނިންމި ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެނިންމުން ހިލޭ ޖެހުމަކަށް ބަދަލުކޮށްފައެވެ.

މިއީ 1958 ވަނަ އަހަރު އަމިއްލަ ގައުމުގައި ކުޅުނު ވާރލްޑް ކަޕްގައި ޖެހިޖެހިގެން ދެ މެޗުން ސްވިޑެން މޮޅުވި ފަހުން ވާރލްޑް ކަޕެއްގައި އެޓީމު ޖެހިޖެހިގެން ދެ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. މިއީ ސްވިޑެންގެ ތާރީހުގައި ވެސް އެޓީމު ވާރލްޑް ކަޕެއްގައި ކުޅުނު 50 ވަނަ މެޗަށްވާއިރު ވާރލްޑް ކަޕްގެ ތަށްޓަކާއި ނުލައި އެންމެ ގިނަ މެޗު މެކްސިކޯގެ ފަހަތުން އެމުބާރާތުގައި ކުޅެފައިވަނީ ސްވިޑެންއެވެ.

ކުއާޓާ ފައިނަލުގައި ސްވިޑެން ނުކުންނަ ޖެހޭނީ ކޮލޮމްބިއާ އަދި އިނގިރޭސިވިލާތް ކުޅުނު ދެވަނަ ބުރުގެ އެންމެ ފަހު މެޗުން މޮޅުވި އިނގިރޭސިވިލާތާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް