26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

އުތުރު ކޮރެއާ-އެމެރިކާ

އުތުރު ކޮރެއާ އާ އެކީ އެމެރިކާ އިން ކުރަމުން ގެންދާ މަޝްވަރާތައް ދަނީ ރަނގަޅަށް: ރައީސް ޓްރަމްޕް

  • އުތުރު ކޮރެއާ އިން ކުރިއަށް ގެންދާ ނިއުކްލިއާ އަދި ބައިލޮޖިކަލް ޕްރޮގްރާމް އަހަރެއްތެރޭ ހުއްޓާލެވޭނެ ކަަމަށް އެމެރިކާގެ ވައިޓް ހައުސްގެ ނެޝެނަލް ސެކިޔުރިޓީ އެޑްވައިޒަރު ވަނީ ވިދާޅުވެފައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 3 ޖުލައި 2018 | އަންގާރަ 21:57 | |

މަގުބޫލް

  1. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  2. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  3. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  6. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


ރައީސް ޓްރަމްޕް -- ގެޓީ އިމޭޖާސް

އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ގެންގުޅުން ހުއްޓާލުމާ ގުޅޭގޮތުން އެމެރިކާ އިން އެގައުމާ ކުރަމުން ދާ މަޝްވަރާތައް ދަނީ ރަނގަޅަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ރައީސް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި އިތުރަށް އެމަނިކުފާނު ވިދާޅުވީ "ފާއިތުވެ ދިޔަ އަށްމަސް ތެރޭ އުތުރު ކޮރެއާ އިން ރޮކެޓް ލޯންޗްކޮށް އަދި ނިއުކްލިއާ ޓެސްޓުކުރުން ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ." 

އެމެރިިކާގެ ރައީސް ޓްރަމްޕް މިކަމް ހާމަކޮށްފައި ވަނީ އެމަނިކުފާނު އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ. އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ގެންގުޅުމުގެ މައްސަލައާ ބެހޭގޮތުން މަޝްވަރާ ކުރުމަށް އެމެރިކާގެ ރައީސް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވަނީ ދާދިފަހުން ބައްދަލުވުމެއް ބާއްވަވާފައެެވެ. ސުލްހަވެރި ދުނިޔެއަކާ ދިމާލަށް އިންސާނުން އަޅާ ބިޔަ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރެވިފައިވާ މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ސިންގަޕޫރުގެ ކަޕެލާ ހޮޓެލްގައެވެ. އެމެރިކާ އާއި އުތުުރު ކޮރެއާގެ ވެރިންގެ ބައްދަލުވުމުގައި ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަތިޔާރުން ސަލާމަތް ކުރުމަށް އުތުރު ކޮރެއާގެ ލީޑަރު ވައުދުވެވަޑައިގެންފައި ވެއެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އުތުރު ކޮރެއާގެ ސަލާމަތާއި ރައްކާތެރިކަން އެމެރިކާ އިން ކަށަވަރު ކޮށްދޭނެއެވެ. އަދި އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރުގެ ހުރިހާ މަސައްކަތެއް ހުއްޓާލައި، މިހާރު ތައްޔާރުކޮށްފައި ހުރި ތަކެތި ނައްތާލުމަށް ވެސް އެއްބަސްވެފައިވެއެވެ.

އުތުރު ކޮރެއާ އިން ކުރިއަށް ގެންދާ ނިއުކްލިއާ އަދި ބައިލޮޖިކަލް ޕްރޮގްރާމް އަހަރެއްތެރޭ ހުއްޓާލެވޭނެ ކަަމަށް ގަބޫލުފުޅު ކުރައްވާ ކަަމަށް އެމެރިކާގެ ވައިޓް ހައުސްގެ ނެޝެނަލް ސެކިޔުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން ދާދިފަހުން ވަނީ ވިދާޅުވެފައެވެ. އެމެރިކާގެ ސީބީއެސް ގެ "ފޭސް ދަ ނޭޝަން" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ބޯލްޓަން ވިދާޅުވީ އުުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމް އަހަރެއްތެރޭ ހުއްޓާލާނެ ޕްލޭނެއް އެމެރިކާ އިން އެކަށައަޅާފައިވާ ކަމަށެވެ. ބޯލްޓަން ވިދާޅުވީ އުުތުރު ކޮރެއާ އިން "އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށް ނިންމުން ނިންމާފައިވާ ނަމަ އަދި އެމެރިކާ އަށް އެކަމުގައި އެއްބާރުލުން އުތުރު ކޮރެއާ އިން ދޭނެނެމަ، ވަރަށް އަވަހަށް ކަންކަން ދާނެ ކަމަށެވެ." ވައިޓް ހައުސްގެ ނެޝެނަލް ސެކިޔުރިޓީ އެޑްވައިޒަރު ބޯލްޓަން އިތުރަށް ވިދާޅުވީ އެމެރިކާގެ، ހުށަހެޅުން ވަރަށް އަވަހަށް އުތުރު ކޮރެއާ އަށް ހުށަހަޅާނެ ކަމަށެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް