14 ޑިސެންބަރު 2018 | ހުކުރު | 05 މުލަ
07 ރަބީޢުލްއާޚިރު 1440
ފަތިސް 04:45
އިރުއަރާ 06:02
މެންދުރު 12:05
އަސްރު 15:25
މަޣްރިބް 17:59
އިޝާ 19:16

ޖަނަވާރު މަރާލުން

ސިހުރު ހެދުމަށް ސައުތް އެފްރިކާގެ ޕާކެއްގެ ހަތަރު ސިންގާއެއް މަރާލައިފި

  • ސިންގާތައް މަރާލުމުގެ ކުރިން ވަނީ ވިހަ ކާންދީފައި
  • ހުރިހާ ސިންގާއެއްގެ ކަރު ބުރިކޮށް ވަނީ އަނިޔާ ދީފައި
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 3 ޖުލައި 2018 | އަންގާރަ 17:15 | |

މަގުބޫލް

  1. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި
  4. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  5. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  6. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  7. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
  8. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް


ސައުތް އެފްރިކާގެ ޕާކު ތެރޭގައި މަރާލައިފައިވާ ހަތަރު ސިންގާގެ ތެރެއިން ސިންގާއެއް -- ފޭސްބުކް

ސައުތް އެފްރިކާގައި ޖަނަވާރުން ދިރިއުޅެން ހަދާފައިވާ ޕާކެއްގެ ތެރޭގައި ގެންގުޅުނު ހަތަރު ސިންގާއެއް ސިހުރު ހެދުމަށްޓަކައި ވިހަދީ، އަނިޔާކޮށްގެން މަރާލާފިއެވެ.

އެ ސިންގާތަކުގެ ބޮލާއި ހަށިގަނޑު ވަކި ކޮށްފައިވާއިރު ބައެއް ސިންގާތަކުގެ ވަކިތައް ވެސް ވަނީ ބުރި ކޮށްފައެވެ. މި ހާދިސާ ހިނގިކަން އެ ޕާކު، "މިސްޓިކް މަންކީސް އެންޑް ފެތާސް ވައިލްޑްލައިފް ޕާކް އިން ޕްރެޓޯރިއާ" އިން ވަނީ ޔަގީން ކޮށްދީފައެވެ.

ފޭސްބުކް މެދުވެރިކޮށް އެ ހާދިސާގެ ވާހަކަ ދައްކަމުން އެ ޕާކުން ބުނީ އުފަލުގައި ދިރި އުޅެމުން ދިޔަ ޖަނަވާރުތަކެއް އެހާ އަނިޔާވެރިކޮށް މަރާލުމުން ލިބުނީ ފުން ހިތާމައެއް ކަށެވެ. ޕާކް ފަރާތުން މައުލޫމާތު ދިން ކްރިސްޓީނާ ސްސޭމަން ބުނީ ސިންގާ މަރާލުމުގެ ކުރިން އެއާ ދިމާލަށް ވިހަލާފައި ހުރި ކުކުޅުތަކެއް އުކާފައިވާ ކަމަށެވެ. އޭއްޗެހި ކައިގެން ކުޑަކުޑަ ދެ ސިންގާ ވެސް ވިހަވެފައިވާ ކަމަށް ސްސޭމަން ބުންޏެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުން ބުނީ ދުވަހަކު ވެސް ނުފެންނަހާ ގިނައިން އެތަނުން ވިހަ ފެނިފައިވާ ކަމަށެވެ. ސްސޭމަން ބުނީ އެތަނުން ވިހައިގެ އަސަރު ކަޑުވަން ޖެހޭނީ ހުޅު ޖަހަން ކަމަށެވެ.

އެ ޕާކުން ވަނީ ސިންގާ މެރި މައްސަލަ ތަހްގީގު ކުރުމަށް ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާ ކުންފުންޏަކާ މަސައްކަތް ހަވާލް ކޮށްފައެވެ. މީހަކު ދޭ މައުލޫމާތަކުން އެ މީހުން އަތުލެވިއްޖިއްޔާ، އެ މީހަކަށް އަށާރަ ހާސް ޑޮލަރު ދޭން ވަނީ ނިންމާފައެވެ.

މިކަން ކޮށްފައިވަނީ ޕާކުގެ މުވައްޒަފުންގެ ބަޔަކު ކަމަށް ވެސް ދަނީ ބެލެވެމުންނެވެ. ސަބަބަކީ އެތަނަށް ފުލުހުން އައުމަށް މިސްރާބު ޖެހުމުން އެ ކަން ކުރި މީހުން ފިލިއިރު އެތަނުގައި ބަހައްޓާފާ ދެވުނު ދަބަހުގެ ތެރެއިން މުވައްޒަފުން އަތުގައި ހުންނަ ކަހަލަ އެއްޗެހި ފެނުމުންނެވެ.

މި ކަން ކުރީ ސިހުރު ހެދުމަށް ކަމަށް ބެލެވޭ އެއް ސަބަބަކީ ސައުތް އެފްރިކާއަކީ ސިންގާ އަނިޔާ ވެރިކޮށް މަރާގެން ސިހުރު ހަދާ ގައުމަކަށް ވުމެވެ. އަނެއް ސަބަބަކީ އެ ސިންގާގެ ވަކިނެތް ކަމެވެ. އެ ގައުމުގައި ވަރަށް ބާރު މިނުގައި ސިންގާގެ ހަށިގަނޑު ގުނަވަންތައް ސިހުރު ހަދާ މީހުންނަށް ވިކެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް