22 ނޮވެންބަރު 2018 | ބުރާސްފަތި | 09 ނޮރަ
14 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:53
މެންދުރު 11:56
އަސްރު 15:16
މަޣްރިބް 17:51
އިޝާ 19:07

ބޮލީވުޑް

ކްރިތީ ފޯލް ޑާންސް ދަސްކުރަނީ މިހެންވެ!

  • ކްތިރީ ދެން ފެނިގެންދާނެ އެއް ފިލްމަކީ "ހައުސްފުލް 4" އިން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 3 ޖުލައި 2018 | އަންގާރަ 14:29 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
  3. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  4. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  5. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  7. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  8. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު


ބޮލީވުޑްގެ ތަރި ކްރިތީ ކަރްބަންދާ -- ގޫގުލް

ބޮލީވުޑްގެ ތަރި ކްރިތީ ކަރްބަންދާގެ ފިލްމް ކެރިއަރު ފެނިގެންދަނީ ވަރަށް އުޖާލާކޮށެވެ.

މިއަހަރު ރިލީޒްކުރި ފިލްމް "ވީރޭ ކި ވެޑިން" ގެ ބަތަލާ ދެން ފެނިގެންދާނެ އެއް ފިލްމަކީ "ހައުސްފުލް 4" އެވެ.

"ހައުސްފުލް"ގެ ފުރަތަމަ ދެ ބައި ވެސް ޑައިރެކްޓް ކޮށްފައިވާ ސާޖިދު ޚާން ޑައިރެކްޓްކުރާ މި ފްރެންޗައިސްގައި ކްރިތީ ފެނިގެންދާ މިއީ ފުރަތަމަ ފަހަރެވެ.

ކްރިތީ މިހާރު ޕޯލް ޑާންސް ދަސްކުރަމުންދަނީ މިފިލްމުގައި އަދާކުރާ ރޯލަށް ތައްޔާރުވުމުގެ ގޮތުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ފިލްމުގައި އޭނާ އަދާކުރާ ރޯލުގައި ވަރަށް ގިނަ އިން ލެނބި ގުދުވެ އުޅެންޖެހޭ ކަމަށާއި ކްރިތީ ޕޯލްޑާންސް ކުރަނީ އެރޯލަށް ފިޓްވާން ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ފިލްމްގެ ތައްޔާރީތައް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކްރިތީ ބުނެފައި ވަނީ ޕޯލް ޑާންސްއަކީ މީހާގެ ފިޓްނަސް ލެވަލް އާއި ނެށުން ކުރިއެރުވުމަށް އެންމެ ރަނަގޅު އެއްގޮތް ކަމަށެވެ. އަދި މީގެ ކުރިން އޭނާ ދުވަހަކު ވެސް ޕޯލް ޑާންސް ނުކުރާ ކަމަށާއި ނަމަވެސް މިހާރު  އޭނާ އެ ނެށުމާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

މީގެ އިތުރުން ކްރިތީ ދަނީ ސްޓްރިކްޓް ޑަޔަޓެއް ފޮލޯ ކުރަމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކްރިތީގެ ހަތަރު ފިލްމެއް ވަނީ މިދިޔަ އަހަރު ތަފާތު ބަސްތަކުން ރިލީޒް ކޮށްފައެވެ. އަދި އޮގްސްޓް 31 ގައި ރިލީޒްކުރާ ޑިއޯލްސްގެ ފިލްމް ސީރީޒްގެ ތިންވަނަ ފިލްމް "ޔަމްލާ ޕަގްލާ ދިވާނާ ޕިރްސޭ" އިން ވެސް ކްރިތީ ފެނިގެން ދާނެއެވެ. މިފިލްމަކީ ދުވަސްތަކެއް ވަންދެން ފިލްމްތަކާ ދުރުގައި ހުރުމަށް ފަހު ދަރުމެންދްރާ ބޮލީވުޑަށް އެނބުރި އަންނަ ފިލްމެވެ. މި ފިލްމުގައި ދެން ފެނިގެން ދާނީ ސަނީ ޑިއޯލްގެ އިތުރުން ބޮބީ ޑިއޯލްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް