19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ޗައިނާގެ އިގްތިޞާދު

ޗައިނާއިން އެމެރިކާއަށް ފޮނުވާ މުދަލުގެ އިންސައްތަ ޖޫން މަހު ދަށްވެއްޖެ

  • މައުލޫމާތު ދިނީ ކަސްޓަމުން
  • މިދިޔަ އަހަރާއި މި އަހަރުގެ ތަފާސް ހިސާބުތައް ވަނީ އަޅުވާ ކިޔާފައި
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 3 ޖުލައި 2018 | އަންގާރަ 13:39 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  8. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!


ޗައިނާ އާގު ބޯޓެއް ކޮންޓެއިނަރު ބަރުކޮށްގެން ދަތުރު ކުރަނީ -- ފޭސްބުކް

ޗައިނާ އިން އެމެރިކާއަށް މުދާ ފޮނުވި މިންވަރު 23.8 އިންސައްތަ ދަށްވެއްޖެ ކަމަށް ޗައިނާގެ ކަސްޓަމްސްއިން ބުނެފިއެވެ.

ހޯމަ ދުވަހު ޗައިނާގެ ކަސްޓަސް އޭޖެންސީ އިން ބުނީ މިދިޔަ އަހަރުގެ ޖޫން މަހު އެމެރިކާއަށް ފޮނުވި މުދަލުގެ މިންވަރު 3.8 އިންސައްތަ އިތުރު ވެފައިވާ ކަމަށާއި އެހެން ނަމަވެސް މި އަހަރު ޖޫން މަހު ވަނީ 23.8 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށެވެ.

މި އަހަރުގެ މިއަދާ ހަމައަށް ބަލާއިރު، ޗައިނާއިން އެމެރިކާއަށް ފޮނުވި މުދަލުގެ މިންވަރު މަތިވެފައި ވަނީ 5.4 އިންސައްތަ އިން ކަމަށާއި، އެހެން ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި އެމެރިކާއަށް ފޮނުވި މުދަލުގެ އަދަދު 19.3 އިންސައްތައިން އިތުރު ވެފައިވާކަން ކަސްޓަމްސް އިން ވަނީ ފާހަގަ ކޮށްފައެވެ.

ކަސްޓަމްސް އިން މިދިޔަ އަހަރާއި މިއަހަރުގެ ތަފާސް ހިސާބުތައް އިންސައްތައިން އަޅުވާ ކިޔައިފައި ވީނަމަވެސް، ސީދާ އަދަދުތަކެއް ހާމަ ކޮށްފައެއް ނުވެއެވެ. އެއާއެކު ކަސްޓަމްސް އިން ތަފާސް ހިސާބުތައް އާންމު ކޮށްފައި ވަނީ އެ ޗައިނާގެ ފައިސާ ކަމަށްވާ ޔުއާން އިންނެވެ.

އެމެރިކާއާއި ޗައިނާއިން އެކަކު އަނެކަކުގެ މުދަލުން ނަގަން ނިންމާފައިވާ "ބޮޑު ޓެކްސް" ނަގަން އަންނަ ޖުލައި މަހު ނަގަން ފެށުމާއެކު ދެ ގައުމުގެ ވިޔަފާރީއަށް އިތުރު ހީނަރު ކަމެއް އަންނާނެ ކަމަށް ބެލެވެއެވެ.

ބެލެވޭ ގޮތުގައި ޗައިނާއިން ޖޫން މަހުގެ ވިޔަފާރީގެ މުއާމަލާތުގެ "ޕްރިލިމިނަރީ" ޑާޓާ ޖުލައި 13 ގައި ރިލީސް ކުރާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް